ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ފެށުމާއި ނިމުން” 50 އަށް ވުރެން ގިނަ ފަހަރަށް ބަލައިފިން – ޝަރަފުގެ ޓޮޕް ފޭން
ޝަރަފްގެ އެންމެ ބޮޑު ފޭން ޝަމްވީލް އާއެކު ބޭއްވި ކެއުމުގެ މަންޒަރެއް އުފައްދާފައި / މުނިއަވަސް ގެރެފިކްސް

“މިއީ ހަނދާނުން ފޮހެލަން ދަތި، އުފާވެރި ވަގުތުކޮޅެކެވެ!

އަޅުގަނޑުމެން ބޭއްވި ރަމަޟާން ކުއިޒްގެ ނަސީބުވެރިޔާ، ޙަސަން ޝަމްވީލް ބޭނުންވީ އޭނާ އެންމެ ގަޔާވާ ފިލްމީ ތަރިއާ ބައްދަލުކުރުމުގެ ފުރުސަތެވެ. އެގޮތުން ޝަމްވީލް އިޚްތިޔާރުކުރީ މަޝްހޫރު އެކްޓަރު ޝަރަފްއެވެ.

ސަޕޯޓަރެއްގެ ގޮތުގައި ދުރުން ކުރަމުން އައި ތައުރީފަށްފަހު، އެކުގައި އެއް މޭޒެއްގެ ދޮށުގައި އިށީނދެލައި، މެންދުރުގެ ކެއުމެއްގެ ތެރެއިން ވާހަކަތައް ހިއްސާކޮށްލުމަށް ލިބުނު މި ޚާއްޞަ ފުރުސަތުގެ ބައެއް މަންޒަރުތައް ތިރީގައި އެވަނީއެވެ.

ޝަމްވީލަށް އަދިވެސް އެއްފަހަރު މަރުޙަބާ ކިޔަމެވެ! އަދި ޑާކް ރެއިން އެންޓަޓެއިންމަންޓްގެ އާއިލާއާ ގުޅިވަޑައިގެންނެވި ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ.” މިއީ ޑާކް ރެއިން އިން މިއަދު ހިއްސާކޮށްފައިވާ ޕޯސްޓެކެވެ.

ޕޯސްޓުން ފެނިގެންދާ ވީޑިއޯ ބަލައިލާ އަޑުއަހައިލުމުން ހައިރާންކަމެއް ލިބުނެވެ. ދިވެހި ފިލްމީ ފަންނާނުންނަށް ދިވެހީންގެ ތެރެއިން މިވަރުގެ ސަޕޯޓެއް އޮންނަތަން ފެނުން މިއީ ވަރަށް ނާދިރުކަމެއް ނަމަވެސް މިއޮތީ އެ ކަން ފެންނާށެވެ.

ޙަސަން ޝަމްވީލް ބުނީ ޝަރަފުގެ ހުރިހައި ފިލްމަކާއި ޑްރާމާތަކެއްވެސް ބަލަމުން އަންނަކަމަށާ ޝަރަފުގެ ވަރަށް ތަފާތު ކެރެކްޓާއެއް ފެނިގެންދާ
“ފެށުމާއި ނިމުން” ފަންސާހަށް ވުރެން ގިނަ ފަހަރަށް ބަލާފައިވާ ކަމަށް ވެސް ބުންޏެވެ. މިކަން ވީ ޚުދު ޑާކް ރެއިންގެ ބޭފުޅުންނަށްވެސް ޤަބޫލުކުރަން ދަތި ކަމަކަށް ކަން މި ވީޑިއޯ ބަލައިލުމުން އެނގުނެވެ.

“ފެށުމާއި ނިމުން” މިއީ ވަަރަށް ހިތްގައިމު ވާހަކައަކަށް ތައްޔާރުކޮށްފައިވާ ސީރީޒެކެވެ. މި ސީރީޒް މީޑިއާނެޓްގެ ވީޑިއޯ ކްލަބުން ބަލައިލެވޭނެއެވެ.

4
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top