ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އާޝާ ބޯސްލޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ އާފަޔާޚިލާފަށް ވަރުބަލިވުމާއި މޭގެ އިންފެކްޝަނެއްގެ ސަބަބުން މުމްބާއީގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފިއެވެ.

އާޝާ ބޯސްލޭގެ މާމަ ދަރިފުޅު ޒަނާއީ ބޯސްލޭ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ އާޝާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ. ޒަނާއީ ލިޔެފައިވެއެވެ: “އަޅުގަނޑުގެ މާމަ އާޝާ ބޯސްލޭ ވަރަށް ބޮޑަށް ވަރުބަލިވެ މޭގައި އިންފެކްޝަނެއް އުފެދިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވެއެވެ. އަޅުގަނޑުމެންގެ ޕްރައިވެސީއަށް އިޙުތިރާމް ކޮށްދެއްވުން އެދެމެވެ. ފަރުވާ ދެމުން ގެންދެއެވެ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ރަނގަޅުވާނެއެވެ. އުފާވެރި ޚަބަރެއް ހިއްސާކުރާނަމެވެ.”

މީގެ ކުރިން ފެތުރުނު ރިޕޯޓްތައް ބުނާ ގޮތުގައި 92 އަހަރުގެ ލަވަކިޔުންތެރިޔާއަށް ކާޑިއެކް އެރެސްޓެއް ޖެހި، އެޑްމިޓް ކުރި އިރު ޙާލު ސީރިއަސް ކަމަށް ރިޕޯޓްކޮށްފައިވެއެވެ. ފަރުވާ ދެމުންދާ ޑޮކްޓަރު ބުނެފައިވަނީ “އޭނާ އެޑްމިޓްކޮށްފައިވާ ކަން ކަށަވަރުކޮށްދެވެނީ. ޞިއްޙީ ޙާލަތާ ބެހޭ އިތުރު މަޢުލޫމާތެއް ދެވޭކަށް ނެތް” ކަމަށެވެ. ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން ލަވަކިޔުންތެރިޔާގެ ޙާލު މިހާރު ސްޓޭބަލް ވެފައިވާ ކަމަށާއި ރަނގަޅުވަމުން ދާ ކަމަށެވެ. ނަމަވެސް ޢުމުރާއި ޙާލަތަށް ބަލައި ޑޮކްޓަރުން ގެންދަނީ ގާތުން ބަލަމުންނެވެ.

ވެޓެރަން ބަތަލާ ޝަބާނާ އާޒްމީ ވެސް ވަނީ ޒަނާއީގެ ޕޯސްޓަށް ކޮމެންޓް ކޮށް “އަވަހަށް ރަނގަޅުވުމަށް އެދެން. ސެންޑިންގ އަ ހިއުޖް ހަގް” ކަމަށް ލިޔެފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top