ތައްޔާރުކުރެވޭ މިންވަރު: 3 މީހުންނަށް
ބޭނުންވާ ތަކެތި:
2 ބޮޑު ބޯންލެސް ޗިކަން (މޭމަތީ މަސް)
½ ސައިސަމުސާ މުގުރި އަސޭމިރުސް
1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
½ ޖޯޑު ރެމިއާ ހަނީ މަސްޓަޑް ޑްރެސިންގް
1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
½ މޭޒުމަތީ ސަމުސާ ބޮޑު ލުނބޯ ހުތް
1 ސައިސަމުސާ ލޮނުމެދު (ހިމުންކޮށް ކޮށާފައި)
½ ސައިސަމުސާ ތެޅި މިރުސް
½ ސައިސަމުސާ އޮރިގާނޯ
ލޮނު (ރަހަލާވަރަށް)
ކުކުޅުގެ މައްޗަށް އެޅުމަށް:
2 ސައިސަމުސާ ޕާސްލީ ފަތް (ބޮޑުކޮށް ކޮށާފައި)
👩🍳 ތައްޔާރުކުރާނެ ގޮތް:
1 – ފުރަތަމަ 2 ބޮޑު ބޯންލެސް ޗިކަން މަސްގަނޑުގެ ގަނޑު ފިލުވާފައި އޭގެ މަތީގައި ކައްޗަށް ޅިޔަ އަޅާށެވެ. ދެން ލޮނާއި މުގުރި އަސޭމިރުސް އަޅާފައި ރަނގަޅަށް ހާކާލާށެވެ.
2 – ތަވަޔަކަށް އޮލިވް އޮއިލް އަޅާފައި 30 ސިކުންތު ވަންދެން މެދު ގިނީގައި ހޫނުކޮށްލާށެވެ. ދެން ތައްޔާރު ކުރި ކުކުޅު، ކޮންމެ ފުށެއް 3 ނުވަތަ 4 މިނެޓު ވަންދެން ނުވަތަ ބޭރުފުށަށް މަޑު މުށިކުލައެއް އަރަންދެން ފިހެލާށެވެ. މި ވަރަށް ކެކޭއިރު ކުކުޅުގެ އެތެރެ ހުންނާނީ ރޯ ނުފިލައެވެ. އެކަމަކު ފަހުން ފިހަން އަވަނަށް ލުމުން ރަނގަޅަށް ރޯ ފިލާނެއެވެ. ދެން އުނދުން ނިއްވާލާފައި ކުކުޅު ބަހައްޓާށެވެ.
3 – ބޮޑު ބޯތަށްޓެއްގައި ރެމިއާ ހަނީ މަސްޓަޑް ޑްރެސިންގް، އޮލިވް އޮއިލް، ލުނބޯ ހުތް، ހިމުންކޮށް ކޮށާފައި ހުރި ލޮނުމެދު، ތެޅި މިރުސް، އޮރިގާނޯ، އަދި ލޮނު އެއްކޮށްލާށެވެ.
4 – ދެން ތަވާގައި ކެއްކި ކުކުޅު ސޯސްގަނޑަށް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު، އަވަނަށްލާ ކަހަލަ ތަބަކަކަށް ދެ ކުކުޅުކޮޅު ވެސް ލާށެވެ. މިއީ އެންމެ މަދުވެގެން 1 އިންޗި ފުން ތަބަކަކަށް ވާންވާނެއެވެ. ތަށީގައި ބާކީ ހުރި ސޯސް ވެސް ކުކުޅުގެ މައްޗަށް އަޅާލާށެވެ.
5 – އަވަން 220 ޑިގްރީ ސެލްސިއަސްގައި 10 މިނެޓު ވަންދެން ހޫނުކޮށްލާށެވެ. ދެން ތަބައް އަވަނުގެ މެދު ބަޔަށްލާފައި 35 މިނެޓު ވަންދެން ނުވަތަ ރަން ކުލައެއް އަރަންދެން ފިހެލާށެވެ. ފިހަމުންދާއިރު 25 މިނެޓު ވުމުން ތަބަކުގައި ހުރި ސޯސް ސަމުސަލަކުން ނަގާފައި ކުކުޅުގެ މައްޗަށް އަޅާށެވެ.
6 – ދެން އަވަނުގެ ހޫނުމިން 190 ޑިގްރީ ސެލްސިއަސްއަށް ތިރިކޮށްފައި އިތުރު 10 މިނެޓު ވަންދެން ފިހެލާށެވެ.
7 – ކުކުޅު ފިހެ ނިމުމުން އަވަނުން ނަގާފައި ސޯސް ތެރޭގައި 10 މިނެޓު ވަންދެން ކުކުޅު ނުނަގާ ބަހައްޓާށެވެ. ބޭނުންވާނަމަ ކުކުޅުގެ މައްޗަށް 2 ސައިސަމުސާ ބޮޑުކޮށް ކޮށާފައި ހުރި ޕާސްލީ ފަތް އަޅާލެވޭނެއެވެ.
