ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފުޓުބޯޅަ ކުޅޭއިރު ބޮލުން ބޯޅަ ޖެހުމަކީ ސިކުނޑިއަށް ގެއްލުންލިބޭކަމެއް – ދިރާސާ

ފުޓުބޯޅަ ކުޅޭއިރު ބޮލުން ބޯޅަ ޖެހުމަކީ (ހެޑިންގް ހެދުމަކީ) ބޯ ހަރަކާތް ކުރުމުގެ ކުރިންވެސް ސިކުނޑިއަށް ގެއްލުން ލިބިދާނެ ކަމެއް ކަމަށް ދާދިފަހުން ކުރެވުނު ސައިންޓިފިކް ދިރާސާއަކުން ދައްކައިފިއެވެ.

“އާތު.ކޮމް” ގައި ޝާއިއުކޮށްފައިވާ މި ދިރާސާގެ ރިޕޯޓުގައިވާ ގޮތުން، ބޯޅަ ބޮލުގައި ޖެހޭ ވަގުތު ބޯ އެއްވެސް ވަރަކަށް ހަރަކާތް ކުރުމުގެ ކުރިން، ސިކުނޑީގެ ޓިޝޫތަކަށް ލިބޭ ބާރުގެ ސަބަބުން ސިކުނޑިއަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. މިއީ މީގެ ކުރިން ސިކުނޑިއަށް ގެއްލުން ވަނީ ހަމައެކަނި ބޯ ބާރަށް ހަރަކާތްވުމުގެ ސަބަބުން ކަމަށް ގަބޫލުކުރެވިފައި އޮތް އޮތުމާ ތަފާތު ކަމެކެވެ.

މި ދިރާސާ ކުރިއަށް ގެންދިޔަ ސައިންސްވެރިން ހާމަކުރި ގޮތުގައި، ބޯޅަ ބޮލުގައި ޖެހޭ ހިނދު އުފެދޭ “ޕްރެޝަރ ވޭވްސް” ނުވަތަ ބާރުގެ ލޮޅުމުގެ ސަބަބުން ސިކުނޑީގެ ނާޒުކު ބައިތަކަށް ލޮޅުން އަރައެވެ. މިއީ ބޯ ހަރަކާތްވެ، ކަރުގެ މަސްތަކަށް އޭގެ އަސަރުކުރުމުގެ މާ ކުރިން ހިނގާ ކަމެއްކަން ދިރާސާއިން ވަނީ ކަށަވަރުވެފައެވެ.

މި ހޯދުންތަކުގެ ސަބަބުން ފުޓުބޯޅަ ކުޅުންތެރިންގެ ރައްކާތެރިކަމާ މެދު އާ ސުވާލުތަކެއް ވަނީ އުފެދިފައެވެ. ވަކިން ހާއްސަކޮށް، ޅަފަތުގެ ކުޅުންތެރިންނާއި ޕްރޮފެޝަނަލް ކުޅުންތެރިން ތަކުރާރުކޮށް ބޮލުން ބޯޅައިގައި ޖެހުމަކީ ދިގު މުއްދަތުގައި ސިކުނޑީގެ ބަލިތަކަށް މަގުފަހިވެދާނެ ކަމެއްގެ ގޮތުގައި ސައިންސްވެރިން އިންޒާރު ދެއެވެ.

މި ދިރާސާގައި ބޭނުންކޮށްފައިވަނީ ކޮމްޕިއުޓަރ މޮޑެލްތަކާއި ހައި-ސްޕީޑް ސެންސަރުތަކެވެ. މީގެ މަގުސަދަކީ ކުޅިވަރުގެ ތެރޭގައި ބޮލަށް ލިބޭ އަނިޔާތައް މަދުކުރުމަށްޓަކައި، ހެލްމެޓް ފަދަ ރައްކާތެރިކަމުގެ ވަސީލަތްތައް ފަރުމާކުރުމުގައި އާ ގޮތްތަކެއް ހޯދުމެވެ. މި ހޯދުމާއެކު، ކުރިމަގުގައި ފުޓުބޯޅައިގެ ގަވާއިދުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކުޅިވަރުގެ މާހިރުން ލަފާކުރެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top