ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މަޤުބޫލު ތުރުކީ ޑްރާމާ “އަރަފްތާ” ގެ ދެވަނަ ސީޒަންގެ ޝޫޓިން ކުރިއަށްދަނީ
ފޮޓޯ ކުރެޑިޓް ފޯމެޓްބިޒް ވެބްސައިޓް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ތުރުކީގެ މަޝްހޫރު ޑްރާމާ ސިލްސިލާ “އަރަފްތާ”ގެ ދެވަނަ ސީޒަނެއް އުފެއްދުމަށް ގޯކްއެސްޓް މީޑިއާ އާއި ރެއިންސް ޕިކްޗާސް އިން ރަސްމީކޮށް ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ މި ޑްރާމާގެ ފުރަތަމަ ސީޒަނަށް ބައިނަލްއަގުވާމީ ފެންވަރުގައި ލިބުނު އާދަޔާ ހިލާފު ބޮޑު ތަރުހީބަށް ބެލުމަށްފަހުއެވެ.

2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެންމެ ފުރަތަމަ ޔޫޓިއުބް މެދުވެރިކޮށް ދައްކަން ފެށި މި ޑްރާމާގެ ފުރަތަމަ ސީޒަން ވަނީ ޔޫޓިއުބްގެ ރަސްމީ ޗެނަލްތަކުން 850 މިލިއަނަށްވުރެ ގިނަ ވިއުސް ހޯދާފައެވެ. އަދި މިހާތަނަށް ދުނިޔޭގެ 19 ގައުމަކަށް މި ޑްރާމާ ދެއްކުމުގެ ހުއްދަ ވަނީ ވިއްކާފައެވެ. ޑިޖިޓަލް ޕްލެޓްފޯމްތަކުގައި މި ޑްރާމާއަށް ލިބުނު ކާމިޔާބީގެ ސަބަބުން، ޓީވީ ޗެނަލްތަކުން މި އުފެއްދުން ގަތުމަށް އޮތް ޝައުގުވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މިހާރު އުފެއްދުމުގެ މަރުހަލާގައި އޮތް “އަރަފްތާ” ސީޒަން 2 ގައި ޖުމްލަ 100 އެޕިސޯޑު ހިމެނޭނެއެވެ. ފުރަތަމަ ސީޒަނެކޭ އެއްފަދައިން މި ސީޒަންވެސް އެންމެ ފުރަތަމަ ރިލީޒްކުރާނީ ޔޫޓިއުބްގައެވެ. މި ސިލްސިލާގެ ބައިނަލްއަގުވާމީ ބައިވެރިންގެ ތެރޭގައި އިންޑިއާގެ އެމެޒޯން އެމްއެކްސް ޕްލޭޔާ، ތުރުކީގެ ކަނަލް 7، އަދި އިންޑޮނޭޝިއާގެ ވީޑިއޯ ފަދަ ބޮޑެތި ޕްލެޓްފޯމްތައް ހިމެނެއެވެ. މީގެ އިތުރުން ރޫމޭނިއާ، ހަންގޭރީ އަދި ލެޓްވިއާ ހިމެނޭހެން މެދުތެރޭ އަދި އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައިވެސް މި ޑްރާމާ ދަނީ ދައްކަމުންނެވެ.

މި ސިލްސިލާގެ މަގުބޫލުކަން އިތުރުވުމުގެ އެއް ސަބަބަކީ ތުރުކީ ބަހުގެ އިތުރުން އަރަބި، އުރުދު، ސްޕެނިޝް އަދި އިނގިރޭސި ބަހުން ޔޫޓިއުބުގައި މި ޑްރާމާ ލިބެން ހުރުމެވެ. މި ޗެނަލްތަކަށް މިހާރުވެސް 2.5 މިލިއަނަށްވުރެ ގިނަ ސަބްސްކްރައިބަރުން ވަނީ ލިބިފައެވެ. ޑިޖިޓަލް ޕްލެޓްފޯމްތަކުން ލިބޭ ތަފާސްހިސާބުތަކަށް ބަލައިގެން ޓީވީ ޗެނަލްތަކުން ޑްރާމާ ގަތުމަކީ ވިޔަފާރީގެ ގޮތުން ލިބޭ ހިރާސް ކުޑަވެ، އިޝްތިހާރު ކުރުމުގެ ހަރަދު ކުޑަވާ ކަމެއް ކަމަށް މާހިރުން ފާހަގަކުރެއެވެ.

ފުރަތަމަ ސީޒަން ނިމުމަކަށް އައީ އޭޕްރިލް މަހުގެ 17 ވަނަ ދުވަހުއެވެ. އެންމެ ފަހު އެޕިސޯޑު ދެއްކި ވަގުތު އެއްފަހަރާ 102,000 މީހުން ލައިވްކޮށް ބަލާފައިވެއެވެ.

ދެވަނަ ސީޒަނުގައިވެސް ލީޑު ރޯލުން ފެންނާނީ މަގުބޫލު ދެ ތަރިން ކަމަށްވާ އިލްސޫ ދެމިރްޗީ (މާޖަން ރޯލުން) އަދި އެމިން ގުނެންޗް (އަތޭޝްގެ ރޯލުން) އެވެ. މި ޑްރާމާގެ ވާހަކަ ބިނާވެފައިވަނީ ލޯތްބާއި، ބަދަލުހިފުމާއި، ގުރުބާނީ އަދި ނަސީބުގެ މައްޗަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top