ރ. މީދޫ ރެސްޓޯރެންޓެއްގައި، ކުރީގެ މަޝްހޫރު ފިލްމީ ތަރި ޢާއިޝަތު ޝިރާނީއާ އެއްވެސް ތަފާތެއް ނެތްހާ ވައްތަރު ކުއްޖެއް ވޭޓަރަކަށް އުޅެނިކޮށް ފެނިއްޖެއެވެ. މި ކުއްޖާ ފެނި، ކުރީގެ ފިލްމީ ތަރި އާޝާ އާއި އޭނާގެ ބައެއް ރައްޓެހިން ވަނީ ވީޑިއޯކޮޅެއް ނަގާފައެވެ. މި ވީޑިއޯކޮޅު ޢާއިޝަތު ޝިރާނީ ވަނީ މުނިއަވަސްއާ ހިއްސާކޮށްފައެވެ.
މި ވީޑިއޯ ހިއްސާކުރަމުން އާޝާ އާ ހަވާލާ ދީ ޝިރާނީ ބުނީ މި ކުއްޖާ އަސްލަށް ހަމަލޮލަށް ފެންނަ އިރު އަދި މާބޮޑަށްވެސް ވައްތަރު ކަމަށެވެ.
“އޭނަ ވީޑިއޯ ފޮނުވަމުން ބުނީ މަގޭ ޓްވިންއެއް ފެނިއްޖެޔޯ. އޭނަ ބުނީ ހަމަލޮލަށް އަދި މާ ވައްތަރޯ!” ޝިރާނީ އާ ވައްތަރު ކުއްޖާގެ ވީޑިއޯ ފެނި ހައިރާންވެފައި ހުރެ ޝިރާނީ ބުންޏެވެ.
ޝިރާނީ ބުނީ މި ވީޑިއޯ ދައްކައިލުމުން ޝިރާނީގެ ފިރިމީހާވެސް ބުނީ އެ ކުއްޖާ ޝިރާނީއާ ވައްތަރު ކަމަށެވެ. މި ވީޑިއޯ އިން ފެންނަ ލަންކާ ކުއްޖާ ވައްތަރު ވަނީ ޝިރާނީ އައިނު އެޅި ދުވަސްވަރު އޭނާ ހުރި ގޮތާއެވެ. އެގޮތުން ހިތްގައިމު ލަވަ “ހިތް އެދޭތީ ބުނަން ނުވަތަ އިފާޝާ އައި ލަވް ޔޫ” ލަވައިގައި ފެންނަ ޝިރާނީ އާ މި ލަންކާ ކުއްޖާއާ ވަރަށް ވައްތަރުކަން ފާހަގަވެއެވެ.
“ހަމައެކަނި ތަފާތީ މަ އެގޮތަށް ޑްރެސް ނުކުރާކަން މަށަށްވެސް!” ޝިރާނީ ބުންޏެވެ.
އެ ކުއްޖާވެސް ހުރީ ފަން އިސްތަށިގަނޑެއްގައި ކަންވެސް ޝިރާނީ ފާހަގަކުރިއެވެ.
“މީދުއަށް ދެވިއްޖެއްޔާ މި ކުއްޖާއާ ބައްދަލުކުރާށެއްނު މި ވީ!” ހިނިގަނޑެއް ޖަހައިލަމުން ޝިރާނީ ބުންޏެވެ.
@muniavas Shiraanee Waiter akah? – Raa Meedhoo Restaurant ehgai masakkaiykuraa Lanka kujjeh @aishathshirani aa vaththaruvegen @chuweetyaashaa negi video adhi Shirani ge kureege bayeh manazarutha #foryoupage #fvpviral #fvp #contentcreators #fvpシ💕foryou #fvpシ💕for #maldivestiktok ♬ Breaking News – Dih
