މުނިއަވަސް ރަހަފަތުގައި މިފަހަރު މި ގެނެސްދެނީ ވަރަށް ފަސޭހަކަމާއެކު ތައްޔާރުކޮށްލެވޭނެ މީރު ބުއިމެކެވެ. ދިވެހިންނާއި ގުޅޭ، ޚާއްޞަކޮށް ރަމަޟާން މަހާއި ގުޅޭ މީރު ބުއިމެކެވެ.
ބޭނުންވާނެ ތަކެތި
-
- 1 ބައި ޖޯޑުގެ ކަރާ އޮށްއޮށަށް ކޮށައި ގަނޑުކޮށްފައި
- ލުނބޯ ކިބައެއްގެ ހުތް (ބަދަލުގައި އޮރެންޖު ކިބައެއްގެ ދިޔަ)
- 1 ސައިސަމުސާ ހަކުރު
- ކުދީނާފަތް (މިންޓް ލީވްސް) – ބޭނުން ނަމަ
ތައްޔާރު ކުރާނެ ގޮތް:
1- ގަނޑުކޮށްފައިވާ ކަރާ، މިކްސަރަށް އަޅާށެވެ. މިކްސަރު ތެރެއަށް ލުނބޯހުތް ޖަހައި ހަކުރު އަޅާށެވެ.
2- 1 މިނެޓް ވާންދެން ބްލެންޑްކޮށްލާށެވެ.
3- ބިއްލޫރި ތަށްޓަށް އަޅާށެވެ.
4- ކުދީނާ ފަތްކޮޅު ކުޑަކޮށް ޗަސްކޮށްލައި ތަށްޓަށް އަޅައިގެން ބޯށެވެ.
މިއީ ރޯދަވީއްލާ ގަޑިޔަށް ނުވަތަ ހާރުދަމަށް ވެސް ވަރަށް އެކަށީގެންވާ ބުއިމެކެވެ. ތައްޔާރުކޮށްލަން ނަގާނީ ހަމަ އެންމެ މިނެޓެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި
- 28 އޭޕްރިލް 2025ޚަބަރުފިލްމު “އަބަދަށް” ޕްރިމިއާކުރުން މިރޭ!