ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕާކިސްތާނުގެ މަޝްހޫރު ޑްރާމާ “ތޭރޭ ބިން” ގެ ދެވަނަ ސީޒަން ކަށަވަރުވެއްޖެ

ޕާކިސްތާނުގެ ޑްރާމާތަކަށް ލޯބިކުރާ ފަރާތްތަކުން އެންމެ އިންތިޒާރުކުރަމުންދާ އުފާވެރި އެއް ޚަބަރު މިހާރު ވަނީ ކަށަވަރުވެފައެވެ. މުޅި ދުނިޔޭގައި ބޮޑު މަގުބޫލުކަމެއް ހޯދި “ތޭރޭ ބިން”ގެ ދެވަނަ ސީޒަން އުފައްދާނެކަން ކަށަވަރުވެ، އޭގެ މަސައްކަތްތައް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

މި ޑްރާމާގެ ފުރަތަމަ ސީޒަން 2022 ވަނަ އަހަރު ރިލީޒްކުރުމާއެކު، ޔޫޓިއުބްގައި 4 ބިލިއަނަށްވުރެ ގިނަ ވިއުސް ހޯދައި، ޕާކިސްތާނުގެ މުނިފޫހިފިލުވުމުގެ ސިނާއަތުގައި އެންމެ ގިނަ ބަޔަކު ބެލި ޑްރާމާގެ ރެކޯޑް ވަނީ މުގުރާލާފައެވެ. މި ސިލްސިލާގައި ލީޑް ރޯލުން ފެނިގެންދަނީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ވަހާޖް އަލީ (މުރުތަސިމް) އަދި ޔުމްނާ ޒައިދީ (މީރަބް) އެވެ.

ޕާކިސްތާނުގެ މުނިފޫހިފިލުވުމުގެ ދާއިރާގެ އިތުބާރު ހުރި މަސްދަރުތަކުން މަޢުލޫމާތު ލިބޭ ގޮތުގައި، ދެވަނަ ސީޒަނުގެ ޝޫޓިންތައް ފެށުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ޖޫން ނުވަތަ ޖުލައި މަހުގެ ތެރޭގައެވެ.

މިކަމާ ގުޅޭގޮތުން ސިޔާސަތު ޑޮޓް ކޮމްއަށް މަޢުލޫމާތު ދެމުން ޕާކިސްތާނުގެ މަޝްހޫރު އިންފްލުއެންސަރ އަދި ކްރިޓިކް ޑރ. އީޖާޒް ވަރިސް ބުނީ،

“ތޭރޭ ބިން 2 މިއީ މުޅިން ކަށަވަރުވެފައިވާ ކަމެއް. ލީޑް ޖޯޑު ކަމަށްވާ ވަހާޖް އަލީ އާއި ޔުމްނާ ޒައިދީ މި ސީޒަނުގައިވެސް ފެނިގެންދާނެ. މިހާރު އުފައްދާ ފަރާތްތަކުން ތައްޔާރުވަމުންދަނީ މިއަހަރުގެ ޖޫން ނުވަތަ ޖުލައި ހިސާބުގައި ފިލްމުކުރުމުގެ މަސައްކަތް ފެށުމަށް.”

ޑްރާމާ ދައްކަން ފަށާނެ ތާރީޚާ ބެހޭގޮތުން އޭނާ އިތުރަށް ބުނީ،

“ހުރިހާ ކަމެއް ރޭވިފައިވާ ގޮތަށް ކުރިއަށްދާނަމަ، 2026 ވަނަ އަހަރުގެ ނޮވެމްބަރު ނުވަތަ 2027 ވަނަ އަހަރުގެ ކުރީކޮޅު މި ޑްރާމާ ޕްރިމިއާ ކުރާނެ.”

މި ޑްރާމާގެ ދެވަނަ ސީޒަނެއް އަންނާނެކަން ރަސްމީކޮށް އިޢުލާންކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އެފަހަރު ލީޑް ތަރިންނާއެކު ނަގާފައިވާ ފޮޓޯތަކެއް އާންމުކުރުމުން، ފޭނުންގެ މެދުގައި ވަނީ ބޮޑު އުންމީދެއް އުފެދިފައެވެ. ތިން އަހަރުގެ ދިގު އިންތިޒާރަކަށްފަހު، މުރުތަސިމް އާއި މީރަބްގެ ލޯބީގެ އާ ބާބެއް ފެނިގެންދާނެތީ ސަޕޯޓަރުން ތިބީ ނުހަނު ފޯރީގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top