ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނިޢުމާ އަލުން ފިލްމީ ދާއިރާއަށް!
ނިޢުމާގެ އިންސްޓަގްރާމުން ނަގާފައިވާ ފޮޓޯތަކެއް

ރާއްޖޭގެ ފިލްމީ ދާއިރާގެ ‘ކްއީން’ގެ ލަގަބު ލިބިފައިވާ މަޝްހޫރު، ހުނަރުވެރި އެކްޓްރެސް ނިޢުމާ މުޙައްމަދު އަލުން ފިލްމީ ދާއިރާއަށް ނުކުންނަން ނިންމާފައިވާކަން ކަށަވަރުވެއްޖެއެވެ.

މަޝްހޫރު ޑައިރެކްޓަރު އިލްޔާސް ވަހީދު އުފައްދާ ފިލްމު “ޕާޓީ”އަށް ސޮއިކުރި ކަމަށް މިއަދު ނިޢުމާ ވަނީ ބުނެފައެވެ. މިކަން ސާފުކޮށްލުމަށް ނިޢުމާއާ ސުވާލުކޮށްލީމެވެ.

“ޕާޓީއަށް ސޮއިކުރީ ފިލްމު ކުޅެންތޯ؟ ނުވަތަ ޕްރޮޑަކްޝަންގައި މަސައްކަތްކުރަންތަ؟” އަހަރެން އަހައިލީމެވެ.

މި ސުވާލަށް ސީދާ ވަކި ޖަވާބެއް ނިޢުމާ ނުދެއެވެ. ނިޢުމާ ކޮށްލީ ރިކްއެސްޓް ސުވާލެކެވެ.

“މާދަން، ނޫނީ އަނެއް ދުވަހު ޖަވާބު ދިނަސް އޯކޭތޯ!؟” ނިޢުމާ ބުންޏެވެ.

ނިޢުމާއަށް ކުރިމަތިކުރުވި ސުވާލަށް ސީދާ ޖަވާބެއް ނުދެއެވެ. މި ސުވާލު ކުރިތާ ދެ ގަޑިއެއްހާ އިރު ފަހުން ނިޢުމާ މިވަނީ ވަރަށް ޝައުޤުވެރި ވީޑިއޯކޮޅެއް ހިއްސާކޮށްފައެވެ.

ނިޢުމާ އެންމެ ފަހުން ކުޅުނު ފިލްމު “ކަޅަކި”ގެ މަންޒަރަކުން ފެށޭ މި ވީޑިއޯގައި ހިމަނާފައިވާ ލަވައިގައި ކިޔަނީ “ގެސް ހޫ އިޒް ބެކް, ޝީ އިޒް ބެކް! ޝީ އިޒް ބެކް!” މިހެންނެވެ. ވީޑިއޯގައި ނިޢުމާގެ ބައެއް މަންޒަރުތަކާއެކު ލަވައިގެ ލިރިކްސް ސަބްޓައިޓްލްކޮށްފައި ހުއްޓެވެ.

މިފަދަ ޕޯސްޓެއް ނިޢުމާ ހިއްސާކުރުމުންވެސް ނިޢުމާ އަލުން ފިލްމީ ދާއިރާއަށް އެނބުރި އަންނަން ނިންމާފައިވާކަން މިވަނީ ޔަޤީންކުރެވިފައެވެ. ނިޢުމާ އަލުން ފިލްމީ ދާއިރާއަށް ނުވަތަ އެކްޓިންއަށް ނުކުންނަނީ އައިފިލްމްސް އިން އުފައްދާ ފިލްމު “ޕާޓީ”ގެ މުހިންމު ރޯލަކުން ކަމަށް ބެލެވެއެވެ.

3
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top