ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނާނާ ޕަޓޭކަރް އަހަރެންގެ މޫނުގައި ވަރަށް ބާރަށް ޖެހި: މަދޫ
ފޮޓޯ: ގޫގަލް

1997 ވަނަ އަހަރު ނުކުތް ކާމިޔާބު ހިންދީ ފިލްމު “ޔޭޝްވަންތު” ގެ ކާމިޔާބީއަށް އަހަރުތަކެއް ވެފައިވާއިރު، އެ ފިލްމުގެ މަސައްކަތް ކުރިއަށްދިޔަ ދުވަސްވަރު ހިނގި ހާދިސާއެއްގެ ވާހަކަ މަޝްހޫރު ބަތަލާ މަދޫ ޝާހް ދާދި ފަހުން ހިއްސާކޮށްފިއެވެ.

މަދޫ ދިން އިންޓަވިއުއެއްގައި ހާމަކުރި ގޮތުގައި، މި ފިލްމުގެ ވަރަށް މުހިންމު މަންޒަރެއް ކުޅެމުންދިޔަ ވަގުތު، ފިލްމުގެ ބަތަލު ނާނާ ޕަޓޭކަރް ވަނީ ހަޤީޤަތުގައިވެސް މަދޫގެ މޫނުމަތީގައި ވަރަށް ބާރަށް އެތިފަހަރެއް ޖަހާފައެވެ. މަދޫ ބުނި ގޮތުގައި މިއީ އެ މަންޒަރުގައި ހަޤީޤީ އިޙުސާސްތައް ގެނައުމުގެ ގޮތުން ކުރި ކަމެކެވެ.

“އެ ވަގުތު އަހަރެން ގާތަށް ވަރަށް ބޮޑަށް ރުޅިއައި. އެއީ ރިހާސަލްގައިވެސް އޭނަ އެކަހަލަ އެއްވެސް ކަމެއް ކޮށްފައެއް ނުވޭ. އާޓިސްޓެއްގެ ހައިސިއްޔަތުން އަހަރެންގެ ރިފްލެކްސް ހުރީ އޭނާ ދެކެ އައި ރުޅިން ހަމަ އެ ވަގުތު ރައްދު ދޭން. އެހެންވެ، އެ މަންޒަރުގެ ތެރޭގައި އަހަރެންވެސް ނާނާގެ މޫނުމަތީގައި ވަރަށް ބާރަށް ޖެހިން.” މަދޫ ކިޔައިދިނެވެ.

މަދޫ އިތުރަށް ބުނި ގޮތުގައި، މި ހާދިސާ ހިނގީ ފިލްމުގެ “މާސްޓަރ ޝޮޓް” ނަގަމުން ދަނިކޮށެވެ. މި ހަޤީޤީ އެތިފަހަރާއެކު ދެ ތަރިންގެ ފަރާތުންވެސް ފެނިގެންދިޔައީ ހަޤީޤީ އިޙުސާސްތަކެއް ކަމަށާއި، އެ މަންޒަރު ނިމުމާއެކު އެ ދުވަހުގެ ޝޫޓިން މެދުކަނޑާލައި “ޕެކް އަޕް” ކުރި ކަމަށް އޭނާ ބުންޏެވެ.

މި ހާދިސާއާ ގުޅޭގޮތުން ވާހަކަދައްކަމުން މަދޫ ބުނީ، މިއީ އޭނާއަށް “މެތަޑް އެކްޓިންގް” ނުވަތަ ހަޤީޤީ އިޙުސާސްތަކާއެކު އެކްޓްކުރާނެ ގޮތް ނާނާ ޕަޓޭކަރްގެ ފަރާތުން ދަސްވި ގޮތް ކަމަށެވެ. މިއީ މީގެ ކުރިން ގިނަ ބަޔަކަށް އެނގިފައި ނުވާ، ކަމެކެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top