2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އޮސްޓްރޭލިއާގެ ރެފްރީއެއް ކަމަށްވާ ޝޯން އެވަންސް، ނަސްލީ ތަފާތުކުރުމަށް ހިތްވަރުދޭ “ވައިޓް ޕަވަރ” އިޝާރާތެއް ކުރި ކަމަށް ބުނާ މައްސަލައިގައި ފީފާއިން އޭނާ ކުށްވެރިނުވާ ކަމަށް ނިންމުމާ ގުޅިގެން، އޭނާ އެކަމާ ބެހޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަދައްކައިފިއެވެ.
މި މައްސަލަ ފެންމަތިވީ މިދިޔަ އާދީއްތަ ދުވަހު ޖަރުމަނާއި ކިއުރަސާއޯ ބައްދަލުކުރި މެޗު ފެށުމުގެ ކުރިން، އެވަންސް އަތުން “އޯކޭ” އިޝާރާތް ކުރާ ފަދަ ހަރަކާތެއް ކުރަނިކޮށް ކެމެރާއަށް އެރުމާ ގުޅިގެންނެވެ. މި އިޝާރާތަކީ ހަރުކަށި ފިކުރުގެ ޖަމާއަތްތަކުން ބޭނުންކުރާ ނަސްލީ ރަމްޒެއް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވިއެވެ.
މިކަމާ ގުޅިގެން އެވަންސް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޭނާ އެފަދަ އިޝާރާތެއް ކުރީ އެއްވެސް ސިޔާސީ ނުވަތަ ނަސްލީ ފިކުރެއް ފެތުރުމުގެ ގަސްތުގައި ނޫން ކަމަށެވެ.
“އަހަރެންނަށް ދެވޭނެ ހަމައެކަނި ތަފްސީލަކީ އެއީ އަތަށް އައި ލޮޅުމެއް (ޓްވިޗެއް) ކަމަށް ބުނުން. މެޗުގެ ފަހުގެ ފޮޓޯތަކުން ފެންނަ ގޮތުގައި ގަލަމެއް ހިފަހައްޓައިގެން ހުންނައިރު އަހަރެންގެ އަތުން އެފަދަ ހަރަކާތްތައް ތަކުރާރުކޮށް ފެނޭ،” އެވަންސް ބުންޏެވެ.
އަދި މި ހާދިސާއިން ސިފަކޮށްދެނީ އޭނާގެ އަސްލު ސަހުސިއްޔަތު ނޫން ކަމަށްވެސް އޭނާ ބުންޏެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން މި މައްސަލަ ބެލުމަށްފަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެވަންސް ފީފާގެ ޑިސިޕްލިނަރީ ކޯޑާ ހިލާފުވެފައިވާ ކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށެވެ. އެހެންކަމުން އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކުން އޭނާ ވަނީ ސަލާމަތްވެފައެވެ.
This is a FIFA World Cup Australian Var Supervisor/Referee Shaun Evans and he’s accused of making the White Power Gesture! People are calling for him to be removed immediately. pic.twitter.com/B3jF4Akjey
— Suzie rizzio (@Suzierizzo1) June 15, 2026
ނަމަވެސް، ނަސްލީ ތަފާތުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ‘ފުޓްބޯލް އެގެއިންސްޓް ރޭސިޒަމް އިން ޔޫރަޕް’ އިން މި ނިންމުމާ ދެކޮޅަށް އަޑުއުފުލާފައެވެ. އެ ޖަމާއަތުން ބުނީ އެއީ ގަސްތުގައި ކޮށްފައިވާ އިޝާރާތެއް ކަމަށާއި، އެފަދަ މީހަކަށް ވޯލްޑް ކަޕް ފަދަ ބޮޑު މުބާރާތެއްގައި އިތުރަށް ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.
އަނެއްކޮޅުން، ޕްރޮފެޝަނަލް ފުޓްބޯލް ރެފްރީސް އެސޯސިއޭޝަން އިން ވަނީ އެވަންސްއަށް ތާއީދުކޮށްފައެވެ. އެ ޖަމާއަތުން ބުނީ އެވަންސްއަކީ އަބަދުވެސް އަހުލާގީ މިންގަނޑުތައް ހިފަހައްޓާ ރެފްރީއެއް ކަމަށާއި، ފީފާގެ ނިންމުމަށް މަރުހަބާ ކިޔާ ކަމަށެވެ.
