ދީނީ ސުވާލެއް އޮތީތަ؟
ހޮލީވުޑް
ޖާފަރު ޖެކްސަން “މައިކަލް” ފިލްމުގެ ގްރެމީ މަންޒަރާ ބެހޭ ޚާއްޞަ ހަޤީޤަތެއް ހާމަކޮށްފި
ޖާފަރު ޖެކްސަން

މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފެއްދި ބައޮޕިކް “މައިކަލް”ގައި ލީޑް ރޯލު ކުޅުނު ޖާފަރު ޖެކްސަން، އެ ފިލްމުގެ ގްރެމީ މަންޒަރާ ބެހޭ ޖަޒުބާތީ ހަޤީޤަތެއް ހާމަކޮށްފިއެވެ.

އުމުރުން 29 އަހަރުގެ ޖާފަރު ހުކުރު ދުވަހު އިންސްޓަގްރާމުގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، އެ މަންޒަރު ޝޫޓް ކުރިއިރު އޭނާގެ އަތުގައި ހުރީ އޭނާގެ ބޮޑުބޭބެ މައިކަލް ޖެކްސަންގެ އަސްލު ގްރެމީ އެވޯޑް ކަމަށެވެ.

“ސެޓުގައި ހޭދަވި އެންމެ ހަނދާނީ އެއް ވަގުތު. މި މަންޒަރަށް އަލުން ދިރުންގެނުވިއިރު މައިކަލްގެ އަސްލު ގްރެމީ އެވޯޑް އަތުގައި ބެހެއްޓުމުގެ ފުރުސަތު ލިބުނު، އެއީ ހަޤީޤަތުގައި ވެސް ވަރަށް ޚާއްޞަ ކަމެއް!” ޖާމެއިން ޖެކްސަންގެ ދަރިފުޅު ޖާފަރު ލިޔެފައިވެއެވެ.

އެންޓޮއިން ފުކުއާ ޑައިރެކްޓްކޮށް ޖޯން ލޯގަން ލިޔެފައިވާ މި ފިލްމުގައި ދައްކައިދެނީ ޕޮޕް މިއުޒިކުގެ ރަސްގެފާނު މައިކަލް ޖެކްސަން 1960ގެ އަހަރުތަކުގައި ޖެކްސަން 5 އާ ގުޅުނު ހިސާބުން ފެށިގެން 1980ގެ ފަހުކޮޅުގެ ބޭޑް ޓުއާއާ ހަމައަށް އޭނާގެ ހަޔާތުގައި ހިނގި ކަންތައްތަކެވެ.

200 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި މި ފިލްމު 2026 ވަނަ އަހަރުގެ އެޕްރީލް 24 ގައި ރިލީޒްކުރި އިރު، މިހާތަނަށް ދުނިޔޭގެ ބޮކްސް އޮފީހުގައި 278 މިލިއަން ޑޮލަރު ހޯދައި، 2026 ވަނަ އަހަރު ފަސް ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ގޮތުގައި ވަނީ ހިމެނިފައެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top