ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވިކްޓޯރިއާ ޖަސްޓިސް ‘ވިކްޓޯރިއަސް’ ސެޓަށް ޒިޔާރަތްކޮށް މާޒީގެ ހަނދާންތައް އާކޮށްފި

އުމުރުން 33 އަހަރުގެ މަޝްހޫރު ބަތަލާ ވިކްޓޯރިއާ ޖަސްޓިސް ވަނީ، އޭނާގެ ކާމިޔާބު ސިލްސިލާ “ވިކްޓޯރިއަސް” ކުޅުނު “ނިކް އޮން ސަންސެޓް” ސްޓޫޑިއޯއަށް ކުރި ޒިޔާރަތުގެ ވީޑިއޯއެއް އާންމުންނާ ހިއްސާކޮށްފައެވެ. މި ސިލްސިލާއަކީ ފަންނުވެރިކަމަށް ޚާއްޞަ ހައިސްކޫލެއްގައި ކިޔަވަމުންދާ ހުނަރުވެރި ދަރިވަރުންތަކެއްގެ ދިރިއުޅުން ދައްކުވައިދޭ، 2010 އިން 2013 އަށް ނިކަލޯޑިއަންއިން ދެއްކި ސިލްސިލާއެކެވެ. މި ސިލްސިލާގައި ވިކްޓޯރިއާ އާއެކު އަރިއާނާ ގްރާންޑޭ، ލިއޮން ތޯމަސް، މެޓް ބެނެޓް، އެލިޒަބަތު ގިލީސް، އެވަން ޖޯގިއާ، ޑެނިއެލާ މޮނޭ އަދި އެރިކް ލޭންގް ފަދަ ތަރިން ފެނިގެންގޮސްފައިވެއެވެ.

އެ ސިލްސިލާގެ ތީމް ލަވަ ކަމަށްވާ “މޭކް އިޓް ޝައިން” އަށް ނަށަމުންދާ މަންޒަރު ފެންނަ ވީޑިއޯއާއެކު އޭނާ ލިޔެފައިވަނީ، “މިއީ ހުރިހާ ކަމެއް ފެށުނު ތަން! ‘ވިކްޓޯރިއަސް’ ކުޅުނު ސްޓޫޑިއޯއަށް އަލުން ދިއުމުގެ ފުރުސަތު ލިބިއްޖެ. މިއީ ހަމަ ހަގީގަތުގައިވެސް އަހަރެންގެ ދެވަނަ ގެ. މިތަނާ ގުޅިފައިވާ އެތައް ޚާއްޞަ ހަނދާންތަކެއް އާވެއްޖެ،” ކަމަށެވެ. އަދި މިހާރު 16 އަހަރު ވީކަން ގަބޫލުކުރަންވެސް ދަތިކަމަށް އޭނާ ބުނެފައިވެއެވެ.

@victoriajustice

Back where it all began!! Had the opportunity to go back to Nick on Sunset, where we filmed Victorious. This place was truly my home away from home. So many special memories and flashbacks. Can’t believe it’s been 16 years 🥹💗 #victorious #makeitshine

♬ Make it Shine – 𝐧𝐢𝐜𝐤𝐝𝐢𝐬𝐧𝐞𝐲

2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، ނެޓްފްލިކްސްއިން ވަނީ “ވިކްޓޯރިއަސް” އާ ގުޅުވައިގެން އުފައްދާ އާ ސިލްސިލާއެއް ކަމަށްވާ “ހޮލީވުޑް އާޓްސް” ރަސްމީކޮށް އިއުލާނުކޮށްފައެވެ. މި ސިލްސިލާގައި އަސްލު ތަރި ޑެނިއެލާ މޮނޭ އަލުން ފެނިގެންދާނީ “ޓްރީނާ ވޭގާ”ގެ ރޯލުންނެވެ. ނަމަވެސް، ކުރީގެ އެހެން ތަރިން މި ސިލްސިލާއިން ފެންނާނެ ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

މިކަމާ ގުޅޭގޮތުން ޑެނިއެލާ މޮނޭ ނެރުނު ބަޔާނެއްގައި ބުނީ، އާ ހުނަރުވެރި ފަންނާނުންތަކަކާއެކު އަލުން ޓްރީނާގެ ރޯލުން ފެނުމަކީ ލިބޭ ވަރަށް ބޮޑު ނަސީބެއް ކަމަށެވެ. “ވިކްޓޯރިއަސް އަކީ އަހަރެމެން އެންމެންގެ ދިރިއުޅުން ބަދަލުކޮށްލި ތަޖުރިބާއެއް. އަހަރެމެން އެންމެންނަކީ އަބަދަށްޓަކައި ގުޅިފައިވާ ބައެއް. ބަތަލާއެއްގެ ގޮތުންނާއި، ޕްރޮޑިއުސަރެއްގެ ގޮތުން އަދި މަންމައެއްގެ ގޮތުންވެސް، މުޅި ދުނިޔެއާ ހިއްސާކޮށްލަން ފަޚުރުވެރިވާ ފަދަ އުފެއްދުމެއް ތައްޔާރުކުރުމަށް އަހަރެން ހުރީ ކެތްމަދުވެފައި،” އޭނާ ބުންޏެވެ.

މި އާ ސިލްސިލާގައި ދެން ފެންނާނެ ތަރިންގެ ތެރޭގައި އެލީސާ މައިލްސް، އެމީ ލިއު-ވޭންގް، ޕޭޓަން ޖެކްސަން، އެރިކާ ސްވޭޒީ އަދި މާޓިން ކަމް ހިމެނެއެވެ. މީގެ އިތުރުން އިވެޓް ނިކޯލް ބްރައުން ވެސް މެހުމާނެއްގެ ގޮތުގައި ފެންނާނެއެވެ.

މި ސިލްސިލާގެ ވާހަކަ ބިނާވެފައިވަނީ، ދިރިއުޅުމުގައި ކުރިއަށްދާން މަސައްކަތްކުރާ ބަތަލާ ޓްރީނާ ވޭގާ، އޭނާ ކުރިން ކިޔެވި “ހޮލީވުޑް އާޓްސް” އަށް ބަދަލު މުދައްރިސެއްގެ ގޮތުގައި އެނބުރި އަންނަ ގޮތަށެވެ. އެތަނުން އޭނާއަށް އާ ޖީލެއްގެ ހުނަރުވެރި، އުންމީދީ ދަރިވަރުންތަކަކާ ބައްދަލުވެ، އެ ކުދިންގެ ހުނަރު ކުރިއަރުވައި، ރަނގަޅު މަގު ދައްކައިދިނުމުގައި ދިމާވާ އެކި ހާދިސާތައް މި ސިލްސިލާއިން ފެނިގެންދާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top