ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
އޮރެންޖް ޗީޒްކޭކް – މުނިއަވަސް ރަހަފަތް
ފޮޓޯ: މުނިއަވަސް ގްރެފިކްސް

⏱️ ތައްޔާރުކުރުމަށް: 20 މިނެޓު
🍲 ތައްޔާރުކުރެވޭ މިންވަރު: 6

ބޭނުންވާ ތަކެތި:

🍳 300 ގްރާމް ގްރީކް ޔޯގަޓް
🍳 300 ގްރާމް ކޮޓޭޖް ޗީޒް
🍳 200 ގްރާމް ހަކުރު (މުގުރާފައި)
🍳 15 ޑައިޖެސްޓިވް ބިސްކޯދު
🍳 1 ސައިސަމުސާ ވެނީލާ އެސެންސް
🍳 1 މޭޒުމަތީ ސަމުސާ ބަޓަރު
🍳 ¼ ޖޯޑު އަގަރް އަގަރް
🍳 ¼ ޖޯޑު ޗޮކުލެޓް ގަނާޝް
🍳 1 ޖޯޑު އޮރެންޖް ސޯސް
🍳 1 ޖޯޑު ފެން

👩‍🍳 ތައްޔާރުކުރާނެ ގޮތް:

1 – ކޭކުގެ ބޭސް ތައްޔާރުކުރުން

އެންމެ ފުރަތަމަ ބިސްކޯދުތައް ރަނގަޅަށް މުގުރާލުމަށްފަހު ބޮޑު ތަށްޓަކަށް އަޅާށެވެ. އޭގެ ތެރެއަށް ބަޓަރުކޮޅު އެއްކޮށްލުމަށްފަހު ރަނގަޅަށް މަސްހުނިކޮށްލާށެވެ. އެއަށްފަހު، ކޭކު އަޅާ މޯލްޑެއްގައި މި މިކްސްޗަރު ފަތުރާލައި، އިނގިލިތަކުން ފިއްތާލައިގެން އެއްވަރުކޮށްލާށެވެ. ކޭކުގެ ބޭސްގަނޑު ހަރުވަންދެން ފިނިކުރަން ލާފައި ބަހައްޓާށެވެ.

2 – ކްރީމްގަނޑު ތައްޔާރުކުރުން

ގްރީކް ޔޯގަޓް، ކޮޓޭޖް ޗީޒް، މުގުރި ހަކުރު އަދި ވެނީލާ އެސެންސް އެއްކޮށް ގިރުވާލައިގެން އޮމާން މިކްސްޗަރެއް ތައްޔާރުކުރާށެވެ.

3 – އަގަރް އަގަރް ވިރުވުން

އަގަރް އަގަރްކޮޅު ފެން ޖޯޑެއްގެ ތެރޭގައި ބައިގަޑިއިރު ވަންދެން ފޯކުރަން ބަހައްޓާށެވެ. އެއަށްފަހު، މަޑުގިނީގައި އުނދުންމައްޗަށް އުދައިގެން އަގަރް އަގަރްކޮޅު އެއްކޮށް ވިރެންދެން ކައްކާށެވެ.

4 – އޮރެންޖް ސޯސްއާ އެއްކުރުން

ބައި ޖޯޑު އޮރެންޖް ސޯސް މަޑުގިނީގައި ހޫނުކޮށްލުމަށްފަހު، އޭގެ ތެރެއަށް ވިރުވި އަގަރް އަގަރްކޮޅު އެއްކޮށްލާށެވެ. ކޭކުގެ މައްޗަށް އެޅުމަށްޓަކައި މީގެ ތެރެއިން އެއް މޭޒުމަތީ ސަމުސާ ވަކިކޮށްލާށެވެ.

5 – ކްރީމްގަނޑާއި އޮރެންޖް މިކްސްޗަރު އެއްކުރުން

ކުރިން ތައްޔާރުކުރި ކްރީމްގަނޑުގެ ތެރެއަށް އޮރެންޖް ސޯސް އާއި އަގަރް އަގަރް މިކްސްޗަރު އަޅައި އެއްކޮށްލާށެވެ. ދެން ވަގުތުން، ފިނިކުރަން ބެހެއްޓި ބިސްކޯދު ބޭސްގަނޑުގެ މައްޗަށް މި މިކްސްޗަރު އަޅާލާށެވެ. އަދި ބައިގަޑިއިރު ވަންދެން ފިނިކުރަން ބަހައްޓާށެވެ. އެއަށްފަހު ބާކީ ހުރި އޮރެންޖް ސޯސްކޮޅު ހޫނުކޮށްލައި، އޭގެ ތެރެއަށް ޗޮކްލެޓް ގަނާޝް އެއްކޮށްލާށެވެ.

6 – ކޭކު ފިނިކުރުން

ހަތަރުވަނަ މަރުހަލާގައި ވަކިކުރި އަގަރް އަގަރް އަދި އޮރެންޖް ސިރަޕް މިކްސްޗަރު ކޭކުގެ މަތީގައި އުނގުޅާލާށެވެ. ކޭކު ފުރިހަމައަށް ތައްޔާރުވުމަށްޓަކައި 4 އާއި 5 ގަޑިއިރާ ދެމެދުގެ ވަގުތަކަށް ފިނިކުރަން ލާފައި ބަހައްޓާށެވެ.

އިތުރު އިރުޝާދު:

  • އޮރެންޖްގެ ބަދަލުގައި އަނބު ސޯސް ބޭނުންކޮށްގެން މެންގޯ ޗީޒްކޭކު ވެސް ތައްޔާރުކުރެވިދާނެއެވެ.
  • ޑައިޖެސްޓިވް ބިސްކޯދުގެ ބަދަލުގައި ތިމާ ބޭނުންވާ ކޮންމެ ބިސްކޯދެއްވެސް ބޭނުންކުރެވިދާނެއެވެ.
1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top