ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިންޑިއާ ޗެމްޕިއަންކަން ހޯދައިފި
ފޮޓޯ: ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަން

ސާފް ސަރަހައްދުގެ އަންހެން ޓީމުތަކަށް އަމާޒުކޮށްގެން ބޭއްވި “ސާފް ވިމެންސް ފުޓްބޯޅަ މުބާރާތް 2026” ގެ ޗެމްޕިއަންކަން އިންޑިއާ ހޯދައިފިއެވެ.

މެއި 25 އިން ޖޫން 6 ގެ ނިޔަލަށް އިންޑިއާގައި ކުރިޔަށްދިޔަ މި މުބާރާތުގައި ސާފް ހަ ގައުމުން ބައިވެރިވިއެވެ.

މި އަހަރުގެ މުބާރާތުގެ ފައިނަލްގައި ބައްދަލުކުރީ، މި ދިޔަ އަހަރުގެ ފައިނަލުގައި ވެސް ބައްދަލުކުރި އިންޑިއާ އާއި ބަންގްލަދޭޝް އެވެ.

މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ބަނގުލަދޭޝް އެވެ. އެ ޓީމުން ވަނީ މެޗުގެ ކުރީކޮޅު ރަނގަޅު ފުރުސަތެއް ވެސް ހޯދައިފައެވެ. އެ ފުރުސަތުގެ ބޭނުން ބަނގުލަދޭޝްއަށް ހިފޭގޮތެއް ނުވިއެވެ.

މެޗުގެ ކުރީކޮޅު އިންޑިއާއިން މެޗުގެ ކޮންޓްރޯލް ހޯދައި ބަނގުލަދޭޝްގެ ގޯލަށް ނުރައްކާކުރަން ފެށިއެވެ. ލިބުނު އެތައް ފުރުސަތެއްގެ ބޭނުން ނުކުރެވި ދިޔަ އިންޑިއާއިން މެޗުގެ ލީޑު ނެގީ 40 ވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޕީއާރީ ޒާޒާ އެވެ.

އިންޑިއާއިން ލީޑު ނެގިތާ މާ ގިނައިރެއްނުވެ ބަނގުލަދޭޝްއިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބަނގުލަދޭޝްއަށް މި ލަނޑު ޖަހައިދިނީ ރިޓޫ ޕޮރްނާ އެވެ.

ދެވަނަ ހާފުގައި ވެސް ބަނގުލަދޭޝް އަށްވުރެ ރަނގަޅަށް ކުޅުނީ އިންޑިއާ އެވެ. ދެވަނަ ފަހަރަށް އިންޑިއާއިން ލީޑު ނެގީ ދެވަނަ ހާފުގެ ދެވަނަ މިނިޓްގައެވެ. އިންޑިއާއަށް މި ލަނޑު ޖަހައިދިނީ ސަންފިޑާ ނޮންގުރަމް އެވެ.

ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ބަނގުލަދޭޝްއަށް ވެސް ލިބުނު މި މެޗުގައި އިންޑިއާއިން ލީޑު ފުޅާކުރީ 82 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ލީންޑާ ކޮމް އެވެ.

3-1 އިން މޮޅުވެ އިންޑިއާއިން ހޯދި މި ކާމިޔާބާއިއެކު އެ ޤައުމުން މިވަނީ ހަވަނަ ފަހަރަށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top