ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އާދޭ އޮށޯވެލައިގެން “ސޮރީ” ބަލާލަން

ދިވެހި ފިލްމު “ސޮރީ” ނުބަލާ ފަރާތްތަކަށް ނުވަތަ އަދިވެސް ތަކުރާރުކޮށް މި ފިލްމު ބަލާލަން ބޭނުންވާ ފަރާތްތަކަށް ފިލްމު ބަލާލުމުގެ ރަނުގެ ފުރުސަތެއް މިއޮތީ ފަހިވެފައެވެ.

މި މާރިޗު މަހުގެ 21 ވަނަ ދުވަހުގެ ރޭ އަލުން ފިލްމު އަޅުވާއިރު މިފަހަރު ފިލްމު އަޅުވާނީ ހުޅުމާލޭ ފޭސް 1 ގައި ހުންނަ ސިނެ ލައުންޖްގައެވެ. މިނީ ސިނަމާއެއްގައި “އޮށޯވެލައިގެން” ވަރަށް އަރާމުގައި ތިބެ ފިލްމު ބަލައިލެވޭނެ ފުރުސަތު ތަނަވަސް ކޮށްދީފައިވާއިރު މި ފިލްމަކީ މަޝްހޫރު ލިޔުންތެރިޔާ އަދި ޑައިރެކްޓަރު ފާޠިމަތު ނަހުލާ އެންމެ ފަހުން ލިޔެ ޑައިރެކްޓްކުރި ފިލްމެވެ.

މިދިޔަ އަހަރު އޮލިމްޕަސް ސިނަމާގައި 50 ޝޯވ ދެއްކުމަށްފަހު ޝްވެކް ސިނަމާގައިވެސް ކާމިޔާބު ޝޯވތަކެއް ދެއްކި “ސޮރީ” އަކީ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދިޔަ އަސަރުގަދަ ލޯބީގެ ފިލްމެކެވެ.

@muniavasSORRY on CineLounge This Eid♬ An der schönen blauen Donau, Walzer, Op. 314 – Riccardo Muti & Wiener Philharmoniker

ޔޫސުފް ޝަފީޢު (ޔޫއްޕެ)، މަރިޔަމް އައްޒަ، އަޙްމަދު އީސަ (އާނަންދު) އަދި ވާޝިޔާ މުޙައްމަދު މައިގަނޑު ރޯލުތަކުން ފެނިގެންދިޔަ “ސޮރީ” ގައި ޢަލީ ޝަމީލް، ޝީލާ ނަޖީބް، ޙުސައިން ސޮބާޙް އަދި ޢައިޝާ ޢަލީވެސް މުހިންމު ބައިތަކަކުން ފެނިގެންދިޔައެވެ.

މީގެ އިތުރުން ނަހުލާގެ ހަގު ދަރިފުޅު ލަޔާލީ އާއި ނާޝްގެ ދަރިފުޅު އެވްލީން ފިރާޝްގެ މޮޅު އެކްޓިންއެއް ފެނިގެންދިޔަ މި ފިލްމު މާރިޗު 21 ގައި ސިނެ ލައުންޖްގައި އަޅުވާއިރު ފުރަތަމަ ޝޯވ ފުލްވެ ދެވަނަ ޝޯވގެ ޓިކެޓް ވިއްކަމުން އަންނަކަމަށް ނަހުލާ ބުނެފައިވެއެވެ.

މިވެސް ކިޔާލަން:  "ސޮރީ" ގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށައިފި

ޓިކެޓް ބުކްކުރުމަށް 7782899 އަށް ގުޅުއްވުމަށް ނަހުލާ އެދެއެވެ.

35
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top