އެކެޑެމީ (އޮސްކާ) އިން ދަތުރާ ގުޅޭ އެންމެ މޮޅު ރޮމޭންސް ފިލްމަކީ ކޮބައިތޯ ފޭނުންނާ ސުވާލުކުރުމުން، ބޮލީވުޑް ތަރި ކާޖޮލް ވަނީ އަށް ވޯޓު ދީފައެވެ.
އެކެޑެމީން މިއަދު އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ހަތަރު ފިލްމެއްގެ ޕޯސްޓަރު ހިމެނިއެވެ. އެއީ “ޔޫ މީ އެންޑް ޓަސްކަނީ”، “ދަ ހޮލިޑޭ”، “އީޓް ޕްރޭ ލަވް” އަދި “ޑީޑީއެލްޖޭ” އެވެ. ދަތުރާ ގުޅޭ ތިބާގެ އެންމެ މަގުބޫލު ރޮމޭންސް ފިލްމަކީ ކޮބައިތޯ އެ ޕޯސްޓުގައި ސުވާލުކުރިއެވެ. އެ ޓްވީޓް ފެނުމާއެކު ކާޖޮލް ވަނީ ޕޯސްޓް ރީޕޯސްޓްކޮށް “އަހަރެން ވޯޓު ދެނީ ޑީޑީއެލްޖޭއަށް” ކަމަށް ލިޔެފައެވެ.
އަދިތިޔާ ޗޯޕްރާ ޑައިރެކްޓްކޮށް 1995 ވަނަ އަހަރު ރިލީޒްކުރި މި ފިލްމަށް 30 އަހަރު ފުރުން ފާހަގަކުރަމުން ކާޖޮލް ސޯޝަލް މީޑިއާގައި ލިޔުނެވެ.
“ޑީޑީއެލްޖޭއަށް މިއަދު ވަގުތުގެ ގޮތުން 30 އަހަރު ފުރިއްޖެ، އެކަމަކު މި ފިލްމް ދުނިޔޭގެ އެކި ކަންކޮޅުތަކަށާއި އެންމެންގެ ހިތްތަކާއި ސިކުނޑިތަކަށް ފެތުރިގެން ގޮސްފައިވާ މިންވަރު ގުނާ އަދަދު ނުކުރެވޭނެ”
ފިލްމުގެ ބަތަލު ޝާހް ރުކް ޚާން ވެސް ވެރައިޓީއަށް ދިން އިންޓަވިއުއެއްގައި ބުނީ ރާޖުގެ ރޯލު ކުޅުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބުނު ލޯތްބަށް ހަގީގަތުގައި ވެސް ޝުކުރުވެރިވާކަމަށާ މި ފިލްމަށް ދުނިޔޭގެ މީހުންގެ ހިތްތަކުން މިވަރުގެ ޖާގައެއް ލިބޭނެ ކަމަށް އެއްވެސް މީހަކަށް ލަފާކުރެވިފައި ނެތް ކަމަށެވެ.
އެކެޑެމީއަކީ އޮސްކާ އެވޯޑް ހިންގާ ޖަމާއަތެވެ. 98 ވަނަ އޮސްކާ ހަފުލާ 2026 ވަނަ އަހަރުގެ މާރިޗު 15 ގައި އެމެރިކާގެ ލޮސް އެންޖެލީސްގައި ބޭއްވިއިރު، އެ ހަފުލާގައި ޕްރެޒެންޓަރެއްގެ ގޮތުގައި ޕްރިޔަންކާ ޗޯޕްރާ ބައިވެރިވިއެވެ.
I vote for DDLJ https://t.co/oLYoNlU8M1
— Kajol (@itsKajolD) April 11, 2026
