ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
އާފަލް އޯޓްސް ކުކީޒް – މުނިއަވަސް ރަހަފަތް

މި ރެސިޕީއަކީ ސިއްހަތަށް ފައިދާހުރި، ތަފާތު ރަހައެއް އެކުލެވިގެންވާ ކުކީޒްތަކެކެވެ.

⏱️ ތައްޔާރުކުރުމަށް ހޭދަވާ ވަގުތު: 10 މިނެޓް
⏱️ ކައްކަން ހޭދަވާ ވަގުތު: 18 މިނެޓް
⏱️ ޖުމްލަ ވަގުތު: 28 މިނެޓް
🍲 ލިބޭ މިންވަރު: 13 ކުކީ

ބޭނުންވާ ތަކެތި:

🍳 ¾ ޖޯޑު (105 ގްރާމް) ފުށް (އޯލް-ޕާޕަސް ފްލާވާ)
🍳 ½ ސައިސަމުސާ ބޭކިންގް ޕައުޑަރު
🍳 ¾ ސައިސަމުސާ ނަަޓްމެގް (ކޮށާފައި ނުވަތަ މުގުރާފައި)
🍳 ½ ސައިސަމުސާ ކޯޝާ ލޮނު (ނުވަތަ އާދައިގެ ލޮނު)
🍳 ¼ ޖޯޑު އާފަލު ޕިއުރޭ (އެޕަލް ސޯސް)
🍳 ⅓ ޖޯޑު މާމުއި
🍳 2 ސައިސަމުސާ ވެނީލާ އެސެންސް
🍳 1 ބޮޑު ކުކުޅު ބިސް
🍳 1 މެދު ސައިޒުގެ އާފަލު (ގްރެނީ ސްމިތު ނުވަތަ ގާލާ ފަދަ ވައްތަރެއް، ކުދިކޮށް ކޮށާފައި، ގާތްގަނޑަކަށް 1 ½ ޖޯޑު)
🍳 1 ½ ޖޯޑު (155 ގްރާމް) އޯޓްސް (އޯލްޑް ފެޝަންޑް)
🍳 1 ¼ ޖޯޑު (105 ގްރާމް) ގާނާފައި ހުރި ޗެޑާ ޗީޒް (ޝާޕް)
🍳 ½ ޖޯޑު (85 ގްރާމް) ހިކި މޭބިސްކަދުރު (ބޭނުންނަމަ)

♨️ ތައްޔާރުކުރާނެ ގޮތް:

1- އަވަން ހޫނުކުރުން:
އަވަން 375 ޑިގްރީ ފަރަންހައިޓް (190 ޑިގްރީ ސެލްސިއަސް) އަށް ހޫނުކުރަން ޖައްސާށެވެ. އަދި ބޭކިންގް ޓްރޭއެއްގައި ބޭކިންގް ޕޭޕަރު ނުވަތަ ސިލިކޯން މެޓެއް އަޅާށެވެ.

2- ހިކި ތަކެއްޗާއި ތެތް ތަކެތި އެއްކުރުން:
ކުޑަ ބޯތަށްޓެއްގައި ފުށް، ބޭކިންގް ޕައުޑަރު، ނަޓްމެގް އަދި ލޮނު އެއްކޮށްލާށެވެ. ވަކިން ބޮޑު ބޯތަށްޓެއްގައި އާފަލު ޕިއުރޭ، މާމުއި، ވެނީލާ އެސެންސް އަދި ބިސް ރަނގަޅަށް އެއްވަންދެން ގިރާލާށެވެ.

3- ހުރިހާ އެއްޗެއް އެއްކޮށްލުން:
ގިރާފައި ހުރި ތެތް ތަކެތީގެ ތެރެއަށް ހިކި ތަކެތި (ފުށް އެތި) އަޅާލުމަށްފަހު، ފުށްތައް ރަނގަޅަށް އޮމާންވަންދެން އެއްކޮށްލާށެވެ. އެއަށްފަހު އާފަލު، އޯޓްސް، ޗީޒް އަދި މޭބިސްކަދުރު (ބޭނުންކުރާނަމަ) އަޅައި ސަމުސަލަކުން ރަނގަޅަށް އެއްކޮށްލާށެވެ. މި މިކްސްޗަރު ހުންނާނީ ތަތްކޮށް އަދި ކުޑަކޮށް ދޫކޮށެވެ.

4- ކުކީޒް ބައްޓަންކުރުން:
ކޮންމެ ކުކީއަކަށް ގާތްގަނޑަކަށް ¼ ޖޯޑުގެ މިކްސްޗަރު ނަގައި، އަތުން ގުޅަވަތްކޮށްލުމަށްފަހު ¾ އިންޗި ބޯމިނަށް ފަތާކޮށްލާށެވެ (ބާގާ ޕެޓީއެއްހެން). މިގޮތަށް 13 ކުކީ ތައްޔާރުކޮށް ބޭކިންގް ޓްރޭގައި އަތުރާލާށެވެ. މި ކުކީޒް ފިހާއިރު ފެތުރިގެން ނުދާނެތީ، ކައިރިކައިރީގައި ބެހެއްޓިދާނެއެވެ.

5- ފިހުން:
16 އާއި 18 މިނެޓާ ދެމެދުގެ ވަގުތަކަށް ފިހާށެވެ. ކުކީގެ އަރިމަތިތައް މުށިކުލަ އަރަން ފެށުމުން އަދި ކުޑަކޮށް “ސިޒްލިންގް” އަޑެއް އިވޭނަމަ އެހުރީ ފިހެވިފައެވެ. ކުކީއެއްގެ ފުލަށް ބަލާލާއިރު މުށިކުލަ ހުންނަންވާނެއެވެ. ފިހެވޭއިރު މަޑުކޮށް ހުއްޓަސް، ހިނދުމުން ހަރުވާނެއެވެ. ކެއުމުގެ ކުރިން ވަޔަރ ރެކެއްގައި ބަހައްޓައިގެން އެއްކޮށް ހިނދުވަންދެން މަޑުކުރާށެވެ.

ރައްކާކުރާނެ ގޮތް:
ވައި ނުވަންނަ ފުޅިއެއް ނުވަތަ ތަށްޓެއްގައި ބަންދުކޮށްފައި ފްރިޖުގައި ހަފުތާއަކު، ނުވަތަ ފްރީޒަރުގައި މަހެއްހާ ދުވަހު ބެހެއްޓޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top