ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކެރިއަރުގައި ލިބެމުންދާ ތަފާތު ރޯލުތަކާ މެދު ވަރަށް ހިތްހަމަޖެހޭ: ގޯތަމް ރޯޑޭ
ފޮޓޯ: ގޯތަމް ރޯޑޭ އިންސްޓަގްރާމް

އެކްޓަރު ގޯތަމް ރޯޑޭ، އޭނާގެ ކެރިއަރުގެ މިހާރުގެ މަރުހަލާގައި އޭނާ ބޮޑަށް އިސްކަންދެނީ ހަމައެކަނި ގިނައިން ފެންނަ މީހަކަށް ވުމުގެ ބަދަލުގައި، ކުޅޭ ރޯލުތަކުގެ ތަފާތުކަމަށް ކަމަށް އޭނާ ބުނެފިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ޓީވީ ޑްރާމާތަކާ ގުޅިފައި ހުރި މި އެކްޓަރު، މިހާރު ދަނީ އޯޓީޓީ ޕްލެޓްފޯމްތަކުން ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފައި، ތަފާތު ފުން މާނަތަކެއް އެކުލެވޭ ރޯލުތަކެއް އިޚްތިޔާރު ކުރަމުންނެވެ. މީގެ ސަބަބުން މަސައްކަތާއި އަމިއްލަ ދިރިއުޅުމުގެ ބެލެންސް ހިފެހެއްޓުމަށް އޭނާއަށް ފަސޭހަވެއެވެ.

ކުރިން ކުރެވިފައިވާ މަސައްކަތްތަކާ ތަފާތު ރޯލުތައް އިޚްތިޔާރުކުރާ ގޮތާ ބެހޭގޮތުން ގޯތަމް ބުންޏެވެ.

“މާމްލާ ލީގަލް ހޭ ސީޒަން 2 ގައި ކުޅުނު ކެރެކްޓާއާ މުޅިން ތަފާތު ކެރެކްޓާއެއް އަންދޭކީ ގައި މި ކުޅެނީ. މިވަގުތު މިއާ ބެހޭގޮތުން މާ ގިނަ ވާހަކަތަކެއް ދެއްކޭކަށް ނެތް. އެކަމަކު މިއީ ކުރިން އަހަރެން ކޮށްފައިވާ ކަމެއް ނޫން. މިއީ ވަރަށް ‘ކޮމްޕްލެކްސް’ ރޯލެއް، އަދި އެކަމާ އަހަރެން ވަރަށް އުފާވޭ. މި ކެރެކްޓާގެ ވާހަކަ ކިޔައިދިން ހިސާބުން އަހަރެން އެކަމަށް ޝައުގުވެރިވީ މިއީ އަހަރެން ކުރިން ކުޅެފައިވާ އެއްވެސް ރޯލަކާ ވައްތަރު ނޫންވީމަ.”

މީގެ އިތުރުން “ދަ ސްޓޯމް” ނަމަކަށް ކިޔާ ސީރީޒެއްގައި ވެސް އޭނާ މަސައްކަތް ކުރަމުންދާއިރު، އޭގައި އޭނާ ފެންނަ ގޮތް މުޅިން ތަފާތުވާނެ ކަމަށް އޭނާ ބުންޏެވެ.

އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި، ފެންނަ ފެނުމަށް ބަލާއިރު ވެސް ކޮންމެ ރޯލެއްގައި ބޮޑެތި ބަދަލުތަކެއް ހުރެއެވެ. ބައެއް ރޯލުތަކުގައި ތުނބުޅި ބަހައްޓާފައި ހުންނައިރު، އަނެއްބައި ރޯލުތަކުގައި ބޮލުގެ އިސްތަށިގަނޑު ދިގުކޮށް ނުވަތަ ކުރުކޮށް ކޮށައިގެން ތަފާތު ގޮތްގޮތަށް ފެންނާނެއެވެ.

“ހަރަކާތްތަކާއި، ކެރެކްޓާ ބައްޓަންކޮށްފައިވާ ގޮތް، އަދި ޕްލެޓްފޯމްތައް ވެސް ތަފާތު. ކެރިއަރުގެ މި މަރުހަލާގައި މިފަދަ ތަފާތު ރޯލުތައް ކުޅުމުގެ ފުރުސަތު ލިބޭތީ ވަރަށް ހިތްހަމަޖެހޭ.” އޭނާ ބުންޏެވެ.

އޯޓީޓީގެ ސަބަބުން މަސައްކަތުގައި އުފެއްދުންތެރިވާން ފުރުސަތު ލިބުމުގެ އިތުރުން، އަމިއްލަ ދިރިއުޅުމަށް ވެސް ވަރަށް ބޮޑު ލުޔެއް ލިބޭ ކަމަށް ގޯތަމް ޤަބޫލުކުރެއެވެ.

“އޯޓީޓީ ޝޯއެއްގައި ގާތްގަނޑަކަށް އަށް މަސް ދުވަހު މަސައްކަތް ކުރަން ޖެހުނަސް، ޝޫޓިންއަށް ދާން ޖެހެނީ މަދު ދުވަސްކޮޅަކު. އޭގެ ކުރިން ތައްޔާރުވުމާއި، ވޯކްޝޮޕްތަކާއި، ކޮސްޓިއުމް ޓްރަޔަލްތައް އޮތް ނަމަވެސް، އަސްލު ޝޫޓިން ދުވަސްތައް މަދު. އެހެންކަމުން ދަރިންނާއެކު ވަގުތު ހޭދަކުރަން ފުރުސަތު ލިބޭ. ކޮންމެ ދުވަހަކު ހެނދުނު ހޭލައިގެން ގޮސް، ރޭގަނޑު ލަހުން ގެއަށް އަންނަ ބުރަ ތާވަލެއްގައި އުޅޭކަށް ނުޖެހޭ. މި ލިބޭ ހަމަޖެހުމާ މެދު އެއްވެސް ޝަކުވާއެއް ނެތް.” އޭނާ ބުންޏެވެ.

“ބާ ބަހޫ އޯރް ބޭބީ”، “ލަކީ” އަދި “ސަރަސްވަތިޗަންދުރަ” ފަދަ މަޝްހޫރު ޑްރާމާތަކުގައި ފާހަގަކޮށްލެވޭ ފަދަ މޮޅު އެކްޓިންއެއް ދައްކާފައިވާ ގޯތަމް ރޯޑޭގެ ކުރިއަށް އޮތްތާވެސް ތަފާތު ރޯލުތަކަކުން ފެނިގެންދާނެ ކަމަށް އޭނާ ބުނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top