ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ކިވީ އައިސްކްރީމް – މުނިއަވަސް ރަހަފަތް

ތާޒާ ކިވީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކްރީމީ އައިސްކްރީމެއް ކާލަން ބޭނުންވޭ ހެއްޔެވެ؟ އެންމެ 4 ބާވަތެއް ބޭނުންކޮށްގެން ތައްޔާރުކުރާ މި އައިސްކްރީމަކީ ބަރު ކެއުމަކަށްފަހު ފޮނި އެއްޗެއްގެ ގޮތުގައި ކާލަން ވަރަށް ފުރިހަމަ އެއްޗެކެވެ. ކިވީއަކީ ސިއްޙަތަށް ފައިދާހުރި މާއްދާތަކާއި އެންޓިއޮކްސިޑެންޓްސް އިން މުއްސަނދިވެފައިވާ މޭވާއެކެވެ. މިއީ ގޭގައި ވަރަށް ފަސޭހައިން އަދި އަވަހަށް ތައްޔާރުކޮށްލެވޭނެ އެއްޗެކެވެ.

🍲 ތައްޔާރުކުރެވޭ މިންވަރު: 2

⏱️ ތައްޔާރުކުރުމަށް ހޭދަވާނެ ވަގުތު: 10 މިނެޓު

ބޭނުންވާ ތަކެތި:

🍳 4 ކިވީ

🍳 3 ޖޯޑު ހެވީ ކްރީމް

🍳 ¼ ޖޯޑު ހަކުރު

🍳 ½ ސައިސަމުސާ ވެނީލާ އެސެންސް

♨️ ތައްޔާރުކުރާނެ ގޮތް

1 – ކިވީ ދޮވުމާއި ތޮށި މެށުން

ފުރަތަމަ ކިވީގެ ބޭރު ތޮށިގަނޑު މަށާލުމަށްފަހު އެއްފަހަރު ދޮވެލާށެވެ. އެއަށްފަހު ކުދިކޮށް ކޮށާލައި ގާނިޝް ކުރުމަށް ކޮންމެވެސް ވަރަކަށް އެތިކޮޅެއް ބެހެއްޓުމަށްފަހު ބާކީ ބައި އޮމާން ޕޭސްޓަކަށް ވަންދެން މިކްސަރުން ގިރާލާށެވެ. މިކްސަރުން ގިރާލި ޕޭސްޓް ފިނިކުރަން ފްރިޖަށް ލާށެވެ.

2 – ކްރީމް ގިރުން

ދެން ބޮޑު ތައްޓެއް ނަގައި އޭގެ ތެރެއަށް ފިނިކޮށްފައިވާ ހެވީ ކްރީމް، ހަކުރު އަދި ވެނީލާ އެސެންސް އަޅާށެވެ. ހޭންޑް ބްލެންޑަރެއް ބޭނުންކޮށްގެން ފޮނު އަރަންދެން ރަނގަޅަށް ގިރާލާށެވެ.

3 – ފިނިކޮށްގެން ކާލުން

ދެން ފިނިކޮށްފައިވާ ކިވީ ޕޭސްޓް މީގެ ތެރެއަށް އެއްކޮށްލުމަށްފަހު އަނެއްކާވެސް ފޮނު އަރަންދެން ބްލެންޑަރުން ގިރާލާށެވެ. މި މިކްސްޗަރ ޓްރޭއަކަށް އަޅައި މަތީގައި ތާޒާ ކިވީކޮޅުތައް އަތުރާލުމަށްފަހު 7-8 ގަޑިއިރު ވަންދެން ގަނޑުކުރާށެވެ. އޭރުން ހުންނާނީ ކާލެވޭހެން އައިސްކްރީމް ތައްޔާރުވެފައެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top