ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކިޑްސަލް މުބާރާތުގެ ގުރޫޕް ސްޓޭޖްގެ މެޗުތައް ނިމިއްޖެ
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް

ކުލަބް މޯލްޑިވްސްއިން މިއަހަރު އަލަށް ފެށި ކިޑްސަލް މުބާރާތުގެ ގުރޫޕް ސްޓޭޖްގެ މެޗުތައް ނިމިއްޖެއެވެ. 10 ޓީމު ދެ ގުރޫޕަކަށް ބަހާލައި، ކޮންމެ ގުރޫޕެއްގައި ހިމެނޭ ފަސް ޓީމު ލީގު އުސޫލުން ކުޅެ އެންމެ ކުރިހޯދާ ހަތަރު ޓީމު، ދެ ގުރޫޕުން އަށް ޓީމު ކުއާޓާރ ފައިނަލަށް ދާގޮތަށް ރާވާލާފައިވާ މި މުބާރާތުގައި މިއަދު ކުޅުނީ 17، 18، 19 އަދި 20 ވަނަ މެޗެވެ. މިއަދުގެ މެޗުތަކުގެ ނަތީޖާއަށް ބަލައިލާއިރު: 17 ވަނަ މެޗު 17 ވަނަ މެޗުގައި ބައްދަލުކުރީ ބީޖީ ސްޕޯރޓްސް އެކަޑަމީ އާއި ސްޓާރސް އެކަޑަމީއެވެ. 2-5 އިން ބީޖީ އެކަޑަމީ މޮޅުވި މި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ، އަލްވިން ނާފިއު 1 ލަނޑު، ޔޫސުފް އިޒްކާން 1 ލަނޑު، މިސްކް ބިން އިބްރާހިމް 1 ލަނޑު، ނޫހް އިޚްލާސް 1 ލަނޑު، މިކްޔާލް ޢަބްދުލް މަޖީދު 1 ލަނޑެވެ. މި މެޗުގައި ސްޓާރސް އެކަޑަމީގެ ދެ ލަނޑު ޖަހައިދިނީ ޔޫސުފް ޔޫހްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބީޖީގެ ޔޫސުފް އިޒްކާންއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޔޫސުފް އިޒްކާން / ފޮޓޯ: ކުލަބް މޯލްޑިވްސް

18 ވަނަ މެޗު 18 ވަނަ މެޗުގައި ބައްދަލުކުރީ ބިސްބުރު ސްޕޯރޓްސް އެކަޑަމީ އާއި ހުޅުމާލޭ ޔޫތު އެންޑް ސްޕޯރޓްސް ކުލަބް އެކަޑަމީއެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ވީ 4-4 އިން އެއްވަރެވެ. މި މެޗުގައި ހުޅުމާލޭ ޔޫތުގެ ލަނޑުތައް ޖަހައިދިނީ، ހަމީސް ބިން ޢަބްދުﷲ 1 ލަނޑު، އިބްރާހީމް އަބާން 2 ލަނޑު، ޔޫޝައު މުޙައްމަދު 1 ލަނޑެވެ. ބިސްބުރުގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ޙުސެއިން ކިޔާން 1 ލަނޑު އަދި އިދާން ބިން ޢަބްދުﷲ 3 ލަނޑެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހުޅުމާލޭ ޔޫތުގެ ހަމީސް ބިން ޢަބްދުﷲ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ހަމީސް ބިން ޢަބްދުﷲ / ފޮޓޯ: ކުލަބް މޯލްޑިވްސް

19 ވަނަ މެޗު 19 ވަނަ މެޗުގައި ބައްދަލުކުރީ އެލީޓް އެކަޑަމީ އާއި ވިލިމާލޭ ޔުނައިޓެޑް އެކަޑަމީއެވެ. ފަސޭހަކަމާއިއެކު 5-1 އިން އެލީޓް އެކަޑަމީ މޮޅުވި މި މެޗުގައި އެ ޓީމްގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ރައުޝަމް 2 ލަނޑު، އާދް ބިން މުޙައްމަދު 2 ލަނޑު، ޢަލީ ޒިހާން 1 ލަނޑެވެ. ވިލިމާލޭ ޔުނައިޓެޑްގެ ލަނޑު ކާމިޔާބު ކޮށްދިނީ ޔޫސުފް ޒުހަލްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެލީޓް އެކަޑަމީގެ އާދް ބިން މުޙައްމަދެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އާދް ބިން މުޙައްމަދު / ފޮޓޯ: ކުލަބް މޯލްޑިވްސް

20 ވަނަ މެޗު 20 ވަނަ މެޗުގައި ބައްދަލުކުރީ ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް އެކަޑަމީ އާއި އެސްޕަޔާ އެކަޑަމީއެވެ. ވާދަވެރިކަން ބޮޑުވި މި މެޗު ވީ 3-3 އިން އެއްވަރެވެ. މި މެޗުގައި އެސްޕަޔާގެ ލަނޑުތައް ޖަހައިދިނީ ޔަލްޝަން ބިން ހިސާން 1 ލަނޑު، އަޙްމަދު އާހިލް 2 ލަނޑެވެ. ނިއުރޭޑިއަންޓްގެ ލަނޑުތައް ޖަހައިދިނީ ޔޫސުފް ލާއިޤް 1 ލަނޑު، ރާއިޝް ރަމީޒް 1 ލަނޑު، މުޙައްމަދު ޔަމަކް 1 ލަނޑެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިއުރޭޑިއަންޓްގެ މުޙައްމަދު ޔަމަކްއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު ޔަމަކް / ފޮޓޯ: ކުލަބް މޯލްޑިވްސް

ގުރޫޕް ސްޓޭޖްގެ މެޗުތައް މިއަދު ނިމުނުއިރު ކުއާޓާރ ފައިނަލަށް ދަތުރުކޮށްފައިވާ ޓީމުތަކަކީ ގުރޫޕް އޭއިން އެލީޓް އެކަޑަމީ އާއި ވެލެންސިޔާ އެކަޑަމީ އަދި ވިލިމާލޭ ޔުނައިޓެޑް އެކަޑަމީ އާއި ބީޖީ އެކަޑަމީއެވެ. ގުރޫޕް ބީއިން ނިއުރޭޑިއަންޓް އެކަޑަމީ އާއި އެސްޕަޔާ އެކަޑަމީ އަދި ބިސްބުރު އެކަޑަމީ އާއި ހުޅުމާލޭ ޔޫތު އެކަޑަމީއެވެ. މި މުބާރާތުގެ ކުއާޓާރ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހު ހަވީރުއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top