ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕާކިސްތާން ޑްރާމާ “ބަނވަރް” މާދަމާ ފަށަނީ

ޕާކިސްތާން ޑްރާމާ ސިލްސިލާ “ބަނވަރް” 3 ޖޫންގައި ދައްކަން ފަށަން ތައްޔާރުވެއްޖެއެވެ.

މި ސިލްސިލާގެ އިސް ރޯލުތަކުން ފެނިގެންދާނީ ޕާކިސްތާނުގެ މަޝްހޫރު ތަރިން ކަމަށްވާ މަންޝާ ޕާޝާ، އަސަދު ސިއްދީޤީ އަދި އަރީކާ ހައްޤުއެވެ. މީގެ އިތުރުން ލައިބާ ރަޙްމާން އަދި އަބޫ އަލީހާ ފަދަ ހުނަރުވެރި ތަރިންވެސް މި ޑްރާމާގެ މުހިންމު ރޯލުތަކަކުން ފެނިގެންދާނެއެވެ.

މި ޑްރާމާގެ ވާހަކަ ބިނާވެފައިވަނީ މިހާރުގެ ދުނިޔޭގައި ކުރިމަތިވަމުންދާ ވަރަށް ނުރައްކާތެރި އަދި އެހާމެ މުހިންމު މައްސަލައެއްގެ މައްޗަށެވެ. އެއީ އޭއައި ބޭނުންކޮށްގެން ހަދާ “ޑީޕްފޭކް” ވީޑިއޯތަކާއި، ޑިޖިޓަލް ބްލެކްމެއިލް ކުރުމުގެ ސަބަބުން ކުށެއް ނެތް އާންމު ރައްޔިތުންގެ ދިރިއުޅުން ބަރުބާދުވަމުންދާ ގޮތުގެ މައްޗަށެވެ. ޓެކްނޮލޮޖީގެ އެހީގައި މީހުންގެ އަބުރު ކަތިލާ، ނަފުސާނީ ގޮތުން ދޭ އަނިޔާތަކާ ދެކޮޅަށް ހަޤީޤަތް ހާމަކުރުމަށް ބައެއް ފަރާތްތަކުން ކުރާ ހިތްވަރުގަދަ މަސައްކަތްތައް މި ސިލްސިލާއިން ފެނިގެންދާނެއެވެ.

“ބަނވަރް” އަކީ ރިދާ ބިލާލްގެ ސްކްރީންޕްލޭއަކަށް އަބޫ އަލީހާ ޑައިރެކްޓްކޮށްފައިވާ މުޖުތަމަޢަށް މުހިންމު މެސެޖުތަކެއް ދޫކޮށްލާނެ ޑްރާމާ ސިލްސިލާއެކެވެ. މަޝްހޫރު އެކްޓަރު އަދި ޕްރޮޑިއުސަރު އަސަދު ސިއްދީޤީގެ އަލްފާ ޕްރޮޑަކްޝަންސް އާއި އެވަގްރީން މީޑިއާ ގުޅިގެން އުފައްދާފައިވާ “ބަނވަރް” އަކީ ރިދާ ބިލާލްގެ ސްކްރީންޕްލޭއަކަށް އަބޫ އަލީހާ ޑައިރެކްޓްކޮށްފައިވާ ޑްރާމާއެކެވެ.

މާދަމާ ރޭ އެކްސްޕްރެސް ޓީވީއިން ދައްކަން ފަށާ “ބަނވަރް” ގެ އެޕިސޯޑްތައް ދައްކަން ހަމަޖެހިފައިވަނީ ކޮންމެ ބުދަ އަދި ބުރާސްފަތި ދުވަހެއްގެ ރޭ ރާއްޖެ ގަޑިން 8:00 ގައެވެ. މީގެ އިތުރުން އެކްސްޕްރެސް ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލުންވެސް ބަލައިލެވޭނެ މި ޑްރާމާއަކީ ޓެކްނޮލޮޖީގެ ނުރައްކާތަކަށް އާންމުން ހޭލުންތެރިކުރުވުމަށް ލިބޭނެ ވަރަށް މުހިންމު ފުރުސަތެއް ކަމަށް އެކްސްޕްރެސް ޓީވީއިން ހާމަކުރެއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top