ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ތިންވަނަ ކައިވެންޏާ ބެހޭގޮތުން ދެކެވޭ ވާހަކަތަކަށް އާމިރު ޚާން ރައްދު ދީފި

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާން ތިންވަނަ ކައިވެންޏެއް ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް އޭނާ ފުރަތަމަ ފަހަރަށް ރައްދު ދީފިއެވެ.

މީސްމީޑިއާގައާއި އިންޑިއާގެ ބައެއް ނޫސްތަކުގައި އާމިރު ޚާން އަލުން ކައިވެންޏެއް ކުރަން އުޅޭ ކަމުގެ އަޑުތައް ގަދަވެފައިވަނިކޮށް، ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޭނާ ވަނީ މިކަން ދޮގުކޮށްފައެވެ. އާމިރު ބުނި ގޮތުގައި އޭނާ މިހާރު ހުރި އުމުރަށް ބަލާއިރު (59 އަހަރު)، އަލުން ކައިވެންޏެއް ކުރުމުގެ ވިސްނުމެއް ނެތެވެ.

އާމިރު ޚާން އިތުރަށް ހާމަކުރި ގޮތުގައި އޭނާގެ މިހާރުގެ އެންމެ ބޮޑު އިސްކަމަކީ އޭނާގެ ދަރިންނާއި އާއިލާއެވެ. އޭނާގެ ދަރިން ކަމަށްވާ ޖުނައިދު، އިރާ އަދި އާޒާދު އާއެކު ވަގުތު ހޭދަކުރުމަކީ އޭނާއަށް ލިބޭ އެންމެ ބޮޑު އުފާ ކަމަށާއި، އާއިލާއާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް މިހާރު ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ބުންޏެވެ.

މި ވާހަކަތައް ފެންމަތިވެފައިވަނީ 2021 ވަނަ އަހަރު އާމިރު ޚާން އާއި އޭނާގެ ދެވަނަ އަނބިމީހާ ކިރަން ރާއޯ ވަރިވި ފަހުންނެވެ. އޭގެ ކުރިން އޭނާ ވަނީ ރީނާ ދައްތާ އާ ކައިވެނިކޮށް، 2002 ވަނަ އަހަރު ވަރިވެފައެވެ. ދެ ކައިވެނި ރޫޅުނު ނަމަވެސް، އާމިރު އަންނަނީ އޭނާގެ ކުރީގެ ދެ އަނބިންނާވެސް ގާތް ރަހުމަތްތެރި ގުޅުމެއް ބާއްވަމުންނެވެ.

އާމިރު ޚާންގެ މި އިންޓަވިއުއާއެކު، އޭނާގެ ކައިވެންޏާ ބެހޭގޮތުން ފެތުރެމުންދިޔަ އަޑުތަކަށް މިވަނީ ނިމުމެއް އައިސްފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top