ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަހާން ޕާންޑޭއާއި އޭނާގެ ކުޑައިރުގެ ގާތް އެކުވެރިޔާ އާރްޔަން ޚާން އެކުގައި ބޮޑު މަޝްރޫއަކަށް!

ބޮލީވުޑްގެ ސުޕަސްޓާރު ޝާހުރުކް ޚާންގެ ދޮށީ ދަރިފުޅު އާރްޔަން ޚާނަކީ، އަހާން ޕާންޑޭގެ ކުޑައިރުގެ އެންމެ ގާތް އެކުވެރިޔާއެވެ. އަހާން ދާދިފަހުން ވަނީ އޭނާއާއި އާރްޔަންއާ ދެމެދު އޮންނަ ބަދަހި ގުޅުމުގެ ހަނދާންތައް އާކޮށްފައެވެ.

ފިލްމުފެއާއަށް ދިން އިންޓަވިއުއެއްގައި “ސައްޔާރާ”ގެ ތަރި އަހާން ވަނީ، އާންމުންނަށް މާ ބޮޑަށް ފެނިފައިނުވާ އެ ދެމީހުންގެ އެކުވެރިކަމާ ބެހޭގޮތުން ވާހަކަދައްކާފައެވެ. އުމުރުން 28 އަހަރުގެ މި އެކްޓަރު ބުނި ގޮތުގައި، އާރްޔަންއާއެކު މަސައްކަތް ކުރުމަށް އޭނާ ހުރީ ތައްޔާރަށެވެ. އަދި އެ ދެމީހުންގެ މެދުގައި އޮންނަ ހަގީގީ ރަހުމަތްތެރިކަން ބޮޑު އިސްކުރީނުން ދައްކާލަން އޭނާ ބޭނުންވެއެވެ.

އަހާން ފާހަގަކުރި ގޮތުގައި، އާރްޔަންއާއެކު އޭނާ މަސައްކަތް ކުރަން ބޭނުންވަނީ ހަމައެކަނި ފިލްމީ ކާމިޔާބީއަކަށް ބަލައިގެނެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ އެ ދެމީހުންގެ މެދުގައި އޮތް ތެދުވެރި ގުޅުމުގެ ސަބަބުން ކުރަން ބޭނުންވާ ކަމެކެވެ.

މީގެ އިތުރުން، އަހާން ވަނީ ސްކޫލް ދައުރުގެ ފޮނި ހަނދާންތަކެއްވެސް ހިއްސާކޮށްފައެވެ. އަނަންޔާ ޕާންޑޭގެ ކަޒިން، އަހާން ބުނި ގޮތުގައި އެ ދެމީހުންގެ އެކުވެރިކަން ބަދަހިވީ ސްކޫލް ދުވަސްވަރުއެވެ. އެ ދުވަސްވަރު ސްކޫލް ނިމިގެން އާރްޔަން ގިނަ ފަހަރަށް ދަނީ ސީދާ އަހާންގެ ގެއަށެވެ. އަމިއްލަ މައިންބަފައިން ކަމަށްވާ ޝާހުރުކްއާއި ގޯރީއާ ބައްދަލުކުރުމުގެ ކުރިންވެސް އާރްޔަން އަންނަނީ އަހާންގެ ގެއަށް ކަމަށް އޭނާ ބުންޏެވެ.

“އޭނާ އެހެން އުޅެނީ ކީއްވެގެންތޯ އޭނާގެ މައިންބަފައިން އަހަރެން ގާތު ސުވާލުކުރޭ،” އަހާން ބުންޏެވެ.

ނަމަވެސް، އެ ދެމީހުން އެކުގައި ކުރަން އުޅޭ މަސައްކަތުގެ އިތުރު ތަފްސީލެއް އަހާން ހާމައެއް ނުކުރެއެވެ.

މައުލޫމާތަށްޓަކައި ދަންނަވާލަންޖެހެނީ، އަހާން ޕާންޑޭއާއި އާރްޔަން ޚާން ބޮލީވުޑަށް ތައާރަފްވީ އެއް އަހަރެއްގައެވެ. އަހާން އޭނާގެ ފުރަތަމަ ފިލްމު “ސައްޔާރާ” އިން 2025 ވަނަ އަހަރު ފެނިގެންދިޔައިރު، އާރްޔަން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާގެ ފުރަތަމަ ނެޓްފްލިކްސް ސީރީޒް “ދަ ބާސްޓަޑްސް އޮފް ބޮލީވުޑް” އާންމުކޮށްފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top