ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ދޮންވެލި” – ރާއްޖޭގައި ހަދާ ފުރަތަމަ ސަވައިވަލް ފީޗާ ފިލްމު
ފިލްމު "ރެދަން"ގެ ފުރަތަމަ ޕޯސްޓަރު / ރެދަން އެންޓަޓެއިންމެންޓް

ރާއްޖޭގެ ރީތި މަންޒަރުތައް ދައްކުވައިދޭ ސަވައިވަލް ޖޮންރާގެ ފުރަތަމަ ދިވެހި ފިލްމް “ދޮންވެލި”ގެ މަސައްކަތް ފަށައިފިއެވެ.

މިއީ ފިލްމު އުފެއްދުމުގެ މަސައްކަތަށް ހުރި ޝައުޤުވެރިކަމާއެކު ފިލްމު އުފެއްދުމާބެހޭ އެކިއެކި ކަންކަން އަމިއްލައަށް އުނގެނި ދަސްކުރުމަށްފަހު އަލަށް ޑައިރެކްޝަނަށް ނުކުންނަ ޒުވާނެއްކަމަށްވާ މުޙައްމަދު މައިޝަންގެ ފިލްމެކެވެ.

ފިލްމް “ދޮންވެލި” މިއީ ރާއްޖޭގައި މީގެ ކުރިން ތަޖުރިބާކުރެވިފައި ނުވާ ޖޮންރާއަކަށް ހަދާ ފިލްމެއް ކަމަށާއި، ވާހަކައާ އެއްވަރަށް ލޮކޭޝަންތަކަށް ވެސް ޚާއްޞަ ސަމާލުކަމެއް ދީގެން ނެގުމަށް ތައްޔާރުވެފައިވާ ފިލްމެއް ކަމަށް ފިލްމުގެ ޑައިރެކްޓަރު މުނިއަވަސްއަށް ބުންޏެވެ. ފިލްމުގެ ނަމަކަށް “ދޮންވެލި” ކިޔި ސަބަބަކީ ވެސް އެއީ ކަމަށް ފިލްމުގެ ޑައިރެކްޓަރު މައިޝަން ބުނެއެވެ. އެ ގޮތުން އެހެން ދިވެހި ފިލްމަކަށް ވުރެ ބޮޑަށް ރާއްޖޭގެ ރީތިކަން މި ފިލްމުގައި ފެނިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ފިލްމުގެ ޝޫޓިން އޮންނާނީ މި އަހަރުގެ ފަހުކޮޅާއި އަންނަ އަހަރުގެ ކުރީކޮޅު ކަމަށާއި، ފިލްމުގައި މައިގަނޑު 8 ކާސްޓުން ހިމެނޭނެ ކަމަށް މައިޝަން ބުނެއެވެ. ކާސްޓް އިޢުލާނުކުރުން އޮންނާނީ މި އަހަރު ސެޕްޓެމްބަރު މަހުގައެވެ. ފިލްމް އެޅުވުމަށް އަމާޒު ހިފާފައިވަނީ 2027ގެ މެދުތެރޭގައެވެ.

ފިލްމުގެ ސްކްްރީންޕްލޭ ލިޔުންތެރިޔާ އަދި ޑައިރެކްޓަރު ބުނެފައިވާ ގޮތުގައި ފިލްމުގެ ކޮންސެޕްޓަކީ 2023ގައި ރައްޓެހިންނާ އެކީ ނ. އަތޮޅުގެ ފަޅު ރަށަކަށް ދިޔަ ދަތުރެއްގައި ބޮލަށް އައި ޚިޔާލެކެވެ. އެ ޚިޔާލު ދެ އަހަރު ވަންދެން ބޮލުގައި ބާއްވައި ޑިވެލޮޕްކޮށްފައި 2025ގެ ފަހުކޮޅު ލިޔަން ފެށީ ކަމަށާއި، ވާހަކައެއް ގޮތަށް ލިޔަން ހޭދަވީ 12 ދުވަސް ކަމަށް އޭނާ ބުނެފައިވެއެވެ. ރާއްޖޭގައި އެކްސްޕްލޯނުކޮށް ހުރި ޖޮންރާތަކަށް ފިލްމު ހެދުމަށް ބޮޑަށް ބޭނުންވާ ކަމަށާއި، އެހެންވެ ފުރަތަމަ ފިލްމަކަށް މި ކޮންސެޕްޓް ނެގީ ކަމަށް ވެސް ބުނެފައިވެއެވެ.

ފިލްމު ހެދުމަކީ ސްކޫލުގައި އުޅުނު އިރުން ފެށިގެން ޕެޝަނެއް ގޮތަށް ކުރަން ބޭނުންވި ކަމެއް ކަމަށާއި، ނިމިދިޔަ އަހަރުތަކުގައި ފިލްމު ހެދުމާ ބެހޭ އެކި ކަންކަން ދަސްކުރުމަށް ފަހު ތައްޔާރުވެވުމާ އެކު 2025ގެ ފަހުކޮޅު ފިލްމުގެ ޕްރީޕްރޮޑަކްޝަން މަސައްކަތް ފެށީ ކަމަށް އަލަށް ޑައިރެކްޝަނަށް ނުކުންނަ މައިޝަން ބުންޏެވެ.

ފިލްމް “ދޮންވެލި” ނެރެނީ އަލަށް ޕްރޮޑަކްޝަނަށް ނުކުން ‘ރެދަން އެންޓަޓެއިންމެންޓު‘ންނެވެ.

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top