ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކޮލަމްބިއާ ފެށީ މޮޅަކުން
ފޮޓޯ: ގެޓީ އިމޭޖަސް

އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ ވޯލްޑް ކަޕް 2026 ފުޓްބޯޅަ މުބާރާތުގައި ކޮލަމްބިއާ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވެއްޖެއެވެ.

ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ އުޒްބެކިސްތާނާއި ކޮލަމްބިއާ ވާދަކުރި މެޗުން ކޮލަމްބިއާ މޮޅުވީ 3ـ1 އިންނެވެ.

މެކްސިކޯގެ އަޒްޓެކާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި މޮޅަށް ކުޅުނީ ކޮލަމްބިއާއެވެ. ގިނައިރު ބޯޅަ ހިފަހައްޓައި ގިނަ ފުރުސަތުތަކެއް ކޮލަމްބިއާއިން ތަނަވަސްކުރި ނަމަވެސް އުޒްބެކިސްތާނުގެ ގޯލް ފޫއަޅުވާލުމަކީ ފަސޭހަ ކަމަކަށް ނުވިއެވެ. އުޒްބެކިސްތާނުގެ ޑިފެންސް ފެނުނީ ވަރަށް ވާދަވެރިކޮށެވެ.

ގާތްގާތުގައި ފުރުސަތުތައް ފަހިކުރަމުންދިޔަ ކޮލަމްބިއާއަށް އުޒްބެކިސްތާނުގެ ގޯލް ހުޅުވާލެވޭ ވަރުވީ 40 ވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޑެނިއަލް މުނޯޒްއެވެ.

ދެވަނަ ހާފުގައި އުޒްބެކިސްތާނުން ވަނީ ކުރީ ހާފަށްވުރެ ބޮޑަށް ކުރިޔަށް ޖެހި ލަނޑެއް ޖެހޭތޯ މަސައްކަތްކޮށްފައެވެ. ފުރުސަތެއް ލިބޭތޯ މަސައްކަތް ކުރަމުންދިޔަ އުޒްބެކިސްތާނަށް ލިބުނު މަދު ފުރުސަތުތަކުގެ ތެރެއިން ފުރުސަތެއްގައި އުޒްބެކިސްތާނުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.

60 ވަނަ މިނިޓްގައި އުޒްބެކިސްތާނަށް މި ލަނޑު ޖަހައިދިނީ އައްބޮސްބެކް ފައިޒުއްލައޭވްއެވެ.

އުޒްބެކިސްތާނުން ނަތީޖާ ހަމަހަމަކުރުމާއިއެކު ކޮލަމްބިއާއިން ވަނީ ކުޅުން ރަނގަޅުކޮށް ދެވަނަ ފަހަރަށް ލީޑު ނަގައިފައެވެ. 65 ވަނަ މިނެޓުގައި ލުއިސް ޑިއާޒްގެ ލަނޑުން ކޮލަމްބިއާ ލީޑު ނެގިއިރު މެޗުގެ އިތުރު ވަގުތުގެ ފަހުކޮޅު ޖަމިންޓަން ކަންޕާޒް ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

މި ގުރޫޕްގެ ފުރަތަމަ މެޗުގައި ކޮންގޯ އާއި ޕޯޗްގަލް ބައްދަލުކޮށް ވަނީ އެއްވަރުވެފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top