ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އިމްރާން ހާޝްމީ އާއި ބަތަލާ ދިޝާ ޕަޓާނީ ލީޑް ރޯލުން ފެނިގެންދާ “އާވާރާޕަން 2” ރިލީޒްކުރާ ތާރީޚު އިޢުލާނުކޮށްފިއެވެ.
މި ފިލްމަކީ 2007 ވަނަ އަހަރު ރިލީޒްކޮށް ބޮޑު މަޤުބޫލުތަކެއް ހޯދި ފިލްމު “އާވާރާޕަން” ގެ ސީކުއެލްއެކެވެ. ގިނަ ދުވަސްތަކެއްގެ އިންތިޒާރަށްފަހު މި ފިލްމު ރިލީޒްކުރާ ތާރީޚު އިޢުލާނުކުރުމާއެކު، އިމްރާންގެ ފޭނުންގެ މެދުގައި ވަނީ ބޮޑު އުފާވެރިކަމެއް އުފެދިފައެވެ.
މި ފިލްމު ރިލީޒްކުރަން ނިންމާފައިވަނީ އަންނަ އޯގަސްޓް މަހުގެ 14 ވަނަ ދުވަހު އިންޑިއާގެ މިނިވަން ދުވަހުގެ ބަންދާއި ދިމާކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދުމުގެ އުންމީދުގައެވެ. “އާވާރާޕަން” ގެ ފުރަތަމަ ބަޔަކީ އޭގެ ވާހަކައާއި މިއުޒިކަށް ގިނަ ބައެއްގެ ތަޢުރީފު ލިބުނު ފިލްމަކަށް ވާއިރު، ދެވަނަ ބައިންވެސް އެފަދަ އަސަރުގަދަ ވާހަކައެއް ފެނިގެންދާނެ ކަމަށް ބެލެވެއެވެ.
މި ފިލްމުގައި އިމްރާންއާއެކު ދިޝާ ޕަޓާނީ ފެނިގެންދާއިރު، މިއީ މި ދެތަރިން އެކުގައި ފެންނާނެ ފުރަތަމަ ފިލްމުވެސްމެއެވެ. މީގެ އިތުރުން ޝަބާނާ އަޒްމީ އާއި ސަލީލް އަޗާރިޔާވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނާ ގޮތުގައި، މި ފިލްމަކީ ކުރީގެ ބަޔަށްވުރެ އެކްޝަން އަދި އިމޯޝަނަލް ސީންތައް ވަރުގަދަ ފިލްމަކަށް ވާނެއެވެ.
“އާވާރާޕަން 2” ގެ ސްކްރީންޕްލޭ ލިޔުނީ ބިލާލް ސިއްދީޤީއެވެ. ޕްރޮޑިއުސްކުރީ ވިޝޭޝް ފިލްމްސްގެ ކުޑައިގެ ދަށުން މުކޭޝް ބަޓް އާއި ވިޝޭޝް ބަޓްއެވެ. ޑައިރެކްޓްކުރީ ނިތިން ކައްކަރްއެވެ.
