ޗޮކްލެޓް މޫސް އަކީ އަނގަޔަށް މީރު ފޮނިކާއެއްޗެކެވެ. ޗޮކްލެޓް މޫސް އާއި ކޭކު އެކުވުމުން އަދި މާބޮޑަށްވެސް މީރުވާނެ ދޯއެވެ. ޗޮކްލެޓް މޫސް ކޭކް ޑެޒަރޓެއްގެ ގޮތުގައި ބޭނުންކޮށްލަން އެންމެ އެކަށީގެންވާ އެއް ކެއުމެވެ. މުނިއަވަސް ރަހަފަތުގައި މިއަދު މިގެނެސްދެނީ ޗޮކްލެޓް މޫސް ކޭކް ތައްޔާރުކޮށްލާނެ ގޮތެވެ.
ބޭނުންވާނެ ތަކެތި:
– 4 ބިސް
– 200 ގްރާމް ޑާރކް ޗޮކޮލެޓް
– 1 ޖޯޑު ވިޕިންގ ކްރީމް
– 1/2 ޖޯޑު ހަކުރު
– 1 ޕެކެޓް ޗިޕްސް މޯރ ބިސްކޯދު
– 3 މޭޒުމަތީ ސަމުސާ ބަޓަރ ނުވަތަ މާޖިރިން (މެލްޓް ކޮށްފައި)
https://www.youtube.com/watch?v=9SuE3AhaYvY
ތައްޔާރުކުރާނެ ގޮތް:
1- ބިސްކޯދުތައް މިކްސަރަށް އަޅާލާފައި ހިމުން ކޮށްލާށެވެ. އެއަށްފަހު ބަޓަރު ރަނގަޅަށް އެއްކޮށްލުމަށްފަހު ޓްރޭގައި ފަތުރާލާށެެވެ. އަދި ސެޓްވަންދެން އައިސްއަލަމާރިއަށްލާ ފިނިކޮށްލާށެވެ.
2- ބިހުގެ ގޮބަޅި އާއި ހުދުބައި ވަކިކޮށްލާށެވެ. އެއަށްފަހު ބިހުގެ ގޮބަޅިއާއި ހަކުރު ކްރީމްއަށްވަންދެން ގިރާލާށެވެ.
3- ޗޮކްލެޓް މެލްޓް ކުރުމަށްފަހު މަދުމަދުން އަޅަމުން ކްރީމް ބަޔާއި އެއްކޮށްލާށެވެ.
4- ބިހުގެ ހުދުބައި ފޮނަށް ވަންދެން ގިރާލުމަށްފަހު މަޑުމަޑުން ކްރީމް ބަޔާއި އެއްކޮށްލާށެެވެ. އެއްކުރާނީ ރަބަރު ދޭފަތުންނެވެ.
5- ވިޕިންގ ކްރީމް ވިޕް ކުރުަމަށްފަހު އެބަޔާއި އެއްކޮށްލާށެވެ. އަދި ބިސްކޯދު ލޭޔަރ މައްޗަށް އަޅާލުމަށްފަހު ސެޓްވަންދެން އައިސްއަލަމާރިއަށްލާ ފިނިކޮށްލާށެވެ.
ޓޮޕިންގ ހެދުމަށް:
– ½ ޖޯޑު ވިޕިންގ ކްރީމް ހޫނުކޮށްލާށެވެ. އެއަށްފަހު 100 ގްރާމް ޑާރކް ޗޮކޮލެޓް އެޅުމަށްފަހު ސަމުސަލަކުން އޮލަވަންދެން ގިރާލާށެވެ. އެއަށްފަހު ކޭކް މައްޗަށް އެޅުމަށްފަހު ފިނިކޮށްލާށެވެ.
