އެއްގަމު އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް ގެނައި 7 ވަނަ އިސްލާހުގެ ދަށުން، ރަޖިސްޓްރީކޮށްފައިވާ ހުރިހާ އިލެކްޓްރިކް ވެހިކަލެއްގެ ނަންބަރު ބޯޑު އާ ގަވާއިދާ އެއްގޮތަށް ބަދަލުކުރަންޖެހެއެވެ.
މި ބަދަލު ގެނައުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚަކީ 15 މެއި 2026 އެވެ. އެހެންކަމުން އިލެކްޓްރިކް ވެހިކަލް ގެންގުޅޭ ފަރާތްތަކުން ސުންގަޑި ހަމަވުމުގެ ކުރިން ނަންބަރު ބޯޑު ބަދަލުކުރުމަށް ސަމާލުކަން ދިނުން މުހިންމެވެ.
މި ގެނައި އިސްލާހުގެ ދަށުން ޕްރައިވެޓް ވެހިކަލްގެ ނަންބަރު ބޯޑު ހުންނަން ޖެހޭނީ ފެހިކުލައިގެ ބޯޑެއްގައި ހުދުކުލައިގެ އަކުރުންނެވެ. އަދި ޓެކްސީ ބޯޑު ހުންނަން ޖެހެނީ ފެހިކުލައިގެ ބޯޑެއްގައި ރީނދޫ އަކުރުން ލިޔެފައެވެ.

ކިޔުންތެރިންގެ ޚިޔާލު
