ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ތުރުކީ ބަލިކޮށް ޕެރަގުއޭ އުންމީދު އާކޮށްފި

މިހާރު ކުރިއަށްދާ ވޯލްޑް ކަޕް 2026 ފުޓްބޯޅަ މުބާރާތުގައި އުރުގުއޭ އިން ތުރުކީ ބަލިކޮށް ދެވަނަ ބުރަށް ދިއުމުގެ އުންމީދު އާކޮށްފިއެވެ.

މި ގުރޫޕްގައި ހިމެނޭ ކޮންމެ ޓީމެއް މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު 6 ޕޮއިންޓާއިއެކު އެމެރިކާ އޮތީ ގުރޫޕްގެ އެއްވަނައިގަ އެވެ. ދެ ވަނާގައި އޮތް އޮސްޓްރޭލިއާ އާއި ޕެރަގުއޭ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އޮސްޓްރޭލިއާ ދެވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ކޮންމެ ޓީމަކަށް ބާކީ އެއް މެޗު އޮތްއިރު ޕެރަގުއޭ ބައްދަލު ކުރާނީ އޮސްޓްރޭލިއާ އާއެވެ. އެމެޗުން މޮޅުވެގެން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ޕެރަގުއޭއަށް ވެސް އެބައޮތެވެ.

2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ކުޅުން ފަހުން، ވޯލްޑް ކަޕަށް ތުރުކީ ކޮލިފައިވީ މިއަހަރުއެވެ.

ކުޅުނު ދެ މެޗުން ބަލިވި ތުރުކީ ވަނީ މުބާރާތުން ކަޓާފައެވެ.

ސެން ފްރެންސިސްކޯ ޔުނައިޓެޑް ސްޓޭޓަސްގައި ކުޅުނު މިމެޗްގެ ފުރަތަމަ މިނިޓް ތެރޭ އުރުގުއޭ އިން ވަނީ ލަނޑު ޖަހާފައެވެ. 65 ވަނަ ސިކުންތުގައި ޖަހާފައިވާ މި ލަނޑަކީ މި އަހަރުގެ ވޯލްޑް ކަޕްގައި ޖަހާފައިވާ އެންމެ އަވަސް ލަނޑެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ގަލާޒާ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ޖޫލިއޯ އެންސީސޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގަ އެވެ.

މިމެޗްގެ ބޮޑުބައި ރަނގަޅަށް ކުޅުނީ ތުރުކީ ނަމަވެސް، ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތުގައި ހިފިފައެއް ނުވެއެވެ.

މިމެޗް ނިމުނީ ދެޓީމުންކުރެ ޓީމަކަށް އިތުރު އެއްވެސް ލަނޑެއް ނުޖެހިއެވެ.

ވޯލްޑް ކަޕް 2026 ފުޓްބޯޅަ މުބާރާތުގެ ކުރިޔަށް އޮތް މެޗުގައި ބައްދަލުކުރާނީ ސްވިޑެން އާއި ނެދަލޭންޑްސް އެވެ. މިމެޗް ފެށުމަށް ހަމަޖެހިފައިވާ ރާއްޖެ މިރޭ 10 ޖަހާއިރު އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top