ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ފުރިހަމަ ފިހުނު ކުކުޅު – މުނިއަވަސް ރަހަފަތް

ފިހުނު ކުކުޅަކީ އޭގެ މީރުކަމާއި، ހިތްހަމަޖެހުމާއި، ކާހިތްވާ ފަދަ މީރު ވަހެއް އެކުލެވިގެންވާ ކެއުމެކެވެ. ރަނގަޅަށް ފިހެވިފައިވާ ކުކުޅެއްގެ ބޭރު ހުންނާނީ ރަން މުށިކުލައިގައި މުރަނަކޮށެވެ. އަދި އެތެރެ ހުންނާނީ މަޑުކޮށް ދިޔަވަރު ހިފެހެއްޓިފައެވެ. ތިރީގައި މިވަނީ މިފަދަ ފުރިހަމަ ފިހުނު ކުކުޅެއް ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

🍳 ގާތްގަނޑަކަށް 2.7 ކިލޯގެ ކުކުޅެއް
🍳 2 ސައިސަމުސާ ލޮނު ނުލާ ބަޓަރު (އަންސޯލްޓެޑް ބަޓަރ)
🍳 ލޮނާއި ތާޒާކޮށް މުގުރާފައި ހުރި އަސޭމިރުސް
🍳 މެދު ސައިޒުގެ 2 ފިޔާ (ބޯކޮށް ފޮތިކޮށްފައި)
🍳 2 ލުނބޯ
🍳 3 ބޮޑު ލޮނުމެދު (ތޮށިނޮޅާފައި)
🍳 ތައިމް (Thyme) ކޮޅެއް
🍳 1 ޖޯޑު ކުކުޅު ސްޓޮކް ނުވަތަ ސޫޕް

♨️ ތައްޔާރުކުރާނެ ގޮތް:

1- ކައްކަން ފެށުމުގެ 30 މިނެޓު ކުރިން ކުކުޅާއި 1 ސަމުސާ ބަޓަރު އައިސްއަލަމާރިން ބޭރަށް ނެރެފައި ބަހައްޓާށެވެ. އަވަން 425 ޑިގްރީ ފެރަންހައިޓަށް ހޫނުކުރަން ޖައްސާށެވެ. ކުކުޅުގައި އިތުރުވެފައި ހުންނަ ސަރުބީތައް ނަގައި، ފިނި ފެނުން ކުކުޅުގެ އެތެރެއާއި ބޭރު ރީތިކޮށް ދޮވެލާށެވެ. އެއަށްފަހު ކަރުދާސް ތުވާލިން (ޕޭޕަރ ޓަވަލް) ކުކުޅު ރަނގަޅަށް ހިއްކާލާށެވެ. ކުކުޅުގެ ފިޔަގަނޑުގެ ކޮޅުތައް ހަށިގަނޑުގެ ދަށަށް ލައްވާލާށެވެ. ކުކުޅުގެ ބަނޑުތެރެއަށް ގިނައިން ލޮނާއި މިރުސް ހާކާފައި ބަހައްޓާށެވެ.

2- ފިހަން ބޭނުންކުރާ ތަށީގެ މެދުގައި ފިޔާ ފޮތިތައް ދެ ބަރިއަކަށް އަތުރާލާށެވެ. ލުނބޯ މަޑުކޮށްލުމަށްޓަކައި މޭޒުމަތީގައި ބާއްވައި އަތުން ފިއްތަމުން ކުރިއަށް ފަހަތަށް ފުރޮޅާލާށެވެ. އެއަށްފަހު އުލަކުން ލުނބޯގެ އެކި ތަންތަނަށް ލޯވަޅު އަޅާށެވެ. ލޮނުމެދުތައް ވަޅިއެއްގެ އަރިމަތިން ފިއްތާލައި ކުޑަކޮށް ޗިސްލާށެވެ. ކުކުޅުގެ ބަނޑުތެރެއަށް ލޮނުމެދު، ތައިމް އަދި ލުނބޯ އަޅާށެވެ. ދެން ފިޔާ ފޮތިތަކުގެ މަތީގައި ކުކުޅު ބާއްވާށެވެ. ކުކުޅުގެ ދެ ފައި އެއްކޮށް އައްސާލާށެވެ.

3- މަޑުކޮށްފައި ހުރި ބަޓަރު ކުކުޅުގެ ބޭރުގައި އުނގުޅައި، އޭގެ މައްޗަށް ލޮނާއި މިރުސް ބުރުވާލާށެވެ. އަވަނަށް ލައިގެން ގާތްގަނޑަކަށް 1 ގަޑިއިރާއި ބައި ވަންދެން ފިހާށެވެ. ކުކުޅު ފިހެވުމުން އޭގެ ހަންގަނޑު ހުންނާނީ ގަދަ ރަން މުށިކުލައިގައެވެ.

4- އަވަނުން ނެގުމަށްފަހު، ކުކުޅު ކޮށުމުގެ ކުރިން 10 އާއި 15 މިނެޓާ ދެމެދު މަޑުކޮށްލާށެވެ. މި ވަގުތުގެ ތެރޭގައި “ގްރޭވީ” ތައްޔާރުކޮށްލެވިދާނެއެވެ. ފިހަން ބޭނުންކުރި ތަށީގައި ހުރި ތެޔޮތައް ވަކިކޮށްލުމަށްފަހު، އޭގެ ތެރެއަށް ކުކުޅު ސްޓޮކް އަޅައިގެން އުނދުުންމަތީގައި ކައްކާލާށެވެ. މީގެ ތެރެއަށް ބާކީ ހުރި ބަޓަރުކޮޅު އަޅައި އެއްކޮށްލާށެވެ.

ކުކުޅުގެ ފައިގައި އައްސާފައިވާ އޮތް ގޮށް މޮހާލައި، ބަނޑުތެރެއަށް ލީ ތަކެތި ނެގުމަށްފަހު ކުކުޅު ކޮށާލާށެވެ. ތައްޔާރުކުރި ގްރޭވީއާއެކު ހޫނުކަންމަތީގައި ސާވްކުރާށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top