ޕާކިސްތާން ޑްރާމާ ސިލްސިލާ “މިރްޒާ ކީ ހީރް” މިރޭ ފަށަން ތައްޔާރުވެއްޖެއެވެ.
ޢަލީ ރާޒާ، ހީނާ އަފްރީދީ އަދި ޒާހިދު އަހްމަދު މައިގަނޑު ރޯލުތަކުން ފެނިގެންދާ “މިރްޒާ ކީ ހީރް” ގައި އަސްމާ އައްބާސް، ޢަލީ ސަފީނާ، މުނާޒާ އާރިފް އަދި ޢަލީ ތާހިރް ފަދަ ތަރިން މުހިންމު ރޯލުތަކަކުން ފެނިގެންދާނެއެވެ.
“މިރްޒާ ކީ ހީރް” އަކީ ލޯތްބާއި ކުލުނާއި ފުނޑުފުނޑުވެފައިވާ ހުވަފެންތަކެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެކެވެ. މި ވާހަކަ ބޮޑަށް ބިނާވެފައިވަނީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ ފުން އިޙުސާސްތަކަކާއި ގުޅުންތަކެއްގެ މައްޗަށެވެ. އިތުބާރު ގެއްލުމުން ލޯބި ވޭނަކަށް ބަދަލުވެގެންދާ ގޮތް މި ޑްރާމާއިން ދައްކުވައިދެއެވެ.
ޑްރާމާގެ ޓީޒާތަކުން ބާރުވެރިކަން ހޯދުމުގެ ހަނގުރާމަތަކާއި ވަރުގަދަ ޝަޚުޞިއްޔަތުތަކެއް ފެންނާނެކަމުގެ އިޝާރާތްތަކެއް ލިބެއެވެ. ޒާހިދު އަޙްމަދުގެ ރޯލުން މި ވާހަކައަށް ނުތަނަވަސްކަމާއި ފުން އަސަރުތަކެއް ގެނެސްދެއެވެ.
ޒީޝާން ޖުނައިދުގެ ސްކްރީންޕްލޭއަކަށް ތައްޔާރުކޮށްފައިވާ މި އަސަރުގަދަ ޑްރާމާ ޑައިރެކްޓްކޮށްފައިވަނީ އަހްސުން ތާލިޝްއެވެ. ޕްރޮޑިއުސްކުރީ އައިޑްރީމް އެންޓަޓެއިންމަންޓުގެ ކުޑައިގެ ދަށުންނެވެ.
މިރޭ ޕާކިސްތާން އެންޓަޓެއިންމަންޓް ޗެނަލް އޭ.އާރް.ވައި ޑިޖިޓަލް އިން “މިރްޒާ ކީ ހީރް” ދައްކަން ފަށާއިރު މި ޑްރާމާގެ އެޕިސޯޑްތައް ގެނެސްދޭނީ ކޮންމެ ބުދަ އަދި ބުރާސްފަތި ދުވަހެއްގެ ރޭ 8:00 ގައެވެ. މީގެ އިތުރުން އޭ.އާރް.ވައި ޑިޖިޓަލްގެ ރަސްމީ ޔޫޓިއުބް ޗެނަލުންވެސް އެޕިސޯޑްތައް ބަލައިލެވޭނެއެވެ.
