މިއީ 6 އޭޕްރީލް އިން 12 އޭޕްރީލް 2026 އަށް އޯ.ޓީ.ޓީ ޕްލެޓްފޯމްތަކުގައި ރިލީޒްކުރާ އެންމެ ފާހަގަކޮށްލެވޭ 10 ފިލްމާއި ސީރީޒްގެ މަޢުލޫމާތެވެ.
އޯ.ޓީ.ޓީ އިން ބަލާނެ އައު އެއްޗެއް ނުފެނިގެން އުޅޭ ފަރާތްތަކަށް، މި ހަފުތާގައި އަލަށް ނުކުންނަ ފިލްމުތަކާއި ސީރީޒްތަކުގެ ތަފުސީލު ތިރީގައި އެވަނީއެވެ. މީގެ ތެރޭގައި ގިނަ ދުވަސްތަކަކަށްފަހު އިންތިޒާރުކުރެވޭ ސީކުއަލްތަކާއި އަލަށް ތައާރަފުވާ އުފެއްދުންތައް ހިމެނެއެވެ.
1. ސްޓާ ވޯސް: މޯލް – ޝެޑޯ ލޯޑް
“ސްޓާ ވޯސް: ދަ ކްލޯން ވޯސް” ނިމުނުތާ އަހަރެއް ފަހުން ހިނގާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ސީރީޒްގައި ފެންނާނީ ގެލެކްޓިކް އެމްޕަޔަރގެ ދުވަސްވަރު ކުރީގެ ސިތު ލޯޑް މޯލްގެ ދިރިއުޅުމެވެ. އޭނާގެ ފަހަތުން އަންނާނެ އައު ދަރިވަރަކު ހޯދުމުގެ މަސައްކަތުގައި، ޖެނިކްސް ޕްލެނެޓްގެ ކުށްވެރިންގެ ދުނިޔެއަށް އޭނާ ވަދެގެންދެއެވެ.
- ބައިވެރިވާ ތަރިން: ސޭމް ވިޓްވަރ، ގިޑިއަން އެޑްލޮން، ވެގްނާ މޯރާ، ރިޗަޑް އަޔޯޑޭ
- ޑައިރެކްޓަރ: ޑޭވް ފިލޯނީ
- ވައްތަރު: އެކްޝަން، އެޑްވެންޗަރ، ސައިންސް ފިކްޝަން
- ބަސް: އިނގިރޭސި
- ބެލޭނެ ޕްލެޓްފޯމް: ޑިޒްނީ ޕްލަސް
- ރިލީޒްކުރާ ތާރީޚު: 6 އޭޕްރީލް 2026
2. ފައިންޑިންގ ހެރީ: ދަ ކްރާފްޓް ބިހައިންޑް ދަ މެޖިކް
ހެރީ ޕޮޓަރގެ ވާހަކަތައް އައު ޕްލެޓްފޯމަކަށް ގެނައުމަށް ތައްޔާރުވަމުންދާއިރު، މި ޑޮކިއުމެންޓަރީގައި މި ޝޯގެ މަންޒަރުތައް ތައްޔާރުކުރި ގޮތާއި، ތަރިން ހޮވި ގޮތުގެ އިތުރުން މަންޒަރުގެ ފުރަގަހުގެ ގިނަ މައުލޫމާތުތަކެއް ފެނިގެންދާނެއެވެ. އަދި ތަރިންގެ ޚާއްޞަ އިންޓަވިއުތައް ވެސް މީގައި ހިމެނެއެވެ.
- ބައިވެރިވާ ތަރިން: ކޮރްނީލިއަސް ބްރޭންޑްރެތް، އޮލިވަރ ކްރޮފްޓް، ޖޭމްސް ޑޮވެލް، ޕާޕާ އެސިއޭޑޫ، ޖޯން ލިތްގޯ، ޖެނެޓް މެކްޓީއަރ، ނިކް ފްރޮސްޓް
- ޑައިރެކްޓަރ: އެލިއަޓް ރައުޝް
- ބަސް: އިނގިރޭސި
- ބެލޭނެ ޕްލެޓްފޯމް: އެޗް.ބީ.އޯ، ޖިއޯ ހޮޓްސްޓާ
- ރިލީޒްކުރާ ތާރީޚު: 6 އޭޕްރީލް 2026
3. އަންޓޯލްޑް: ޗެސް މޭޓްސް
ރާޒުވާކުޅުމުގެ ތާރީޚުގައި ހިނގާދިޔަ އެންމެ ބޮޑު އެއް ގަޑުބަޑުގެ މައްޗަށް ތައްޔާރުކޮށްފައިވާ މި ޑޮކިއުމެންޓަރީގައި ފެންނާނީ މަގްނަސް ކާލްސަން އަދި ހޭންސް ނިއުމަންގެ ދެމެދުގައި ހިނގި މަކަރު ހެދުމުގެ ތުހުމަތުތަކާއި އެމީހުންގެ ދެމެދުގައި އުފެދުނު ޚިލާފުތަކުގެ ވާހަކައެވެ.
- ބައިވެރިވާ ތަރިން: މަގްނަސް ކާލްސަން، ހޭންސް ނިއުމަން
- ޑައިރެކްޓަރ: ތޯމަސް ޓެންކްރެޑް
- ވައްތަރު: ކުޅިވަރު، ޑޮކިއުމެންޓަރީ
- ބަސް: އިނގިރޭސި
- ބެލޭނެ ޕްލެޓްފޯމް: ނެޓްފްލިކްސް
- ރިލީޒްކުރާ ތާރީޚު: 7 އޭޕްރީލް 2026
4. ދަ ބޯއިސް ސީޒަން 5
މަޝްހޫރު ކޮމިކް ފޮތްތަކަކަށް ބިނާކޮށް އުފައްދާފައިވާ މި ސީރީޒްގެ އެންމެ ފަހު ސީޒަންގައި ފެންނާނީ ބިލީ ބަޗަރ އާއި އޭނާގެ ޓީމުން ހޯމްލޭންޑަރގެ އަނިޔާވެރި ވެރިކަން ހުއްޓުވުމަށް ކުރާ މަސައްކަތެވެ. މީގެ އިތުރުން ‘ކޮމްޕައުންޑް V’ ބޭނުންކުރުމުގެ ސަބަބުން ބަޗަރއަށް ކުރާ އަސަރުތަކާއި، ސްޓާލައިޓް އަދި ބޯއިސް ގުޅިގެން ވޯޓް ކުންފުންޏާ ދެކޮޅަށް ކުރާ ހަނގުރާމަ ފެނިގެންދާނެއެވެ.
- ބައިވެރިވާ ތަރިން: ކާލް އާބަން، ޖެކް ކުއައިޑް، އެންތަނީ ސްޓާރ، އެރިން މޮރިއާޓީ، ޖެސީ ޓީ. އަޝަރ ފަދަ ތަރިން.
- ޑައިރެކްޓަރ: ފިލް ސްގްރިސިއާ
- ވައްތަރު: ކޮމެޑީ، ސުޕަރހީރޯ
- ބަސް: އިނގިރޭސި
- ބެލޭނެ ޕްލެޓްފޯމް: ޕްރައިމް ވީޑިއޯ (Prime Video)
- ރިލީޒްކުރާ ތާރީޚު: 8 އޭޕްރީލް 2026
5. ޓްރަސްޓް މީ: ދަ ފޯލްސް ޕްރޮފެޓް
ކަލްޓް އެކްސްޕާޓެއް ކަމަށްވާ ކްރިސްޓީން މާރީ އާއި އޭނާގެ ފިރިމީހާ ތޮލްގާ ކަޓާސް، އަމިއްލައަށް ނަބީއެއް ކަމަށް ދައުވާކުރާ ސެމިއުލް ބޭޓްމަންގެ ކޭމްޕަށް ސިއްރުން ވަދެ އޭނާގެ ހަގީގަތް ހާމަކުރުމަށް ކުރާ މަސައްކަތް މި ޑޮކިއުމެންޓަރީގައި ފެންނާނެއެވެ. މީގައި އެލް.ޑީ.އެސް ކަލްޓާ ގުޅޭ ސިއްރު މައުލޫމާތުތަކާއި މަންޒަރުތައް ހިމެނެއެވެ.
- ބައިވެރިވާ ތަރިން: ކްރިސްޓީން މާރީ، ތޮލްގާ ކަޓާސް
- ޑައިރެކްޓަރ: ރޭޗަލް ޑްރެޓްޒިން
- ވައްތަރު: ޑޮކިއުމެންޓަރީ
- ބަސް: އިނގިރޭސި
- ބެލޭނެ ޕްލެޓްފޯމް: ނެޓްފްލިކްސް
- ރިލީޒްކުރާ ތާރީޚު: 8 އޭޕްރީލް 2026
6. ބިގް މިސްޓޭކްސް
ގުޅުން ގޯސް ދެބެއިންނަށް ބްލެކްމެއިލްގެ ސަބަބުން ކުށްވެރިންގެ ދުނިޔެއަށް ވަންނަން މަޖުބޫރުވެއެވެ. އެމީހުންނާ ހަވާލުކުރެވޭ ނުރައްކާތެރި ވިޔަފާރިއެއްގެ ތެރޭގައި، އެމީހުންގެ ނާގާބިލުކަމުގެ ސަބަބުން ކަންތައްތައް ގޯހުން ގޯހަށް ގޮސް ބޮޑު ހަލަބޮލިކަމެއް އުފެދެއެވެ.
- ބައިވެރިވާ ތަރިން: ޑެން ލެވީ، ޓޭލަރ އޮރްޓެގާ، ލޯރީ މެޓްކާފް، ޖެކް އިނާނަން
- ޑައިރެކްޓަރ: ޑެން ލެވީ، ރޭޗަލް ސެނޮޓް
- ވައްތަރު: ކްރައިމް، ކޮމެޑީ
- ބަސް: އިނގިރޭސި
- ބެލޭނެ ޕްލެޓްފޯމް: ނެޓްފްލިކްސް
- ރިލީޒްކުރާ ތާރީޚު: 9 އޭޕްރީލް 2026
7. ހެކްސް ސީޒަން 5
ޑެބޯރާ ވޭންސް އަދި އޭވާ ޑެނިއަލްސްގެ ވާހަކަ މި ސީޒަންގައި ކުރިއަށްދާނީ ބައިނަލްއަގުވާމީ ފެންވަރުގައި އެމީހުން ކުރާ މަސައްކަތްތަކާއި ކުރިމަތިލާ އައު ގޮންޖެހުންތަކާއެކުގައެވެ. މި ސީރީޒްގެ އެންމެ ފަހު ސީޒަންގައި މި ދެމީހުންގެ މަޖާ އަދި ތަފާތު އައު ދަތުރެއް ފެނިގެންދާނެއެވެ.
- ބައިވެރިވާ ތަރިން: ޖީން ސްމާޓް، ހެނާ އައިންބައިންޑަރ، ޕޯލް ޑަބްލިއު. ޑައުންސް
- ޑައިރެކްޓަރ: ލޫޝިއާ އަނީލޯ
- ވައްތަރު: ޑާކް ކޮމެޑީ، ޑްރާމާ
- ބަސް: އިނގިރޭސި
- ބެލޭނެ ޕްލެޓްފޯމް: އެޗް.ބީ.އޯ މެކްސް
- ރިލީޒްކުރާ ތާރީޚު: 9 އޭޕްރީލް 2026
8. އައުޓްކަމް
ރީފް ހޯކް އޭނާގެ ދިރިއުޅުން ރަނގަޅު މަގަށް އެޅުވުމަށްޓަކައި މަސައްކަތުން ބްރޭކެއް ނަގައިގެން އުޅެނިކޮށް، އޭނާގެ މާޒީގެ ސިއްރުތަކެއް ހާމަކުރާނެ ކަމަށް ބުނެ ބްލެކްމެއިލް ކުރަން ފަށައެވެ. މިއާއެކު އޭނާގެ މާޒީގެ އަމަލުތަކާ ކުރިމަތިލާން މަޖުބޫރުވެއެވެ.
- ބައިވެރިވާ ތަރިން: ކިއާނޫ ރީވްސް، ޖޯނާ ހިލް، މެޓް ބޯމަރ، ކެމަރަން ޑިއާޒް
- ޑައިރެކްޓަރ: ޖޯނާ ހިލް
- ވައްތަރު: ބްލެކް ކޮމެޑީ
- ބަސް: އިނގިރޭސި
- ބެލޭނެ ޕްލެޓްފޯމް: އެޕަލް ޓީވީ ޕްލަސް
- ރިލީޒްކުރާ ތާރީޚު: 10 އޭޕްރީލް 2026
9. ތްރޭޝް
ކެޓަގަރީ 5 ގެ ނުރައްކާތެރި ތޫފާނެއް ރަށަކަށް އެރުމުން، އެ ރަށުގެ މީހުން އަމިއްލަ ނަފްސާއި އާއިލާ ސަލާމަތްކުރުމަށް ކުރާ ވަރުގަދަ މަސައްކަތް މީގައި ފެންނާނެއެވެ. މީގެ ތެރޭގައި މާބަނޑު އަންހެނަކާއި، އެއްބަނޑު އެއްބަފާ ކުދިންތަކެއްގެ އިތުރުން ކަނޑުގެ ދިރާސާވެރިއެއްގެ ވާހަކަ ހިމެނެއެވެ.
- ބައިވެރިވާ ތަރިން: ފީބީ ޑައިނެވޯރ، ވިޓްނީ ޕީކް، އަލައިލާ ބްރައުން، ޖިމޯން ހައުންސޫ
- ޑައިރެކްޓަރ: ޓޮމީ ވީކޯލާ
- ވައްތަރު: ސަވައިވަލް، ތުރިލާ
- ބަސް: އިނގިރޭސި
- ބެލޭނެ ޕްލެޓްފޯމް: ނެޓްފްލިކްސް
- ރިލީޒްކުރާ ތާރީޚު: 10 އޭޕްރީލް 2026
10. އެޓް ހޯމް ވިތް ދަ ފިއުރީސް ސީޒަން 2
ޓައިސަން ފިއުރީ ބޮކްސިން ރިންގުން ބޭރުގައި އޭނާގެ އާދައިގެ ދިރިއުޅުމަށް އާދަވުމަށް މަސައްކަތްކުރާ ގޮތާއި، އޭނާގެ އާއިލާއާއެކު ހޭދަކުރާ ވަގުތުތައް މި ޑޮކިއުމެންޓަރީގެ ދެވަނަ ސީޒަންގައި ފެންނާނެއެވެ. މިފަހަރު މޮނާކޯއަށް ކުރާ ދަތުރަކާއި އޭނާގެ ހަތް ދަރިންނާއެކު ދިރިއުޅުމަށް އަންނަ ބޮޑު ބަދަލުތައް ހާމަވާނެއެވެ.
- ބައިވެރިވާ ތަރިން: ޓައިސަން ފިއުރީ، ޕެރިސް ފިއުރީ، ޖޯން ފިއުރީ، ޓޮމީ ފިއުރީ، މޮލީ-މޭ ހޭގް
- ޑައިރެކްޓަރ: ކެރޮލައިން އޯޝޯނަސީ
- ވައްތަރު: ޑޮކިއުމެންޓަރީ
- ބަސް: އިނގިރޭސި
- ބެލޭނެ ޕްލެޓްފޯމް: ނެޓްފްލިކްސް
- ރިލީޒްކުރާ ތާރީޚު: 12 އޭޕްރީލް 2026
