ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މަޝްހޫރު ބަތަލާ ރަމްޝާ ޚާން ކައިވެންޏަށްފަހު ފިލްމީ ދާއިރާއާ ވަކިވަނީ؟

ޕާކިސްތާނުގެ ފިލްމީ އަދި ޑްރާމާ އިންޑަސްޓްރީގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބަތަލާ ރަމްޝާ ޚާން، ކައިވެންޏަށްފަހު ފިލްމީ ދާއިރާއާ ވަކިވާން އުޅޭކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ.

މި އަޑުތައް ގަދަވެފައިވަނީ ދާދި ފަހުން ރަމްޝާ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ހުރި ހުރިހާ ފޮޓޯތަކާއި ޕޯސްޓްތަކެއް ފޮހެލުމާ ގުޅިގެންނެވެ. މީގެ އިތުރުން އޭނާ ވަނީ ފިލްމީ ދާއިރާއާ ދުރުވާން އުޅޭކަމުގެ އިޝާރާތްތަކެއްވެސް މީގެ ކުރިން ދީފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ރަމްޝާ ޚާން މިހާރު ތައްޔާރުވަމުންދަނީ އަމިއްލަ ދިރިއުޅުމުގެ އާ މަރުހަލާއަކަށް ދަތުރުކުރުމަށެވެ. އަދި ކައިވެންޏަށްފަހު އޭނާ ބޭނުންވަނީ މުނިފޫހިފިލުވުމުގެ ދާއިރާއާ ދުރުވެ، އާއިލީ ދިރިއުޅުމަކަށް ވަގުތު ހުސްކުރުމަށް ކަމަށް ބެލެވެއެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ރަމްޝާ އަދި ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

ރަމްޝާ ޚާންއަކީ “ސިންފް-އެ-އާހަން” އަދި “އިޝްގިޔާ” ފަދަ މަގުބޫލު ޑްރާމާތަކުން ބެލުންތެރިންގެ ލޯބި ހޯދާފައިވާ ހުނަރުވެރި ތަރިއެކެވެ. އޭނާ ކުއްލި ގޮތަކަށް ސޯޝަލް މީޑިއާއިން ހުރިހާ މައުލޫމާތެއް ފޮހެލުމުން، އޭނާގެ ސަޕޯޓަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި ޚަބަރާ ގުޅިގެން ޕާކިސްތާނުގެ މީޑިއާތަކުން ބުނަމުންދަނީ، މިއީ ގިނަ ފަންނާނުން ދީނީ ކަންކަމަށް އިސްކަންދީ ނުވަތަ އަމިއްލަ ދިރިއުޅުން ބައްޓަންކުރުމަށްޓަކައި ދާއިރާއާ ދުރުވާ އުސޫލުން ނިންމި ނިންމުމެއް ކަމަށް ލަފާކުރެވޭ ކަމަށެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top