ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ޗީޒީ ގާލިކް ބްރެޑް – މުނިއަވަސް ރަހަފަތް
ފޮޓޯ: މުނިއަވަސް ގްރެފިކްސް

މިއީ ތާޒާ ލޮނުމެދާއި، މީރުވަސްދުވާ ފަތްޕިލާވެލީގެ އިތުރުން ޕާމީޒާން ޗީޒް އަދި ފޯ-ޗީޒް ބްލެންޑް ބޭނުންކޮށްގެން ތައްޔާރުކުރާ، އަނގަޔަށް މީރު ހޫނު ގާލިކް ބްރެޑެކެވެ.

🍲 ތައްޔާރުކުރެވޭނެ މިންވަރު: 8 މީހުންނަށް

⏱️ ތައްޔާރުކުރަން ނަގާނެ ވަގުތު: 15 މިނެޓު

⏱️ ކައްކަން ނަގާނެ ވަގުތު: 12 މިނެޓު

⏱️ ޖުމްލަ ވަގުތު: 27 މިނެޓު

ބޭނުންވާ ތަކެތި:

🍳 ½ ޖޯޑު އަންސޯލްޓަޑް ބަޓަރު (މަޑުކޮށްފައި)

🍳 8 ނުވަތަ 10 ލޮނުމެދު (ގާލިކް ޕްރެސްއަކުން ފިތާލާފައި)

🍳 ¼ ސައިސަމުސާ ލޮނު

🍳 ¼ ސައިސަމުސާ ލެމަން ޒެސްޓް

🍳 ކުޑަ އަސޭމިރުސްކޮޅެއް (މުގުރާފައި)

🍳 ކުޑަ ރެޑް ޕެޕާ ފްލޭކްސްކޮޅެއް (ކުޑަކޮށް ކުޅިކޮށްލަން ބޭނުންނަމަ)

🍳 1 ސައިސަމުސާ އިޓަލިއަން ސީޒަނިންގް

🍳 ¼ ޖޯޑު ގާނާފައި ހުރި ޕާމީޒާން ޗީޒް

🍳 14 އިން 16 އައުންސްގެ ފްރެންޗް ބްރެޑް ލޯފެއް (ދިގަށް ދެބަޔަށް ފަޅާލާފައި)

🍳 1 ޖޯޑު އިޓަލިއަން ފޯ-ޗީޒް ބްލެންޑް

🍳 ކޮށާފައި ހުރި ބެސިލް ފަތް (ގާނިޝް ކުރުމަށް)

♨️ ތައްޔާރުކުރާނެ ގޮތް:

1 – އެންމެ ފުރަތަމަ މަތީގައިވާ ލިސްޓާ އެއްގޮތަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ތައްޔާރުކޮށްލާށެވެ.

2 – އަވަން 350 ޑިގްރީއަށް ހޫނުކުރަން ޖައްސާށެވެ. އަދި ބޭކިންގް ޓްރޭއެއްގައި ފޮއިލް ނުވަތަ ޕާޗްމަންޓް ޕޭޕަރު އަޅާށެވެ.

3 – ބޮޑު ތަށްޓަކަށް މަޑުކޮށްފައި ހުރި ބަޓަރު އެޅުމަށްފަހު، އޭގެ ތެރެއަށް ލޮނުމެދު، ލެމަން ޒެސްޓް، އަސޭމިރުސް، ރެޑް ޕެޕާ ފްލޭކްސް، އިޓަލިއަން ސީޒަނިންގް އަދި 2 ސަމުސާ ޕާމީޒާން ޗީޒް އަޅާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން އެއްކޮށްލާށެވެ.

4 – ތައްޔާރުކުރި ބޭކިންގް ޓްރޭގައި ދެފަޅިކުރި ފާރޮށި (ބްރެޑް) ބާއްވާށެވެ. އަދި އޭގެ މަތީގައި ތައްޔާރުކުރި ބަޓަރު މިކްސްޗަރު ރަނގަޅަށް ހާކާލާށެވެ. ބްރެޑްގެ ހުރިހާ ދިމާއަކަށް ބަޓަރު ފޯރާނެހެން އުނގުޅުމަށް ސަމާލުކަން ދޭށެވެ.

5 – އަވަނަށް ލައިގެން 10 މިނެޓު ވަންދެން ފިހެލާށެވެ. ބަޓަރުކޮޅު ވިރި، ބްރެޑަށް ރަންކުލަ އަރަން ފެށުމުން އަވަނުން ނަގާށެވެ. މިވަގުތު އަވަން (ބްރޮއިލް) ސެޓިންއަށް ބަދަލުކޮށްލާށެވެ.

6 – ކޮންމެ ބްރެޑް ފަޅިއެއްގެ މައްޗަށް ½ ޖޯޑު ފޯ-ޗީޒް ބްލެންޑް އަޅާށެވެ. އަދި އަލުން އަވަނަށް ލައިގެން 2-3 މިނެޓު ވަންދެން ފިހެލާށެވެ. ޗީޒްކޮޅު ވިރި، ބޮކިޖަހަން ފެށުމުން އަވަނުން ނަގާށެވެ.

7 – ކެއުމަށް ތައްޔާރުކުރުމަށްޓަކައި، ކޮންމެ ބްރެޑް ފަޅިއެއް 8 ފޮއްޗަށް (ހުރަހަށް) ކޮށާލާށެވެ. އޭގެ މައްޗަށް ބާކީ ހުރި ޕާމީޒާން ޗީޒްކޮޅާއި، ބެސިލް ފަތްކޮޅު ބުރުވާލާށެވެ. މި ބްރެޑް ކާން އެންމެ މީރުވާނީ ހޫނުކޮށް ހުއްޓައެވެ.

މި ރެސިޕީއަށް ބައެއް އިރުޝާދު:

ބްރެޑް: މަޑު، މީރު ރަހައެއް ލިބުމަށްޓަކައި ފްރެންޗް ބްރެޑް ނުވަތަ ސިއަބާޓާ ބްރެޑް ބޭނުންކުރެވިދާނެއެވެ.

ބަޓަރު: ރަނގަޅު ފެންވަރުގެ އޯގަނިކް އަންސޯލްޓަޑް ބަޓަރު ބޭނުންކުރުމުން، ކާނާގައި ލޮނު ހުންނަ މިންވަރު އަމިއްލައަށް ކޮންޓްރޯލް ކުރެވޭނެއެވެ.

ލޮނުމެދު: ގާލިކް ބްރެޑްފެ އަސްލު ރަހަ ގެނައުމަށްޓަކައި ތާޒާ ލޮނުމެދު ގިނައިން ބޭނުންކުރުމަކީ މުހިންމު ކަމެކެވެ. ބަޓަރާއެކު މި ރަހަ ވަރަށް ބޮޑަށް ގުޅޭނެއެވެ.

މިންވަރު މަދުކުރުން: މިއީ 8 މީހުންނަށް ތައްޔާރުކުރާ މިންވަރެވެ. މަދު ބަޔަކަށް ތައްޔާރުކުރާނަމަ، ބްރެޑްގެ ދެބައިކުޅަ އެއްބައި ބޭނުންކޮށްފައި އަނެއްބައި ފްރީޒް ކުރެވިދާނެއެވެ. އެހެން ތަކެތިވެސް އެ މިންވަރަށް މަދުކޮށްލާށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top