ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކެނދިކުޅުދޫ ކޮޅަށް 9 ލަނޑު ޖަހައި ޖިބިއްލީ ގުރޫޕްގެ އެއްވަނައަށް
ފޮޓޯ: ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް އެފްބީ ޕޭޖް

ނ. ކެނދިކުޅުދޫގައި މިހާރު ކުރިޔަށްދާ “ވިންޑް ވޮރިއާސް ދި މެންގްރޫވް އައިލެންޑް ފުޓްބޯޅަ ޗެމްޕިއަންޝިޕް 2026” ފުޓްބޯޅަ މުބާރާތުގައި ކެނދިކުޅުދޫ ކޮޅަށް 9 ލަނޑު ޖަހައި ޖިބިއްލީ ސްޕޯޓްސް ކްލަބް ގުރޫޕްގެ އެއްވަނައަށް ޖެހިލައިފިއެވެ.

ޖިބިއްލީ އާއި ކެނދިކުޅުދޫ ރޭ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ޖިބިއްލީ ކާމިޔާބު ކުރިއިރު އެ ޓީމުން ފުރަތަމަ ލަނޑު ޖެހީ 11 ވަނަ މިނެޓުގައި ޢަލީ ނަސޫހްއެވެ. ދެވަނަ ލަނޑު 38 ވަނަ މިނެޓުގައި ޖެހީ އަހްޒަމް ރަޝީދެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ފްރީކިކަކުން ޢަލީ އަޝްފާޤު (ދަގަނޑޭ) ޖަހައިދިން ރީތި ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ 3-0 އިންނެވެ.

ދެވަނަ ހާފު ފެނުނީ ފުރަތަމަ ހާފަށްވުރެ ޖިބިއްލީ ވަރުގަދަކޮށެވެ.

ދެވަނަ ހާފު ފަށައިގެން މާގިނައިރެއް ނުވެ ޖިބިއްލީއަށް އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ޢަލީ ފާސިރު (ސެންޓޭ) އެވެ.

ޖިބިއްލީގެ ފަސްވަނަ ލަނޑު 65 ވަނަ މިނެޓުގައި ޢަބްދުﷲ ޖުނައިދު ޖަހައިދިންއިރު، ހަވަނަ ލަނޑު 69 ވަނަ މިނެޓުގައި ޖަހައިދިނީ ޢަލީ އަޝްފާޤެވެ. މިއީ މި މެޗުގައި ޢަލީ އަޝްފާޤު ޖެހި ދެވަނަ ލަނޑެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޢަލީ ފާސިރު (ސެންޓޭ) / ފޮޓޯ: ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް އެފްބީ ޕޭޖް

މުޅި މެޗް ކޮންޓްރޯލް ކޮށްގެން ކުޅެމުންދިޔަ ޖިބިއްލީއިން އެ ޓީމުގެ ހަތްވަނަ ލަނޑު ޖެހީ 71 ވަނަ މިނެޓުގައި ޢަލީ ފާސިރެވެ.

އަށްވަނަ ލަނޑު 74 ވަނަ މިނެޓުގައި އަހްޒަމް ރަޝީދު ޖެހިއިރު، ދެވަނަ ހާފުގެ އިތުރު ވަގުތުގައި ލަނޑެއް ޖަހައި ޢަލީ ފާސިރު ވަނީ މި މުބާރާތުގެ ފުރަތަމަ ހެޓްރިކް ހަދައިފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖިބިއްލީ ސްޕޯޓްސްގެ ޢަލީ ފާސިރެވެ.

މި މުބާރާތުގެ މެޗެއް މިރޭ ވެސް އޮންނާނެއެވެ. މި މެޗުގައި ބައްދަލުކުރާނީ ނައިފަރު ޗެލްސީ އާއި މާފަރު ފުޓްބޯޅަ ކުލަބެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top