ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ލޮލުގެ އޮޕަރޭޝަނަކަށްފަހު އަކްޝޭ ކުމާރު ފިލްމީ މަސައްކަތްތަކުން ބްރޭކެއް ނަގައިފި

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު، ސިއްރުން ކުރި ލޮލުގެ އޮޕަރޭޝަނަކަށްފަހު ފިލްމީ މަސައްކަތްތަކުން ވަގުތީ ބްރޭކެއް ނަގައިފިކަން ހާމަވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން އާންމުވެފައިވާ ރިޕޯޓްތައް ބުނާގޮތުގައި، އަކްޝޭ ކުމާރު ވަނީ ދާދި ފަހުން ލޮލުގެ އޮޕަރޭޝަނެއް ކޮށްފައެވެ. މި އޮޕަރޭޝަނަކީ އޭނާގެ ލޮލުގެ ފެނުމަށް ދިމާވި މައްސަލައަކާ ގުޅިގެން ކުރި އޮޕަރޭޝަނެއް ކަމަށް ބެލެވެއެވެ. ނަމަވެސް، މިކަމުގެ ތަފްސީލް އޭނާ މީޑިއާއަށް ހާމަކޮށްފައެއް ނުވެއެވެ.

އޮޕަރޭޝަނަށްފަހު ޑޮކްޓަރުން ވަނީ އަކްޝޭއަށް އަރާމުކުރުމަށް އިރުޝާދު ދީފައެވެ. އެހެންކަމުން، މިހާރު ކުރިއަށްދާ ފިލްމުތަކުގެ މަސައްކަތްތަކާއި ކުރިއަށް އޮތް ޝޫޓިންތައް ވަނީ މަޑުޖައްސާލާފައެވެ. އޭނާ މިވަގުތު ހުރީ އެއްކޮށް ރަނގަޅުވަންދެން މަސައްކަތްތަކާ ދުރުގައެވެ.

އަކްޝޭ ކުމާރަކީ އާންމުކޮށް އަހަރަކު ގިނަ ފިލްމުތަކެއް ކުޅޭ އަދި ވަރަށް ބިޒީކޮށް އުޅޭ ތަރިއަކަށް ވީނަމަވެސް، ސިއްހީ ހާލަތަށް އިސްކަންދިނުމުގެ ގޮތުން މި ބްރޭކްނެގީ ކަމަށް މަސްދަރުތަކުން ބުނެއެވެ. އޭނާ އަލުން މަސައްކަތަށް ނުކުންނާނެ ވަކި ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.

މި ޚަބަރާއެކު އަކްޝޭގެ ސަޕޯޓަރުން އަންނަނީ އޭނާއަށް އަވަސް ޝިފާއަކަށް އެދި ސޯޝަލް މީޑިއާގައި މެސެޖުތައް ކުރަމުންނެވެ. އަކްޝޭ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ “ސަރްފީރާ” އިންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top