ދީނީ ސުވާލެއް އޮތީތަ؟
ހޮލީވުޑް
ފަރާ ޚާން، ޖާފަރް ޖެކްސަންއަށް އޮސްކާ އެވޯޑް ދިނުމަށް ގޮވާލައިފި

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ފަރާ ޚާން، މައިކަލް ޖެކްސަންގެ ބައޮގްރެފިކަލް ފިލްމް “މައިކަލް”ގައި ޖާފަރް ޖެކްސަން ދައްކައިދީފައިވާ މޮޅު އެކްޓިންގެ ސަބަބުން އޭނާއަށް އޮސްކާ އެވޯޑް ދިނުމަށް ގޮވާލައިފިއެވެ.

އުމުރުން 61 އަހަރުގެ އިންޑިއާގެ ފިލްމު ޑައިރެކްޓަރު ފަރާ ޚާން އާދީއްތަ ދުވަހު އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި، ރެކޯޑް ހަދަމުން އަންނަ މި ފިލްމާ ބެހޭ ގޮތުން ޚިޔާލު ފާޅުކުރިއެވެ. އޯމް ޝާންތީ އޯމްގެ ޑައިރެކްޓަރު ވަނީ ލެޖެންޑަރީ ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަންއާ އެކު ނަގާފައިވާ ކުރީގެ ފޮޓޯއެއް ޕޯސްޓްކޮށް، ފޭނުންނަށް މި ފިލްމު ބެލުމަށް އިލްތިމާސްކޮށްފައެވެ.

ފިލްމަށް ނެގެޓިވް ރިވިއު ދީފައިވާ ކްރިޓިކުންނަށް ފާޑުކިޔަމުން ފަރާ ޚާން ލިޔެފައިވެއެވެ:

“ފާހަގަކުރަންވީ ކަމަކީ ކްރިޓިކުންނަކީ ކޮންމެ ޤައުމެއްގައި ވެސް މޮޔައިންނޭ!”

މީގެ އިތުރުން، މައިކަލް ޖެކްސަންގެ ބޮޑުބޭބެގެ ފިރިހެން ދަރިފުޅު ޖާފަރް ޖެކްސަން އޭނާގެ މަރުޙޫމް ބޮޑުބޭބެގެ ރޯލު ފިލްމުގައި ވަރަށް މޮޅަށް ދައްކައިދީފައިވާ ކަމަށް ބުނެ،

“ޖާފަރް ޖެކްސަންއަށް އަންނަ އަހަރު އޮސްކާ ދީބަލާށޭ!” ވެސް ފަރާ ޚާން ލިޔެފައިވެއެވެ.

“މައިކަލް”އަކީ ކިންގް އޮފް ޕޮޕްގެ ނަމުން މަޝްހޫރު، 20 ވަނަ ޤަރުނުގެ އެންމެ ފާހަގަކޮށްލެވޭ އެއް ޝަޚްސިއްޔަތު ކަމުގައިވާ މައިކަލް ޖެކްސަންގެ ދިރިއުޅުމާއި ލެގަސީގެ މައްޗަށް ބިނާކޮށް 2026 ގައި ނެރެފައިވާ އެމެރިކާގެ ބައޮގްރެފިކަލް ފިލްމެކެވެ. އެންޓޮއިން ފޫކުއާ ޑައިރެކްޓްކޮށް ޖޯން ލޯގަން ސްކްރީންޕްލޭ ލިޔެފައިވާ މި ފިލްމުގައި ޖާފަރް ޖެކްސަން، ނިއާ ލޯންގް، މައިކް މަޔާސް، މައިލްސް ޓެލާ އަދި ކޯލްމަން ޑޮމިންގޯ ފަދަ ތަރިން ހިމެނެއެވެ. މި ފިލްމު ސިނަމާތަކުގައި އެޅުވީ 2026 ވަނަ އަހަރުގެ އެޕްރީލް 24 ވީ ހުކުރު ދުވަހުއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top