ތިންވަނަ ދިހަ : އަޑަސަރަކަ ދިހަ
ބުރަފަތި ދިހަ ނިމުމުން ދެން ފެށޭނީ އަޑަސަރަކަ ދިހައެވެ. އަޑަސަރަކައަކީ ވައްތަރެއްގެ ބޮލިރަވައެކޭވެސް ބުނެވިދާނެ އެވެ. އިނގިރޭސި ބަހުން މިފަދަ އަޑަސަރަކަ އަށް ކިޔަނީ ’ރެޓްލް‘ އެވެ. މާނައަކީ ބޮލިރަވައިގެ އަޑު އިވޭ ޒާތުގެ އެއްޗެކެވެ. އަޑަސަރަކަ ހެދުމަށް ވެސް ދިއްގާ ދަނޑި ނުވަތަ ދަކަނދާ ދަނޑި ބޭނުންކުރެވިދާނެ އެވެ.
އަޑަސަރަކަ ހެދުމަށް ރަނގަޅީ ވީހައިވެސް މަޑު ނުވަތަ ތަތްކަން ހުންނަ ލަކުޑި އެވެ. މީގައި އޮނިގަނޑެއް ހަދައި އެ އޮނިގަނޑު ތެރޭގައި ތުނިކޮށް މަށާފައިވާ ފަތިކޮޅުތަކެއް ހަރުކޮށްފައި ހުންނައިރު އެ ފަތިކޮޅުތަކުގެ ނިމޭކޮޅު ހުންނާނީ އަޑަސަރަކަ އަނބުރަން ބޭނުންކުރާ ހެންޑެލީގެ ކޮޅުގައި ކައްތަކެއް ކަނޑައިގެން ހަދާފައިހުންނަ ސޯބުގައި ޖެހޭ ގޮތަށެވެ. ހެންޑެލި އަނބުރާއިރު ކުރިން މިބުނި ކައްތަކުގައި ތުނި ފަތިކޮޅުތަކުގެ ކޮޅު ހޭކޭއިރު ފާޑެއްގެ މުރަނަ އަޑެއް އިވޭނެ އެވެ.
އަޑަސަރަކަވެސް ރީތިކުރުމަށްޓަކައި ކުރިން ބުނި ބުރަފަތި ދިހައިގައި ހަދާ ބުރަފަތީގައި ކުލަ ޖައްސާގޮތަށް ތަފާތު ރީތިކުލަތައް ޖައްސައި ހަދަ އެވެ.
އަޑަސަރަކަ ބޭނުންކުރަނީ ރަމަޟާން މަހުގެ އެއްމެ ފަހު ދިހައިގަ އެވެ. ކުރީ ޒަމާނުގައި އަތުން ގެންގުޅޭނެ ފޯނެއް، ރޭޑިއޯއެއް، އައިޕެޑެއް، ޓެބެއް ނުވަތަ އެހެންވެސް ކަރަންޓުގެ އާލާތެއް ނުހުންނައިރު މިފަދަ އެއްޗެއް ގެންގުޅުމުން ފޫހިފިލަ އެވެ. އެހެންކަމުން މިއީ އަތް ފޫހި ފިލުވައިލުމަށް ބޭނުންކޮށް އުޅުނު އެއްޗެއް ކަމަށްވެސް ބުނެވިދާނެ އެވެ. ވައިބަޑިއާއި ބުރަފައްޗެކޭ އެއްގޮތަށް ރީތިކޮށް އަޑަސަރަކަ ހަދާފައި ހިތާވާ ކުދިންނަށް ހަދިޔާކޮށް އުޅުމަކީވެސް އޭރު ކޮށްއުޅު ކަމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




