ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދްރިޝްޔަމް 3 ގެ ސްކްރީންޕްލޭއަށް ބޮޑު ބަދަލުތަކެއް ގެންނަނީ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަންގެ ކާމިޔާބު ފިލްމު ސީރީޒް “ދްރިޝްޔަމް”ގެ ތިންވަނަ ބައިގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، މި ފިލްމުގެ ސްކްރީންޕްލޭއަށް ބޮޑު ބަދަލުތަކެއް ގެންނަން ނިންމާފައިވާކަން ފިލްމުގެ އުފެއްދުންތެރިން ހާމަކޮށްފިއެވެ.

މި ފިލްމުގެ އުފެއްދުންތެރިން މިފަދަ ނިންމުމެއް ނިންމާފައިވަނީ ފިލްމުގެ ސަސްޕެންސް ހިފެހެއްޓުމަށާއި ބެލުންތެރިންނަށް އައު ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ. މީގެ ކުރިން ނެރުނު ދެ ބަޔާ ޚިލާފަށް، މިފަހަރު ހިންދީ ފިލްމާއި މަލަޔާޅަމް ފިލްމުގެ ސްކްރީންޕްލޭ އެއްކޮށް ތަރައްގީކޮށް، ދެ ފިލްމު އެއް ދުވަހެއްގައި ރިލީޒް ކުރުމަށް ވަނީ ރޭވިފައެވެ.

މި ބަދަލު ގެންނަން ނިންމި މައިގަނޑު ސަބަބަކީ، މަލަޔާޅަމް ބަހުން މޯހަންލާލް ކުޅޭ ފިލްމު ކުރިން ރިލީޒްވުމުން، ފިލްމުގެ ވާހަކަ އެންމެންނަށް އެނގި، ހިންދީ ފިލްމު ބަލާއިރު އޮންނަ ސަސްޕެންސް ކުޑަވާތީއެވެ. އެހެންކަމުން، މިފަހަރު ދެ ބަހުން އުފައްދާ ފިލްމުގެ ޓީމުތައް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް މަސްދަރުތަކުން ބުނެއެވެ.

އަޖޭ ދޭވްގަން “ވިޖޭ ސަލްގާއޮންކަރް” ގެ ރޯލުން ފެންނަ މި ފިލްމަކީ އިންޑިއާގެ ސިނަމާގައި ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ފްރެންޗައިޒްއެކެވެ. ދްރިޝްޔަމް 2 އަށް ލިބުނު ބޮޑު ކާމިޔާބީއަށްފަހު، ތިންވަނަ ބަޔަށް ބެލުންތެރިން ކުރާ އިންތިޒާރު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ފިލްމުގެ މަސައްކަތް މިހާރު ޕްރީ-ޕްރޮޑަކްޝަން މަރުހަލާގައި އޮތްއިރު، ވަރަށް އަވަހަށް ފިލްމުގެ ޝޫޓިން ފެށޭނެ ކަމަށް ބެލެވެއެވެ. މި ފިލްމުގެ ސަބަބުން ބޮލީވުޑްގެ ބޮކްސް އޮފީހަށް އަނެއްކާވެސް ބޮޑު ދިރުމެއް ލިބޭނެ ކަމަށް ސިނަމާ ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top