ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބައްޕައަކަށް ވުމަށްފަހު އެންމެ އުނދަގޫވި ކަންތައް ވިކީ ކޯޝަލް ހިއްސާކޮށްފި
ފޮޓޯ: އިންޑިއަން އެކްސްޕްރެސް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ވިކީ ކޯޝަލް، ބައްޕައަކަށް ވުމަށްފަހު އޭނާގެ ދިރިއުޅުމަށް އައި ބަދަލުތަކާއި، މި އައު ދަތުރުގައި ކުރިމަތިވި އެންމެ ދަތި ވަގުތުތަކުގެ ވާހަކަ ފުރަތަމަ ފަހަރަށް މީޑިއާއަށް ހިއްސާކޮށްފިއެވެ.

މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފްގެ ފިރިމީހާ ވިކީ ކޯޝަލް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނީ، އޭނާގެ ދަރިފުޅު ވިހާންއާއެކު ހޭދަކުރާ ކޮންމެ ވަގުތަކީ އުފާވެރި ވަގުތެއް ނަމަވެސް، ބައްޕައެއްގެ ޒިންމާ އުފުލުމުގައި ނަފުސާނީ ގޮތުން އަސަރުކުރާ ވަރަށް އުނދަގޫ ކަންތައްތަކެއް ހުންނަ ކަމަށެވެ.

މި އިންޓަވިއުގައި ވިކީ ވަނީ “ހިތް ފިސްފިސްވެގެން ދިޔަ” ވަގުތުގެ ވާހަކަ ކިޔައިދީފައެވެ. އޭނާ ބުނި ގޮތުގައި، މަސައްކަތުގެ ތާވަލު ހުންނަ ގޮތުން ދަރިފުޅާ ދުރަށް ދާންޖެހޭ ވަގުތުތަކަކީ އޭނާއަށް ކެތްކުރަން އެންމެ އުނދަގޫ ވަގުތުތަކެވެ.

ޚާއްޞަކޮށް، ދަރިފުޅު ބަލިވެ އުޅޭ ވަގުތުތަކުގައި ނުވަތަ ދަރިފުޅު އޭނާގެ ގާތުގައި ހުންނަން ބޭނުންވެގެން ރޯ ވަގުތު، ފިލްމީ މަސައްކަތްތަކަށް ސެޓަށް ދާންޖެހުމަކީ ހިތަށް ވަރަށް ތަދުވާ ކަމެއްގެ ގޮތުގައި ވިކީ ސިފަކުރިއެވެ.

ވިކީ މި ވާހަކަތައް ހިއްސާކުރީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ތަޖުރިބާތައް ފޭނުންނަށް ކިޔައިދިނުމަށާއި، ބެލެނިވެރިއަކަށް ވުމުން އަންނަ އިޙުސާސްތައް ބަޔާންކޮށްދިނުމުގެ ބޭނުމުގައެވެ. އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި، ދަރިފުޅު ލިބުމަށްފަހު މިހާރު ކޮންމެ ކަމެއްގައިވެސް އެންމެ އިސްކަމެއް ދެވެނީ އާއިލާއަށެވެ.

ވިކީ ކޯޝަލްއަކީ ބޮލީވުޑްގައި މިހާރު އެންމެ ކާމިޔާބު އެއް އެކްޓަރަށް ވާއިރު، އޭނާގެ މި ވާހަކަތަކާއެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ އޭނާގެ އާއިލީ ދިރިއުޅުމަށް ހުއްޓިފައެވެ. ވިކީ ބުނީ ބައްޕައަކަށް ވުމަކީ ދިރިއުޅުމުގެ މަޤުސަދު މުޅިން ބަދަލުކޮށްލި ކަމެއް ކަމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top