ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
12 އަހަރަށްފަހު ޖާވިދު ޖެފްރީ ޖަޖިން ޕެނަލަށް

ސޮނީ ޓީވީގެ މަޝްހޫރު ޑާންސް ރިއަލިޓީ ޝޯވ “އިންޑިއާސް ބެސްޓް ޑާންސާ” ގެ ފަސްވަނަ ސީޒަންގެ ޖަޖުންގެ ޕެނަލްއާ މަޝްހޫރު އެކްޓަރު އަދި ނެށުންތެރިޔާ ޖާވިދު ޖެފްރީ ގުޅިއްޖެއެވެ.

“އިންޑިއާ ވާލާ ޑާންސް” ޝިއާރުގެ ދަށުން މިފަހަރު ގެނެސްދޭ މި ސީޒަންގައި އިންޑިއާގެ 140 ކްރޯޑް މީހުންގެ ތެރެއިން ނެށުމުގެ ތަފާތު ވައްތަރުތައް ދައްކާލުމަށް ވަނީ ރާވާފައެވެ. އެގޮތުން ކްލެސިކަލް އާއި ފޯކް ސްޓައިލްތަކުން ފެށިގެން ކޮންޓެމްޕޮރަރީ އަދި ފިއުޝަން ހުށަހެޅުންތައް ވެސް ފެނިގެންދާނެ ކަމަށްވެއެވެ.

ޖާވިދު ޖެފްރީގެ އިތުރުން މިފަހަރު ޖަޖުންގެ ގޮތުގައި ފެނިގެންދާނީ ކުރީގެ ހަތަރު ސީޒަނުގައި ވެސް ޖަޖުކަން ކުރި މަޝްހޫރު ކޮރިއޯގްރާފަރު ގީތާ ކަޕޫރާއި ހަތަރުވަނަ ސީޒަންގެ ޖަޖުންގެ ތެރޭ ހިމެނުނު ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރިޝްމާ ކަޕޫރެވެ. ދާދި ފަހުން ނެރުނު ޕްރޮމޯގައި ޖާވިދު ޖެފްރީ ވަނީ ނެށުމުގެ ޒަރީއާއިން މުޅި ޤައުމު އެއް ސްޓޭޖެއްގައި ގުޅުވައިދެވިދާނެ ކަމުގެ އިޝާރާތެއް ދީފައެވެ. ޕްރޮމޯއިން ފެންނަ ގޮތުގައި މި ސީޒަންގައި ޖޯޝުން ފުރިގެންވާ ހުށަހެޅުންތަކާއެކު ޖަޒުބާތީ ވާހަކަތައް ވެސް ގެނެސްދޭނެއެވެ.

 

View this post on Instagram

 

A post shared by Sony LIV (@sonylivindia)

 

އިންޑިއާގެ އެންމެ ފުރަތަމަ ޑާންސް ރިއަލިޓީ ޝޯވ “ބޫގީ ވޫގީ” ގެ ޖަޖުކަން ކޮށްފައިވާ ޖާވިދު ޖެފްރީ “އިންޑިއާސް ބެސްޓް ޑާންސާ 5” ގެ ޖަޖިން ޕެނަލްއާ ގުޅޭކަން ހާމަކުރުމާއެކު މި ޝޯވއަށް ބެލުންތެރިން ކުރަމުންދާ އިންތިޒާރު ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ.

“އިންޑިއާސް ބެސްޓް ޑާންސާ 5” ދައްކަން ފަށާނީ އަންނަ މެއި މަހުގެ 9 ވަނަ ދުވަހުގެ ރޭ ސޮނީ ޓީވީއިންނެވެ. ކޮންމެ ހޮނިހިރު އަދި އާދީއްތަ ދުވަހެއްގެ ރޭ 9 ޖަހާއިރު މި ޝޯވ ދައްކާނެއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top