ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޓްވިންކަލް ކަންނާ، ޖެން-ޒީ ކުދިންގެ ސާފު ވިސްނުމާއި ތަސައްވުރަށް ތައުރީފުކޮށްފި

މަޝްހޫރު ލިޔުންތެރިޔާ އަދި ކުރީގެ ފިލްމީ ތަރި ޓްވިންކަލް ކަންނާ، އާ ޖީލު ނުވަތަ “ޖެން-ޒީ” ގެ ކުދިންގެ ހުރި ހުނަރާއި، އެކުދިންގެ އަމާޒުތައް ހުރި ސާފުކަމަށް ބޮޑަށް ތައުރީފުކޮށްފިއެވެ.

ފެޝަން އިވެންޓެއްގެ ތެރެއިން މީޑިއާއާ ވާހަކަދައްކަމުން ޓްވިންކަލް ބުނީ،

“އަހަރެން އެކުދިންގެ ހަކަތައާއި ފޯރިއަށް ވަރަށް ލޯބިކުރަން. އާންމުކޮށް މީހުން އާ ޖީލުގެ ކުދިންނާ ބެހޭގޮތުން ތަފާތު ވާހަކަތައް ދެއްކި ނަމަވެސް، އެކުދިންނަކީ ވަރުގަދަ އަޒުމަކާއި، އަމާޒެއް އަދި ދުނިޔެއާމެދު ތަފާތު އާ ފިކުރެއް ގެންގުޅޭ ބައެއްކަން އަހަންނަށް ފާހަގަކުރެވޭ. އެހެންކަމުން، އެކުދިން ބުނަން ބޭނުންވާ ވާހަކަތަކަށް އަޑުއެހުމަކީ ވަރަށް މުހިންމު ކަމެއް.”

ޓްވިންކަލްގެ ފަންނީ މަސައްކަތްތަކަށް ބަލާއިރު، އޭނާ ބޮލީވުޑަށް ތައާރަފްވީ 1995 ވަނަ އަހަރު ނުކުތް ފިލްމު “ބަރްސާތު” އިންނެވެ. އެ ދުވަސްވަރު އޭނާއަކީ ޒުވާން ބެލުންތެރިންގެ މެދުގައި ވަރަށް މަޤުބޫލު ފަންނާނެކެވެ.

އަކްޝޭ ކުމާރާއި ޓްވިންކަލްގެ ލޯބީގެ ގުޅުން ފެށުނީ 1999 ވަނަ އަހަރު ފިލްމު “އިންޓަނޭޝަނަލް ކިލާޅީ” ގެ މަސައްކަތުގެ ތެރެއިން ކަމަށް ބުނެވެއެވެ. މި ދެމަފިރިން ކައިވެނީގެ ގޮތުން ގުޅުނީ 17 ޖެނުއަރީ 2001 ގައެވެ.

އިންޑިއާގެ ފުރަތަމަ ސުޕަސްޓާރު ރާޖޭޝް ކަންނާ އާއި މަޝްހޫރު ބަތަލާ ޑިމްޕަލް ކަޕާޑިއާގެ ދަރިފުޅު، ޓްވިންކަލްއަކީ މިހާރު ދެ ކުދިންގެ މަންމައެކެވެ. އެއީ އާ ޖީލަށް ނިސްބަތްވާ 22 އަހަރުގެ އާރަވް އާއި، “ޖެން އެލްފާ” އަށް ނިސްބަތްވާ ނިތާރާ އެވެ.

ލިޔުންތެރިއެއްގެ އިތުރުން އިންޓީރިއާ ޑިޒައިނަރެއްގެ ގޮތުގައި މަސައްކަތް ކުރާ ޓްވިންކަލް އެންމެ ފަހުން ޓީވީން ފެނިފައިވަނީ ކާޖޮލްއާއެކު ހުށަހަޅައިދިން “ޓޫ މަޗް ވިތު ކާޖޮލް އެންޑް ޓްވިންކަލް” އިންނެވެ. މި ޝޯ ހުށަހަޅައިދިން ގޮތާ މެދު ބެލުންތެރިންގެ މެދުގައި ތަފާތު ޚިޔާލުތައް އުފެދުނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top