އައްލޫ އަރުޖުންގެ 44 ވަނަ އުފަންދުވަހާ ދިމާކޮށް، އެޓްލީ ޑައިރެކްޓް ކުރާ އާ ފިލްމު “ރާކާ”ގެ ފުރަތަމަ ލުކް ދައްކާލައިފިއެވެ.
ކުރިން “އޭއޭ22އެކްސްއޭ6″ގެ ނަމުން މަޝްހޫރުވެފައިވާ މި ފިލްމުގެ ރަސްމީ ނަމަކީ “ރާކާ” ކަން މިހާރު ވަނީ ކަށަވަރުވެފައެވެ. ފުރަތަމަ ލުކް ޕޯސްޓަރުގައި އައްލޫ އަރުޖުން ފެންނަނީ ވަރުގަދަ، ވަހުޝީ ސިފައެއްގައެވެ. ބިރުވެރި ވަކިތަކެއް ހުރި އަތަކުން މޫނުގެ ދެބައިކުޅަ އެއްބައި ފޮރުވާފައި ހުރި އިރު، ޖަޒުބާތުން ފުރިގެންވާ އަނދިރި ދެ ލޮލުން ސީދާ ކެމެރާއަށް ބަލަހައްޓައިގެން ހުރި މަންޒަރު ފެނެއެވެ. ހަށިގަނޑުގެ މަތީ ބައިންވެސް ފެންނަނީ ޖަނަވާރެއް ފަދަ ސިފައެއް ކަމުން، މިއީ ޖަނަވާރެއްގެ ސިފަ އިންސްޕެއާ ކޮށްގެން ކުޅޭ ރޯލެއް ކަމަށް ބެލެވެއެވެ.
މި ޕޯސްޓަރު ހަތަރު ބަހަކުން ރިލީޒްކޮށްފައި ވުމުން، މިއީ ޕޭން-އިންޑިއާ ފިލްމެއްކަން ހާމަވެއެވެ. ސޯޝަލް މީޑިއާގައި ޕޯސްޓަރު ހިއްސާކުރަމުން އައްލޫ އަރުޖުން ލިޔެފައިވެއެވެ:
“އިންތިޒާރު ނިމިއްޖެ. #ރާކާ އަށް ތައްޔާރުވޭ!”
މި ފިލްމުގެ ބަތަލާއަކީ ދީޕިކާ ޕަދުކޯން ކަން ވެސް ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ޖާންވީ ކަޕޫރު، މްރުނާލް ތާކޫރު، ރަޝްމިކާ މަންދާނާ އަދި ރާމްޔާ ކްރިޝްނަން ވެސް މި ފިލްމުގެ ކާސްޓުގައި ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
