ދީނީ ސުވާލެއް އޮތީތަ؟
ހޮލީވުޑް
ޖާފަރު ޖެކްސަންގެ “މައިކަލް” ބޮކްސް އޮފީހުގައި އާ ރެކޯޑެއް ގާއިމުކޮށްފި

ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ބަޔޯޕިކް “މައިކަލް” ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދައި، ތާރީޚީ އާ ރެކޯޑުތަކެއް ގާއިމުކުރަން ފަށައިފިއެވެ.

މި ފިލްމުގައި މައިކަލް ޖެކްސަންގެ ރޯލު ކުޅެނީ އޭނާގެ ކޮއްކޮގެ ދަރިފުޅު ޖާފަރު ޖެކްސަންއެވެ. ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، މި ފިލްމު މިހާރު ވެފައިވަނީ މިއަހަރު ނެރުނު ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދަމުން އަންނަ އެއް ފިލްމަށެވެ. މީގެ ކުރިން ބަޔޯޕިކް ފިލްމުތަކުން ހަދާފައިވާ ބޮޑެތި ރެކޯޑުތައް މި ފިލްމުން އަންނަނީ މުގުރާލަމުންނެވެ.

މި ފިލްމުގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ ޖާފަރު ޖެކްސަންގެ ފުރިހަމަ އެކްޓިންގ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. މައިކަލް ޖެކްސަންގެ އާއިލާއިން ބުނެފައިވާ ގޮތުގައި، ޖާފަރުގެ ފަރާތުން ފެންނަ ހަރަކާތްތަކާއި އަޑުގެ ސަބަބުން ހީވަނީ މައިކަލް ޖެކްސަން އަލުން ދިރިގެން އައިސް އުޅޭހެންނެވެ.

އެންޓޮއިން ފުކުއާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ބޮކްސް އޮފީހުގައި މިހާ ބޮޑު ތަރުހީބެއް ހޯދަމުން މިދަނީ، މައިކަލް ޖެކްސަންގެ ފޭނުން އިންތިޒާރު ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވުމަށްފަހުގައެވެ. މި ފިލްމުގައި މައިކަލްގެ ކާމިޔާބު މިއުޒިކީ ދަތުރާއި، އަމިއްލަ ދިރިއުޅުމުގެ ސިއްރުތައް ވަރަށް ފުރިހަމައަށް ގެނެސްދީފައިވެއެވެ.

މި ފިލްމަކީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ބޮކްސް އޮފީހުގައި އިތުރު ރެކޯޑުތަކެއް ހަދާނެ ފިލްމެއް ކަމަށް މުނިފޫހިފިލުވުމުގެ ދާއިރާގެ ދިރާސާވެރިން ލަފާކުރެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top