ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެމްޖޭއެސް ރާބަދި ޗެލެންޖްގެ ޗެމްޕިއަންކަން ކޯރާ ކޯރާ ހޯދައިފި!
ފޮޓޯ: އެމްޖޭއެސް ރާބަދި ޗެލެންޖް ފޭސްބުކް

ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ރ. މީދޫ ޖަމިއްޔަތުލް ސޮލާހުން އިންތިޒާމްކޮށްގެން ބޭއްވި ރާބަދި ޗެލެންޖް 2026 ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން، އެންމެ ފަހުގެ ރަނަރަޕް ކޯރާކޯރާ މޯލްޑިވްސް ރިސޯޓުން ހޯދައިފިއެވެ.

އަލީލާ ކޮތައިފަރު ރިސޯޓާއި ކޯރާކޯރާ މޯލްޑިވްސް ބައްދަލުކުރި ފައިނަލް މެޗު، ކޯރާކޯރާ އިން ކާމިޔާބުކުރީ 8-2 އިން މެޗް ކާމިޔާބު ކޮށްގެންނެވެ.

މެޗުގެ ކުރީކޮޅު ކޯރާކޯރާގެ ރައުލް ނިޔާޒާއި ޙަސަން ޒައިދާންގެ ލަނޑުން، ދެލަނޑުގެ ލީޑެއް ނެގިނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލީލާއިން ވަނީ ދެލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އަލީލާގެ ލަނޑުތައް ޖަހައިދިނީ އަޙްމަދު ނާހީ އާއި މުޙައްމަދު އިރުޝާމްއެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު އިސާމް (ކޯރާކޯރާ މޯލްޑިވްސް) / ފޮޓޯ: އެމްޖޭއެސް ރާބަދި ޗެލެންޖް ފޭސްބުކް

ވާދަވެރި، ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗު ކޯރާކޯރާއިން އެ ޓީމު ކޮޅަށް އަނބުރާލީ، ފަހު ފާހުގައެވެ. ފަހު ހާފުގެ ކުޅުން ފެށި މާގިނައިރެއް ނުވަނީސް މުޙައްމަދު އިސާމްގެ ދެ ލަނޑުން ކޯރާކޯރާ ލީގު ފުޅާކޮށްލިއިރު، އޭގެ އިރުކޮޅެއް ފަހުން ޙަސަން ޒައިދާން ވަނީ ދެ ލަނޑު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. އަދި މެޗުގެ ފަހުކޮޅު ރައުލް ނިޔާޒާއި ގިލްމާން ޙަސަން ވަނީ ކޯރާކޯރާއަށް އިތުރު ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މުބާރާތުގެ ޗެމްޕިއަންކަން ކޯރާކޯރާ މޯލްޑިވްސް ހޯދިއިރު، ރަނައަޕް ޓީމަކީ އަލީލާ ކޮތައިފަރުއެވެ. އެހެން މަގާމްތައް ހޯދި ކުޅުންތެރިންނާއި ޓީމްތަކަށް ބަލައިލާއިރު؛ މުބާރާތުގެ ބެސްޓް ސަޕޯރޓާސް ޓީމަކީ ކޯރާކޯރާއެވެ. ފެއާރޕްލޭ ޓީމަކީ ޖޯލި ބެއިންގ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ކޯރާކޯރާ މޯލްޑިވްސްގެ މުޙައްމަދު އިސާމްއެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ކޯރާކޯރާގެ ރައުލް ނިޔާޒް އެވެ. މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަކީ މުޙައްމަދު އިރުޝާމް (އަލީލާ ކޮތައިފަރު)، އަޙްމަދު ނާހީ (އަލީލާ ކޮތައިފަރު)، އިބްރާހިމް ނަދީމް (ޖޯލިއެމްވީ)، މުޙައްމަދު އިސާމް (ކޯރާކޯރާ މޯލްޑިވްސް) އަދި ރައުލް ނިޔާޒް (ކޯރާކޯރާ މޯލްޑިވްސް) އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ޖައިޝް ޝަރީފް (ކޯރާކޯރާ މޯލްޑިވްސް) އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top