ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދިވެހިރާއްޖެ މަރުގެ ގުރޫޕަކަށް!
ސާފް ސަރަހައްދުގެ އަންހެން ޓީމުތަކަށް އަމާޒުކޮށްގެން ބާއްވާ “ސާފް ވިމެންސް ފުޓްބޯޅަ މުބާރާތް 2026” ގައި ދިވެހިރާއްޖެ މަރުގެ ގުރޫޕަކަށް ލައްވާލައިފިއެވެ.
ކޮންމެ ދެއަހަރަކުން އެއްއަހަރު ބާއްވާ މިމުބާރާތުގެ މިއީ 8 ވަނަ މުބާރާތެވެ.
25 މެއި 2026 އިން 6 ޖޫން 2026 އަށް އިންޑިއާގެ ގޯއާގެ ފަޓޯރޑާ ސްޓޭޑިއަމްގައި ބާއްވާ މި މުބާރާތުގައި ސާފް ސަރަހައްދުގެ ހަ ގައުމުން ބައިވެރިވެއެވެ.
މުބާރާތުގައި ބައިވެރިވެފައިވާ ހަ ގައުމު ދެގުރޫޕަކަށް ބަހާލައި ކޮންމެ ގުރޫޕެއްގެ އެއްވަނަ އާއި ދެވަނަ ސެމީފައިނަލަށް ދާގޮތަށް ރާވާލެވިފައިވާ މި މުބާރާތުގައި ރާއްޖެ ލައްވާލީ، އެންމެފަހުގެ ޗެންޕިއަން ބަންގުލަދޭޝް އާއި ފަސް ފަހަރު ޗެންޕިއަންކަން ހޯދާފައިވާ އިންޑިއާއާ އެއްގުރޫޕެއްގައެވެ.
މިމުބާރާތުގެ ޗެންޕިއަންކަން އިންޑިއާއިން 5 ފަސް ފަހަރު ހޯދިއިރު އަނެއް ދެއަހަރު ހޯދީ ބަންގުލަދޭޝް އެވެ.
ގްރޫޕް ބީ ގައި ދިވެހިރާއްޖެ އާއި އިންޑިއާ އަދި ބަންގުލަދޭޝް ހިމެނޭއިރު، ގުރޫޕް އޭގައި ހިމެނެނީ ސްރީލަންކާ އާއި ނޭޕާލް އަދި ބޫޓާން އެވެ.
މި މުބާރާތުގައި ދިވެހިރާއްޖެ ކުޅޭ ފުރަތަމަ މެޗްގައި މެއި 25 ވަނަ ދުވަހު ބައްދަލުކުރާނީ އިންޑިއާއާއެވެ. ދެވަނަ މެޗްގައި ދިވެހިރާއްޖެ ބަންގުލަދޭޝްއާ ބައްދަލުކުރާނީ މެއި 29 ވަނަ ދުވަހުއެވެ.
މި މުބާރާތުގައި މިހާތަނަށް ދިވެހިރާއްޖެއިން ހޯދި އެންމެ ރަނގަޅު ނަތީޖާ ލިބުނީ 2016 ވަނަ އަހަރުއެވެ. އެއަހަރުގެ މުބާރާތުގައި ސެމީފައިނަލްގައި ދިވެހިރާއްޖެ ކުޅުނުއިރު ގްރޫޕް ސްޓޭޖްގައި ސްރީލަންކާ އާއި ބޫޓާން ބަލިކުރިއެވެ.
މި މުބާރާތުގެ ސެމީފައިނަލް ދެމެޗް ޖޫން 3 ވަނަ ދުވަހު ކުޅުމަށް ސެޑިއުލްކޮށްފައިވާއިރު، ފައިނަލްމެޗް އޮންނާނީ 6 ވަނަ ދުވަހުއެވެ.
2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top