ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިސްމާއީލް ރަޝީދުގެ މޮޅު އެކްޓިންއާ އެކު “ޖަންނަތު” އޮގަސްޓް 3 ގައި
މަޝްހޫރު އެކްޓަރ އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) / ޑާކް ރެއިން އެންޓަޓެއިންމެންޓް

ދިވެހި ފިލްމު “ޖަންނަތު” އޮގަސްޓް 3 ވަނަ ދުވަހު ބެލުންތެރިންނާ ހަމައަށް އަންނައިރު، މި ފިލްމުން އިސްމާއީލް ރަޝީދު (އިއްސެ)ގެ އާދަޔާ ޚިލާފު މޮޅު އެކްޓިންއެއް ފެނިގެންދާނެ ކަަމަށް ޑާކް ރެއިން އެންޓަޓެއިންމެންޓުން ބުނެފިއެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓުން އާއްމުކުރި ޕޯސްޓެއްގައި ބުނީ އިއްސެ ކުޅޭ ކޮންމެ ކެރެކްޓަރެއްގެ ސިފަޔާއި ރޫޙު ގެނެސްދިނުމުގައި އޭނާ ދައްކުވައިދެނީ އާދަޔާޚިލާފު ހުނަރެއް ކަމަށެވެ.

“ލިޔުމެއްގައިވާ ޚިޔާލީ ސަޚްޞިއްޔަތެއް، އެއްވެސް އުނިކަމެއްނެތި އިސްކްރީނަށް ދިރުވައި ގެނެސްދިނުމުގައި އޭނާއަކީ އަރާހުރި ފަންނާނެއް.” ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ޕޯސްޓްގައި ބުނެފައިވެއެވެ.

“ކެރެކްޓަރަށް ބޭނުންވާ ނުރައްކާތެރި ނުވަތަ ހަރުކަށި ސިފަތަކާއި، ހިތްތައް ދަމައިގަންނަ ފަދަ ޝަޚްޞިއްޔަތުވެސް އޭނާ ހަމަ އެހާމެ ފުރިހަމައަށް ދައްކުވައިދޭ. ފިލްމީ މައިދާނުގައި އޭނާއާ ކުރިމަތިލާ ކޮންމެ މީހަކަށްވެސް އޭނާއަކީ ބަލިކުރަން އުނދަގޫ، ބާރުގަދަ ވާދަވެރިއެއް. އޭނާގެ ހުނަރުވެރިކަމުގެ ކުރިމަތީގައި އެހެން ފަންނާނުން ފަނޑުވެގެންދާ ފަހަރު މަދެއް ނޫން. ޝައްކެއްވެސް ނެތް ގޮތުގައި، އިއްސެއަކީ މިހާރު ފިލްމީ ދާއިރާގައި ހުރި އެންމެ ފާހަގަކޮށްލެވޭ، އަދި އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރެއިން އެކެއް.” ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ޕޯސްޓްގައި އިތުރަށް ބުނެފައިވެއެވެ.

ފިލްމުގެ މަސައްކަތްތައް މިހާރު ކުރިއަށް ގޮސްފައިވާ މިންވަރު މުނިއަވަސްއާ ހިއްސާކުރަމުން ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ޕްރޮޑިއުސަރު މުޙައްމަދު ޢަލީ (މޮގާ) ބުނީ ފިލްމުގެ 60 އިންސައްތަ ޝޫޓިން ނިމިފައިވާ ކަމަށެވެ.

މި ފިލްމުގު މުހިންމު ރޯލަކުން ފެނިގެންދާ އެކްޓަރު އަދި ނޫސްވެރިޔާ މުޙައްމަދު އަފްރާހްގެ ރޯލާ މެދުވެސް ޑާކް ރެއިން އިން މުހިންމު ވާހަކަކޮޅެއް ހިއްސާކޮށްފައިވެއެވެ.

“މަޖާ ރޯލުތަކުން ފެށިގެން ހިތާމަވެރި ރޯލުތަކާ ހަމައަށް، އަފްރާއަކީ އޭނާއަށް ލިބޭ ކޮންމެ ކަހަލަ ކެރެކްޓަރެއްވެސް ފުރިހަމައަށް ކުޅެލުމުގެ ގާބިލުކަން ލިބިފައިވާ ހުނަރުވެރި އެކްޓަރެއް. އޭނާގެ އެކްޓިންގްގައި ހުންނަ މަޑުމައިތިރިކަމާއި ވަރުގަދަކަމުގެ ސަބަބުން، ޖަޒުބާތުން ފުރިގެންވާ އޭނާގެ ދެލޮލުގެ އެހީގައި ކޮންމެ އިހުސާސެއްވެސް އެންމެ ފުރިހަމަ ގޮތުގައި ބެލުންތެރިންނަށް ތިލަކޮށްދޭ.” އަފްރާހްގެ އެކްޓިންއާ މެދު ޑާކް ރެއިން އިން ބުނެފައިވެއެވެ.

ޖަންނަތު” ފިލްމު އޮލިމްޕަސް ސިނަމާގައި އަޅުވާ ގޮތަށް ހަމަޖެހިފައިވަނީ 3 އޮގަސްޓް 2026 ގައެވެ.

“ޖަންނަތު”ގެ މައިގަނޑު ކާސްޓުގައި ހިމެނެނީ ޝަރަފް، ޝުހާ، އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، އާއިދާ، އަފްރާހް އަދި އަންޖީއެވެ.

ފިލްމު “ޖަންނަތު” ޑައިރެކްޓްކުރަނީ ޑާކް ރެއިންގެ ހުނަރުވެރި ޑައިރެކްޓަރު ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. މިއީ ޢާއިޝަތު ފުއާދު ތަޢުފީޤް އަދި އަޙްމަދު ޠަލާލް (ޠޮލް)ގެ ސްކްރީންޕްލޭއަކަށް އުފައްދާ ފިލްމެކެވެ.

3
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top