އިންޑިއާގެ އެންމެ މަޤުބޫލު އެއް އެންޓަޓެއިންމަންޓް ޗެނަލް ކަމަށްވާ ސްޓާރ ޕްލަސްއިން އުފައްދާ އާ ސިލްސިލާއަކުން، ޓީވީ ސްކްރީންތަކުގެ މަޝްހޫރު ތަރިން ކަމަށްވާ ހަރްޝަދު ޗޯޕްޅާ، ޖެނިފާ ވިންގެޓް، ޝްވޭތާ ތިވާރީ އަދި ރޯނިތު ރޯއި ފެނިގެންދާނެ ކަމުގެ އަޑުތައް ގަދަވެއްޖެއެވެ.
މި ޚަބަރުތައް ފެތުރެން ފަށާފައިވަނީ ސްޓާރ ޕްލަސްއިން ބޮޑު ބަޖެޓަކާއެކު އާ ފިކްޝަން ސިލްސިލާއެއް ތައްޔާރުކުރަމުންދާ ދަނޑިވަޅެއްގައެވެ. މި ސިލްސިލާގެ ލީޑް ރޯލުތަކަށް މި ދެ ޖޯޑު ހަމަޖައްސާފައިވާ ކަމަށް ބުނެ މީޑިއާތަކުގައި ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ.
ހަރްޝަދު އާއި ޖެނިފާ އަކީ މީގެ ކުރިން “ބޭޕަނާ” އިން ބެލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ޖޯޑެކެވެ. ހަމައެހެންމެ، ޝްވޭތާ އާއި ރޯނިތު އަކީ “ކަސޯޓީ ޒިންދަގީ ކީ” އިން ބެލުންތެރިންގެ ހިތްތައް އަތުލާފައިވާ ކުޅަދާނަ ދެ ތަރިންނެވެ. މި މަޝްހޫރު ދެ ޖޯޑު އެއް އުފެއްދުމަކުން ފެނިގެންދާނެ ކަމަށް ބެލެވުމާއެކު، އިންޑިއާގެ ސިލްސިލާތަކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ވަނީ ބޮޑު އިންތިޒާރެއް އުފެދިފައެވެ.
މިކަމާ ގުޅޭގޮތުން ސްޓާރ ޕްލަސްއިންނާއި މި ތަރިންގެ ފަރާތުން އަދި ރަސްމީ އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، މި ފަންނާނުންނަކީ ގިނަ ދުވަސްތަކެއް ވަންދެން ސްކްރީނާ ދުރުގައި ތިބި ތަރިންނަށް ވުމާއެކު، އެނބުރި އައުމަކީ އެމީހުންގެ ސަޕޯޓަރުންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެކެވެ.
މި އާ ސިލްސިލާގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި، މީގެ ރަސްމީ ކާސްޓް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް އިންޑިއާގެ ޚަބަރުތައް ބުނެއެވެ.
