ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރާދިކާ މަދަންގެ ފިލްމު “ސަނާ” މި އަހަރު ރިލީޒްކުރަނީ

ބައިނަލްއަޤުވާމީ އެކި ފިލްމު ފެސްޓިވަލްތަކުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ރާދިކާ މަދަންގެ ފިލްމު “ސަނާ” ގިނަ ދުވަސްތަކަކަށްފަހު، މި އަހަރު ރިލީޒްކުރާނެކަމުގެ އިޝާރާތެއް އެ ފިލްމުގެ ޑައިރެކްޓަރު ދީފިއެވެ.

މި ފިލްމު ރިލީޒްކުރުން ލަސްވަމުންދާ މައްސަލައާ ގުޅޭގޮތުން “މިޑް-ޑޭ” އަށް ދިން އިންޓަވިއުއެއްގައި ޑައިރެކްޓަރު ސުދާންޝޫ ސާރިއާ ބުނީ، ފިލްމު ރިލީޒްކުރުން ލަސްވަނީ އެ މަސައްކަތް އެންމެ ފުރިހަމައަށް ކުރަން ބޭނުންވާތީ ކަމަށެވެ. “އަހަރެން ބޭނުމީ އަވަސްކުރުމުގެ ބަދަލުގައި ކަންކަން ރަނގަޅަށް ކުރަން.” އޭނާ ބުންޏެވެ.

ސުދާންޝޫ އިތުރަށް ހާމަކުރި ގޮތުގައި، މި ފިލްމަކީ ބެލުންތެރިންގެ މެދުގައި މަޤުބޫލުވާނެ ފަދަ ރަނގަޅު ޕްލެޓްފޯމެއް މެދުވެރިކޮށް ރިލީޒްކުރަން ބޭނުންވާ ފިލްމެކެވެ. ފިލްމު މާކެޓްގައި މިހާރު ހުރި ގޮންޖެހުންތަކާއި، ބޮޑެތި ވިޔަފާރި ފިލްމުތަކުގެ ތެރޭގައި މިފަދަ “ކޮންޓެންޓް-ޑްރިވަން” ފިލްމުތަކަށް ޖާގަ ހޯދުމަކީ ފަސޭހަ ކަމެއް ނޫންކަން އޭނާ ފާހަގަކުރިއެވެ.

“ސަނާ” އަކީ ނަފުސާނީ ދުޅަހެޔޮކަމާއި އަމިއްލަ ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާ އަންހެނެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފެސްޓިވަލްތަކުގައި މި ފިލްމު ދައްކާފައިވާއިރު، ރާދިކާ މަދަންގެ އެކްޓިންއަށް ގިނަ ބައެއްގެ ތަޢުރީފު ވަނީ ލިބިފައެވެ.

ފިލްމުގެ ޓީމުން މިހާރު އަންނަނީ ފިލްމު ރިލީޒްކުރާނެ ވަގުތަކާއި ގޮތްތައް ފައިނަލް ކުރަމުންނެވެ. އުންމީދު ކުރެވެނީ މި އަހަރުގެ ތެރޭގައި އާންމު ބެލުންތެރިންނާ ހަމައަށް މި ފިލްމު ވާސިލްވާނެ ކަމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top